ކ. މާލެ
|
11 އޭޕްރިލް 2021 | އާދީއްތަ 06:45
އަނަސް އަބްދުއްސައްތާރު
އަނަސް އަބްދުއްސައްތާރު
ޓްވިޓަރ
ލޯކަލް ކައުންސިލް އިންތިޚާބު
ބަލި ގަބޫލުކުރައްވައި ޑރ މުއިއްޒުއަށް އަނަސް މަރުހަބާ ވިދާޅުވެއްޖެ
 
އަނަސް ވިދާޅުވީ މާލޭގެ ރައްޔިތުން ބަސް އިއްވައިފި ކަމަށް
 
އަނަސް ވަނީ އޭނާއަށް ވޯޓު ދިން އެންމެނަށް ޝުކުރު އަދާކުރައްވާފައި
 
މިއީ މާލޭގެ މޭޔަރުކަން ޕީޕީއެމުގެ ބޭފުޅަކަށް ލިބުނު ފުރަތަމަ ފަހަރު

ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އަނަސް އަބްދުއްސައްތާރު ބަލި ގަބޫލު ކުރައްވައި އިންތިޚާބުން ކުރި ހޯއްދެވި ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

އިންތިޚާބުގެ މިހާތަނަށް ގުނިފައިވާ ވޯޓުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ޑރ. މުޙައްމަދު މުއިއްޒުއަށް 5028 ވޯޓު ލިބިވަޑައިގެންފައި ވާއިރު އަނަސް އަށް ލިބިވަޑައިގެންނެވީ 2970 ވޯޓެވެ. އެހެންކަމުން ބޮޑު ތަފާތަކުން ޑރ.މުއިއްޒު އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވެއެވެ.

އިންތިޚާބުގައި ޑރ މުއިއްޒު ހޯއްދެވި ކާމިޔާބީއާއި ގުޅޭ ގޮތުން އަނަސް ވިދާޅުވީ، މާލޭގެ ރައްޔިތުން އެމީހުންގެ ބަސް އިއްވައިފި ކަމަށެވެ. އަދި އިންތިޚާބުގެ ނަތީޖާއާ މެދު ވިސްނައި މާލޭގެ ރައްޔިތުންގެ ރުހުން ލިބި ކުރިހޯދޭނެ ގޮތްތަކެއް އެމްޑީޕީން އަލުން ހޯދަން ޖެހިފައިވާކަމަށް ވެސް އަނަސް ވިދާޅުވިއެވެ.

މީގެ އިތުރުން އަނަސް ވަނީ، އޭނާއަށް ވޯޓު ދިން އެންމެނަށް ޝުކުރުއަދާ ކުރައްވާފައެވެ.

މިއީ މާލޭގެ މޭޔަރުކަން ޕީޕީއެމަށް ލިބުނު ފުރަތަމަ ފަހަރެވެ. ފާއިތުވި 10 އަހަރު މާލޭގެ ގިނަ ގޮނޑިތަކެއްގައި އެމްޑީޕީގެ މެމްބަރުން ތިބި ނަމަވެސް މިފަހަރުގެ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވަނީ މާލެ ސިޓީން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
56%
0%
11%
22%
11%
ކޮމެންޓް
11 އޭޕްރިލް 2021 | އާދީއްތަ 16:45
އަހަންމާ
އަނަސް އަކީ ވަރަށް ރަގަޅު މީހެއްކަމަށް ގަބޫލުކުރަން. މާތްﷲ އަނަސްއަށް ހެޔޮރަހްމަތް ލަައްވާނެ.(އާމީން)