ކ. މާލެ
|
8 އޭޕްރިލް 2021 | ބުރާސްފަތި 08:33
ޅ ނައިފަރު- ކޮވިޑްގެ ގިނަ ކޭސްތަކެއް އަންނަނީ ރިޕޯޓްކުރަމުން
ޅ ނައިފަރު- ކޮވިޑްގެ ގިނަ ކޭސްތަކެއް އަންނަނީ ރިޕޯޓްކުރަމުން
ދަ އެޑިޝަން
ކޮވިޑް-19 ރާއްޖޭގެ ހާލަތު
ހުރަޔާއި ނައިފަރުގައި އެޅި ފިޔަވަޅުތައް އިތުރު 5 ދުވަހަށް ދިގުދަންމާލައިފި
 
ހުރާއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 161ށް އަރާފައި
 
ނައިފަރުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 165ށް އަރާފައި
 
މި ދެރަށުގައި އެންމެ ފުރަތަމަ ފިޔަވަޅުތައް ވަރުގަދަ ކުރީ މާރޗް މަހުގެ 31 ވަނަ ދުވަހު

ކޮވިޑް-19ން ރައްކާތެރިވުމަށް ކ.ހުރާ އަދި ޅ. ނައިފަރުގައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް އެންގި އެންގުން އިތުރު ފަސް ދުވަހުގެ މުއްދަތަށް އިތުރުކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

ނައިފަރު އަދި ހުރާގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދިޔުމާއެކު އެ ދެރަށުގައިވެސް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް އެޗްޕީއޭއިން އަންގާފައިވަނީ މާރޗް މަހުގެ 31 ވަނަ ދުވަހުއެވެ. މިދެ ރަށުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރު ފަސް ދުވަހަށް އިތުރުކޮށްފައިވާއިރު ޅ ނައިފަރުން ކޮވިޑްގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އެރަށް އެންމެ ފުރަތަމަ މޮނިޓަރިން އަށް ލާފައިވަނީ މާރޗް މަހުގެ 23 ވަނަ ދުވަހުއެވެ. އެ ރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވީ ރަށު ހޮސްޕިޓަލުގެ މުވައްޒަފެކެވެ.

އޭޕްރީލް މަހުގެ 7 ވަނަ ދުވަހާ ހަމައަށް އެރަށުން 165 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރެއިން 3 މީހަކު ބަލިން ފަސޭހަވެ މިހާރު ފަރުވާދެމުން އަންނަނީ 161 މީހަކަށް ކަމަށް ޅ އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދެއެވެ. އެކަކަށް އަންނަނީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންނެވެ. އެކަކު ވަނީ ނިޔާވެފައެވެ. މިހާރުވެސް ނަތީޖާ ނުލިބޭ 52 ސާމްޕަލެއްވާ ކަމަށް ޅ އަތޮޅު ހޮސްޕިޓަލުން ބުނެއެވެ.

ކ ހުރާގެ ހާލަތަށް ބަލާއިރު އޭޕްރީލް މަހުގެ 7 ވަނަ ދުވަހާ ހަމައަށް 161 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރެއިން 29 މީހަކު ބަލިން ރަނގަޅުވެފައިވާއިރު މިހާރު އެކްޓިވް ކޭހުގެ އަދަދަކީ 132ށް ކަމަށް އެރަށު ހެލްތު ސެންޓަރުން މައުލޫމާތުދެއެވެ. އެރަށުގައި ނަތީޖާ ނުލިބޭ 42 ސާމްޕަލެއް އަދިވެއެވެ.

އެޗްޕީއޭއިން މިދެރަށުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ޒަރޫރީ ބޭނުންތަކާއި ސިއްހީ ފަރުވާ ހޯދުމަށް ނޫން ގޮތަކަށް އެރަށުގައި ގެއިން ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން އެއް ތަނަކަށް އެއްވެ އުޅުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރާތްކުރުމުގެ އިތުރަށް ޕާޓީތަކާއި ހަފްލާތައް ބޭއްވުން ވެސް ވަނީ މަނާކޮށްފައެވެ.

މީގެ އިތުރަށް ކެފޭ ރެސްޓޯރަންޓުތަކުން ޑައިން އިން ޚިދުމަތް ދިނުން ހުއްޓާލުމާއި، ސެލޫންތަކާއި ޖިމްތަކުގެ އިތުރަށް ކުޅުވިވަރުގެ ހުރިހާ ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ވެސް ހިންގުން ހުއްޓާލުމަށް ވަނީ އަންގާފައެވެ. އަދި ޓެކްސީ ޚިދުމަތް ދިނުމާއި ފިހާރަތަކާއި ބެންކުތައް ފަދަ އާންމު ޚިދުމަތްދޭ ތަންތަނުގައި އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް އަންގާފައިވެއެވެ.

އަދި މީގެ އިތުރަށް ޔުނިވަރސިޓީތަކާއި، ސްކޫލްތަކުގެ އިތުރަށް ކޮލެޖުތައް ވެސް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދިނުން ހުއްޓާލުމަށް ވެސް އަންގާފައިވެއެވެ.

އެޗްޕީއޭއިން އަޅާފައިވާ މި ފިޔަވަޅުތަކުން ސިފައިންނާއި ފުލުހުން އަދި ސިއްހީ ޚިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި ޓާސްކްފޯސް ފާހުގައި މަސައްކަތްކުރާމީހުން އިސްތިސްނާ ވާނެ ކަމަށް އެ އެންގުމުގައި ވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް