ހ.އ ދިއްދޫ
|
8 އޭޕްރިލް 2021 | ބުރާސްފަތި 09:16
ހއ. ދިއްދޫ ބަނދަރު ބޮޑުކުރުމާއި ޖެޓީ ހެދުމަށް ސައިޓް މޯބަލައިޒް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ހއ. ދިއްދޫ ބަނދަރު ބޮޑުކުރުމާއި ޖެޓީ ހެދުމަށް ސައިޓް މޯބަލައިޒް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
ހއ. ދިއްދޫ ބަނދަރު ބޮޑު ކުރުމާއި ޖެޓީ ހެދުން
ހއ. ދިއްދޫ ބަނދަރު އަންނަ އަަހަރުގެ ފެބްރުއަރީގެ ކުރިން ނިންމާނަން: އާޒިމް
 
މި މަޝްރޫއަކީ 69.87 މިލިއަން ރުފިޔާގެ މަޝްރޫއެއް

ހއ. ދިއްދޫ ބަނދަރު ބޮޑު ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ތައްޔާރުވެއްޖެއެވެ.

ހއ. ދިއްދޫ ބަނދަރު ބޮޑު ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ އަަމަލީ މަސައްކަތް ފެށުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ރައްޔިތުން އެމްޓީސީސީއަށް ކުރާ އިތުބާރު ގެއްލިގެން ނުދާނެ ގޮތަށް މަސައްކަތް ބައްޓަން ކުރައްވާނެ ކަމަށާއި ތަރައްގީއަށް ރައްޔިތުން ވަރަށް ބޭނުންވެފައިވާ ކަމަށެވެ. އަދި ރައްޔިތުން އެދޭ ގޮތަށް އެ ރަށަކަށް ތަރައްގީ ގެނެސްދޭން ޖެހޭނެ ކަމަށާއި އެމްޓީސީސީން މަސައްކަތް ކުރާނީ އެގޮތަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

ހއ. ދިއްދޫގެ ބަނދަރު އަންނަ އަަހަރުގެ ފެބްރުއަރީގެ ކުރިން ނިންމާނެ ކަމަށާއި ދިއްދޫގައި ހަދާ ބަނދަރަކީ އެންމެ ބޮޑު ބަނދަރު ކަމަށް އާޒިމް ވިދާޅުވިއެވެ. އެއްވެސް ރަަށެއްގެ ރައްޔިތަކު ތަރައްގީ މަޑު ޖެހިފައި އޮންނަން ބޭނުންވާ ނުވާ ކަމަށާއި ރައްޔިތުން ބޭނުންވާ ތަރައްގީ ރައީސް ގެނެސްދެއްވާނެ ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހއ. ދިއްދޫ ކައުންސިލްގެ ރައީސް މުހައްމަދު ހާޝިމް ވިދާޅުވީ ބަނދަރުގައި ޖާގައިގެ ދަތިކަން ހުރުމުން އެކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށާއި ބަނދަރު ބޮޑުވެގެން ދިޔުމުން އެކަމުގެ މަންފާ ރައްޔިތުންނަށް ފުރިހަމައަށް ލިބިގެންދާނެ ކަމަށެވެ.

އ. ދިއްދޫ ބަނދަރު ބޮޑު ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން 78،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުން ކުރުމާއި 616 މީޓަރު ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 185 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 326 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 4320 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މި މަޝްރޫއުއަކީ 69.87 މިލިއަން ރުފިޔާގެ މަޝްރޫއަަކަށްވާއިރު މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 365 ދުވަހުގެ ތެރޭގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދިއްދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
އަލިފުށި އަދި ކެނދިކުޅުދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި
މުލަކަތޮޅާއި މާލެއާއި ދެމެދު ފެރީގެ ޚިދުމަތް ފެށުމާއި އާރުޓީއެލް ފެރީގެ ޚިދުމަތް ނ. ރ. އަދި ބ. އަތޮޅުގައި ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ކޮލަމާފުށި ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒްކޮށްފި
އެމްޓީސީސީގެ ބޯޑު މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި
މުއިއްޒުގެ މޭސްތިރިކަމުގައި ފެށި ވިލިމާލޭ ބަގީތައް އުވިގެންދިޔަ ގޮތުގެ ވާހަކަ އެނގޭތަ؟
ހުއްޓުވާފައި އޮތް ފީއަލީގެ ބިން ހިއްކުމުގެ މައްސަލަ: އިތުރަށް ނުހިއްކައި، ހިއްކާފައި އޮތް ބައި ދޫކޮށް ރިވެޓްމެންޓް ޖަހަނީ އެއްގަމުން އެތެރޭގައި!