ކ. މާލެ
|
6 މެއި 2017 | ހޮނިހިރު 05:27
އެކްތާ ކަޕޫރު
އެކްތާ ކަޕޫރު
ގޫގުލް
އެކްތާ ކަޕޫރު
ސަތޭކަ އެޕިސޯޑަށް ވުރެ ދިގު ސީރީޒް ޕްރޮޑިއުސް ކުރަން ފޫހި: އެކްތާ
 
އެއްހާހަށްވުރެ ގިނަ އެޕިސޯޑް ސިލްސިލާއަކަށް ލިޔާއިރު އެ އެޕިސޯޑެއްގައި އުޅޭ ކެރެކްޓާ ތައް ބެލޭނީ އެމީހުންދެކެ ލޯބިވެގެން

ސަތޭކަ އެޕިސޯޑަށް ވުރެ ދިގު ސީރީޒް  އުފައްދަން ފޫހިވާކަމަށް އެކްތާ ކަޕޫރު ބުނެފިއެވެ. އެކްތާ އެހެން ބުނިކަމުގައިވިއަސް އޭނާ ލިޔެފައިވާ ސްޓާ ޕްލަސްގެ ޑްރާމާ ސީރީޒް ކަމަށްވާ ކަސޯޓީ ގައި 1800 އެޕިސޯޑް އަދި ކަހާނީ ގަރް ގަރްކީ ގައި 1600 އެޕިސޯޑް ވަނީ ދައްކާފައެވެ.

އިންޑިއާގެ ސީރީޒްތަކުގެ ޕްރޮޑިއުސަރުންގެ ތެރެއިން އެކްތާ ކަޕޫރަކީ ގިނަ މީހުންގެ ފެވަރިޓެކެވެ.

އޭނާ ބުނީ  ކުރިންއެއްހާހަށްވުރެ ގިނަ އެޕިސޯޑް ދެއްކުނުކަމުގައި ވިއަސް  މިހާރު 100 ވަރަކަށް އެޕިސޯޑަށް ވުރެ ގިނައިން ކުރިޔަށް ނުގެންދެވޭ ކަމަށެވެ.

އަދި 100 އަށް ވުރެ ގިނަ އެޕިސޯޑް ބަލަން ގިނަ މީހުންނަށް ބޮޑު ކަމަކަށް ވެފައިވާކަމަށް ގަބޫލުކުރެވޭ ކަމަށް އޭނާ ބުންޏެވެ.

އިންޑިއާގެ އުތުރުން މުޅި ދުނިޔޭގައި ވެސް އިންޑިއާގެ ޓީވީ ސިލްސިލާތަކަށް ގިނަ ބަޔަކު ދެވިހިފީ އެކްތާ ގެނެސް ދިން އެތައް ސިލްސިލާއަކާ ގުޅިގެންނެވެ.

އެކްތާ ޕްރޮޑިއުސް ކޮށްފައިވާ މަޝްހޫރު ބައެއް ސިލްސިލާތަކުގެ ތެރގައި " ކަސޯޓީ"، "ކަހާނީ ގަރްގަރްކީ"، "ކަހީތޯ ހޯގާ" "ކުސުމް"، "ބަޅޭ އައްޗޭ ލަގްތޭ ހޭ" ފަދަ ސިލްސިލާތަށް ހިމެނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް