ކ. މާލެ
|
9 އޭޕްރިލް 2021 | ހުކުރު 12:42
ޗައިނާ ސަފީރު ޖަންގް ލީ ޖޮންގް
ޗައިނާ ސަފީރު ޖަންގް ލީ ޖޮންގް
ޗައިނާ ސަފީރު ދައުރު ހަމަކުރައްވާ އެނބުރި ޗައިނާއަ
ސަފީރު ކަމުގެ ދައުރު ހަމަކުރެއްވުމަށްފަހު ޖަންގް އެނބުރި ޗައިނާއަށް
 
ދައުރު ހަމަ ކުރައްވާ ފުރާ ވަޑައިގަތުމުގެ ކުރިން ރައީސުލް ޖުމްހޫރިއްޔާ އަދި ފޮރިން މިނިސްޓަރގެ އަރިހަށް ވަދާއީ ޒިޔާރަތްކުރެއްވި
 
ސަފީރު ފުރާވަޑައިގެންނެވީ ހުކުރު ދުވަހު

ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީ ޖަންގ ލީ ޖޮންގް އެނބުރި ޗައިނާއަށް ފުރާވަޑައިގެންފިއެވެ.

ސަފީރު ފުރާވަޑައިގެންނެވީ ހުކުރު ދުވަހުގެ ހެނދުނުއެވެ.

ސަފީރު ޖަންގް ލިޖޮންގްއަކީ ދިވެހިރާއްޖޭގައި ޗައިނާގެ އެމްބަސީއެއް 2011 ގައި ހުޅުވިފަހުން ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި 3 ވަނަ ސަފީރެވެ. އެމަނިކުފާނު ސަފީރުކަމާއި ހަވާލުވީ އޮގަސްޓް 2017 ގައެވެ.

ދައުރު ހަމަ ކުރައްވާ ފުރާ ވަޑައިގަތުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އަދި ފޮރިން މިނިސްޓަރގެ އަރިހަށް ވަދާއީ ޒިޔާރަތްކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އަރިހަށް ކުރެއްވި ޒިޔާރަތުގައި، ޗައިނާގެ ސަފީރު ވަނީ ދިވެހިރާއްޖެއާއި، ޗައިނާއާ ދެމެދު އޮތް ޚާރިޖީ ގުޅުމާއި ދެޤައުމުގެ ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި، ޗައިނާގެ އެހީތެރިކަމާއެކު ރާއްޖޭގައި ހިންގާފައިވާ އަދި، ހިންގަމުންދާ މަޝްރޫޢުތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާގެ ސަފީރު، އެ މަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމާއި ދެއްވި އެއްބާރުލެއްވުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްގެ އިތުރުން ރާއްޖެއާ ގާތް ރަޙުމަތްތެރި ގުޅުމެއް އޮންނަ ޤައުމެއްކަން ފާހަގަކުރައްވައި ޗައިނާ އިން ރާއްޖޭގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް ވެދެއްވާފައިވާ އަދި، ވެދެއްވަމުންގެންދަވާ ދީލަތި އެހީތެރިކަން ފާހަގަކުރެއްވިއެވެ. އަދި، އެކަމަށްޓަކައި ޗައިނާ ސަފީރަށާއި، ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޚާއްޞަގޮތެއްގައި ކޮވިޑްގެ ޙާލަތާއި ގުޅިގެން ޗައިނާއިން ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ވެދެއްވި އެހީތެރިކަމާއި ރާއްޖޭގައި ގިނަ ބަޔަކަށް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިވެދިނުމުގެ ގޮތުން ޗައިނާއިން "ސިނޮފާރމް" ވެކްސިންގެ ދެ ލައްކަ ޑޯޒް ހަދިޔާކުރައްވާފައިވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ތަރައްގީއާއި، އިޖްތިމާޢީ ކަންކަމުގައި ދެއްވި އެއްބާރުލުމުގެ ސަބަބުން ދިވެހިންގެ މެދުގައި އެމްބެސެޑަރ ޖަންގްގެ މަގުބޫލުކަން މިނިސްޓަރ ޝަހިދުވަނީ ފާހަގަ ކުރައްވާފައެވެ. އަދި ކޮވިޑް-19 ގެ ހީނަރުކަމުން އަރައިގަތުމަށް ދިވެހިރާއްޖެއަށް ވެދެއްވި އެހީއަށް އެމްބެސެޑަރ ޖަންގއަށް މިނިސްޓަރ ޝާހިދު ޝުކުރުދެންނެވިއެވެ. އަދި ކުރިއަށް އޮތްތަނުގައި އެމަނިކުފާނު ކުރައްވާ މަސައްކަތްތައް ކާމިޔާބުވާނެކަމަށް އުއްމީދު ކުރައްވާކަމަށާއި، ދިވެހިރާއްޖެއިން އަބަދުވެސް އެމަނިކުފާނަށް މަރުހަބާ ދަންނަވާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ސަފީރު ޖަންގް ލީ ޖޮންގްގެ ސަފީރުކަމުގެ ދައުރު ފުރިހަމަކުރެއްވުމާ ގުޅިގެން ބޭއްވި ވަދާއީ ހަފްލާގައިވެސް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު އިއްޔެ ވަރޗުއަލްކޮށް ބައިވެރިވެވަޑައިގަތެވެ.

އެހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ޗައިނާއާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެއްވި މަސައްކަތަށާއި، ޗައިނާ ސަރުކާރުގެ އެހީގައި ދިވެހިރާއްޖޭގައި ހިންގުނު އެތަކެއް މަޝްރޫތަކަށް ދެއްވި އެއްބާރުލުމަށް އެމްބެސެޑަރ ލީ ޖޮންގްއަށް ޝުކުރުދަންނަވާފައެވެ. އެމްބެސެޑަރ ލީ ޖޮންގްއަކީ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް ކޯރގައި ވަރަށް ހަރަކާތްތެރި ބޭފުޅެއްކަމާއި، ބައިނަލްއަގުވާމީ މައްސަލަތަކުގައިއާއި، ޚާރިޖީގޮތުން ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުން ބަދަހިކުރުމަށް ދިވެހި ސަރުކާރާއި ވަރަށް ގާތުން ގުޅިގެން މަސައްކަތްކުރެއްވި ބޭފުޅެއްކަމަށް މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ފާހަގަކުރައްވިއެވެ. އަދި އެމްބެސެޑަރ ލިޖޮންގގެ މަސައްކަތް ދިވެހިން ހަނދާން ހުންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
100%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަންގެ މަޤާމަށް ހީނާ
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމާއި ރައީސާއި ނައިބު ރައީސްކަމުގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ ގަޑި އާއްމުކޮށްފި
ބަންގްލަދޭޝްގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި
ފްލެޓާ ގުޅޭގޮތުން ރައީސް އޮފީހަށް ހުށަހެޅި ޕެޓިޝަނަށް 4 މަސްފަހުން ދިން ކުރު ޖަވާބު: ހައުސިންގ މިނިސްޓްރީއަށް ދޭ!
43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ އަދި އިނާމު އަރުވާފައިނުވާ ފަރާތްތަކުގެ ރެކޯޑު ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުވަނީ
43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކޮށްފައިވާ ފަރާތްތަކަށް ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ދެނީ
ސިޔާސީ މަޤާމުތަކަށް މިފަހުން އައްޔަންކުރި ފަރާތްތަކުގެ މައުލޫމާތު ހާމަނުކުރުން: ސަރުކާރުން ބުނަނީ ވެބްސައިޓުގެ ޓެކްނިކަލް މައްސަލައެއްކަމަށް