ކ. މާލެ
|
9 އޭޕްރިލް 2021 | ހުކުރު 21:15
ކުޅިވަރު ނޫސްވެރިޔާ ސާއިދު އަޙްމަދަށް އެފްއޭއެމުން ވެދިން ދީލަތި އެހީ
ކުޅިވަރު ނޫސްވެރިޔާ ސާއިދު އަޙްމަދަށް އެފްއޭއެމުން ވެދިން ދީލަތި އެހީ
އެފްއޭއެމް
ސާއިދަށް ދީލަތި އެހީއެއްވުން
ފުޓްބޯޅަ ޢާއިލާގެ ފަރާތުން ސާއިދަށް ދީލަތި އެހީއެއް!
 
އެފްއޭއެމުން ވަނީ ސާއިދަށް ތިން ލައްކަ ރުފިޔާގެ ދީލަތި އެހީއެއް ދީފައި
 
އެފްއޭއެމުން ވަނީ ދިވެހި ފުޓްބޯޅައަށް ސާއިދު ވެދިން އެހީއަށް ޝުކުރުއަދާކޮށްފައި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ފުޓްބޯޅަ ޢާއިލާގެ ނަމުގައި ކުޅިވަރު ނޫސްވެރިޔާ ސާއިދު އަޙްމަދަށް ދީލަތި އެހީއެއް ދީފިއެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ކުޅިވަރު ނޫސްވެރިޔާ ސާއިދު ފާހަގަކޮށްލެވެނީ ފުޓްބޯޅަ ކޮމެންޓޭޓަރެއްގެ ގޮތުގައެވެ. މީގެ އިތުރުން ސާއިދަކީ ފުޓްބޯޅައިގެ ޚަބަރާއި މަޢުލޫމާތު ތާޒާކަމާއެކު އާންމުންނަށް ގެންސްދޭ ނޫސްވެރިޔެއްވެސްމެއެވެ.

އެހެންނަމަވެސް ސާއިދަކީ ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ ނޫސްވެރިއެކެވެ. އެހެންކަމުން ޤައުމީ ފުޓުބޯޅަ ދަނޑުގައި ހުކުރު ދުވަހު ހަވީރު ކުޅުނު މެޗުގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް ސާއިދަށް ތިން ލައްކަ ރުފިޔާގެ ދީލަތި އެހީއެއް ދީފައެވެ. އެފްއޭއެމުން ބުނީ ސާއިދަކީ ފުޓްބޯޅަ އާއިލާގެ މުހިންމު މެންބަރެއް ކަމަށާއި، އެނާއަކީ އިޚުލާސްތެރިކަމާއެކު ޤައުމީ ޚިދުމަތުގައި ހުރި ނޫސްވެރިއެއް ކަމަށެވެ. އަދި ސާއިދަށް މިވެދިން އެހީއަކީ އޭނާގެ ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް ވެދިން އެހީއެއް ކަމަށްވެސް ވަނީ ބުނެފައެވެ. މީގެ އިތުރުން އެފްއޭއެމުން ވަނީ ދިވެހި ފުޓްބޯޅައަށް ސާއިދު ވެދިން އެހީއަށް ޝުކުރުއަދާކޮށްފައެވެ.

މިދިޔަ އަހަރު އެފްއޭއެމް ފައުންޑޭޝަން ލޯންޗްކުރިއިރު، ފުޓުބޯޅަ އާއިލާއަށް ކުރިމަތިވާ މިފަދަ ކެކުޅުންތަކަށް އެހީތެރިވެދިނުމަކީ އެފްއޭއެމާއި، އެފްއޭއެމް ފައުންޑޭޝަނުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށްވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ސާއިދަށް ފުޓްބޯޅަ ޢާއިލާއިން ދީލަތި އެހީއެއްވިއިރު، އޭނާއަށް އެންމެ ފުރަތަމަ ކިޑްނީ ފެއިލްވިކަން އެނގުނީ ކުޑަކަމުދާއިރު ލޭ އަންނަން ފެށުމުން އެކަމާއި ގުޅިގެން ޑޮކްޓަރަށް ދެއްކުމުންނެވެ. އޭޑީކޭގެ ޑޮކްޓަރަށް ދެއްކުމުން ކިޑްނީގައި މައްސަލަތަކެއް އުޅޭކަން އެނގުނެވެ. އެއަށްފަހު އައިޖީއެމްއެޗުގެ ޑޮކްޓަރަށް ދެއްކުމުން ކިޑްނީ މަސައްކަތް ނުކުރާ ކަމަށާއި، ކިޑްނީގައި ބާކީ ހުރީ 13 އިންސައްތަ ކަމަށް ޑޮކްޓަރު ބުންޏެވެ.

2009 ވަނަ އަހަރު ނޫސްވެރިކަމުގެ ދާއިރާއަށް ނުކުތް ސާއިދަކީ މި ދާއިރާގައި ފާހަގަކޮށްލެވޭ ކުޅިވަރު ނޫސްވެރިއެކެވެ. އެގޮތުން ރާއްޖޭގައި ބޭއްވިގެން ދިޔަ ބޮޑެތި ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތްތަކުގައި، އަދި ލީގުތަކުގައިވެސް ސާއިދުގެ ކޮމެންޓޭޓް ކުރުމުގެ ހުނަރު ވަރަށް ފުރިހަމައަށް ފެނިގެންގޮސްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
29%
0%
43%
14%
14%
0%
ކޮމެންޓް