ކ. މާލެ
|
8 އޭޕްރިލް 2021 | ބުރާސްފަތި 07:43
އިންޓަ އާއި ސަސުއޯލޯ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިންޓަ މޮޅުވީ 2-1 ން
އިންޓަ އާއި ސަސުއޯލޯ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިންޓަ މޮޅުވީ 2-1 ން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
އިންޓައަށް 11 ޕޮއިންޓުގެ ލީޑެއް، ޔުވެންޓަސް ތިންވަނައަށް
 
ސަސުއޯލޯ އަތުން އިންޓަ މޮޅުވީ 2-1 ގެ ނަތީޖާއަކުން
 
ނާޕޮލީ އަތުން ޔުވެންޓަސް މޮޅުވީ 2-1 ގެ ނަތީޖާއަކުން

އިޓާލިއަން ލީގުގައި ބުދަ ދުވަހުގެރޭ ސަސުއޯލޯ އަތުން މޮޅުވެ އިންޓަ މިލާނުން ތާވަލުގެ އެއްވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ނެގިއިރު، ނާޕޮލީ ބަލިކޮށް ތާވަލުގެ ތިންވަނައަށް އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އިންޓަ މޮޅުވީ ސަސުއޯލޯ އަތުން 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އިންޓައިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން 10 ވަނަ މިނެޓުގައި އިންޓައަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫއެވެ. އެކަމަކު އޭގެ ފަހުން ސަސުއޯލޯއިންވެސް ވަނީ މި މެޗުގައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

ނަމަވެސް މެޗުގެ 67 ވަނަ މިނެޓުގައި އިންޓައިން ލީޑު ފުޅާކުރިއިރު، ލުކާކޫ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލަޓާރޯ މާޓިނޭޒެވެ. އަދި މި މެޗުގައި ސަސުއޯލޯއިން ޖެހި ހަމައެކަނި ލަނޑު، މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދިނީ ހާމެދް ޓްރައޯރޭއެވެ.

ޔުވެންޓަސް އާއި ނާޕޮލީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުވެންޓަސް މޮޅުވީ 2-1 ން - ގެޓީ އިމޭޖަސް

މީގެ އިތުރުން ތާވަލުގެ ތިންވަނައަށް ޔުވެންޓަސް ޖެހިލީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ނާޕޮލީ އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މި މެޗުގައި ޔުވެންޓަސްއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 13 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މި ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އަދި މެޗުގެ 73 ވަނަ މިނެޓުގައި ޕައުލޯ ޑިބާލާ ވަނީ ޔުވެންޓަސްއަށް ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި ޑިބާލާ ލަނޑު ޖެހިއިރު، މިއީ އަނިޔާއިން ރަނގަޅުވި ފަހުން އޭނާ ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގައި ނާޕޮލީން ޖެހި ހަމައެކަނި ލަނޑު، މެޗުގެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ލޮރެންޒޯ އިންސީނިއޭއެވެ.

މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި އިންޓައިން އަށް ޕޮއިންޓުގެ ލީޑެއް ނެގިއިރު، އެ ޓީމަށް ވަނީ ކުޅުނު 29 މެޗުން 71 ޕޮއިންޓް ލިބިފައެވެ. ތާވަލުގެ ދެވަނައިގައި އޮތް މިލާނަށް 29 މެޗުން 60 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި ތިންވަނައިގައި ޔުވެންޓަސް އޮތީ 29 މެޗުން 59 ޕޮއިންޓް ހަމަކޮށްގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް