raajjemv logo
ވެކްސިނޭޝަން
އިންތިހާބު އޮންނަ ދުވަހު ވެކްސިން ޖެހުން ނޯންނާނެ
 
ރާއްޖެއިން މިހާތަނަށް 255،00ށް ވުރެ ގިނަ މީހުން ވަނީ ވެކްސިން ޖަހާފަ
 
މަހުގެ 13 ވަނަ ދުވަހު ވެސް ވެކްސިނޭޝަން ޕްރޮގްރާމް ނުބާއްވާނެ ކަމަށް ބުނެފައިވޭ
ޝުރުފާ މުހައްމަދު
1,239
ކ. މާލެ |
8 އޭޕްރިލް 2021 | ބުރާސްފަތި 06:56
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް އިސްލާމީ މަރުކަޒު ބޭރުގައި ހަދާފައި ކިއު
ރާއްޖެއެމްވީ

ލޯކަލް ކައުންސިލް އިންތިހާބު އޮންނަ ދުވަހު ވެކްސިން ޖެހުން ނޯންނާނެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

ހެލްތު ޕްރޮޓްކްޝަން އެޖެންސީން ކުރި ޓުވީޓެއްގައި ބުނީ މި އެޕްރީލް މަހުގެ 10 ވަނަ ދުވަހު ވެކްސިނޭޝަން ޕްރޮގްރާމް ކުރިއަށް ނުގެންދާނެ ކަމަށެވެ. އަދި މި އެޕްރީލް މަހުގެ 13 ވަނަ ދުވަހު ވެސް ވެކްސިނޭޝަން ޕްރޮގްރާމް ނުބާއްވާނެ ކަމަށް ބުނެފައިވެއެވެ. ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް ވާނެ ކަމަށް ބެލެވެނީ މި އެޕްރީލް މަހުގެ 12 ނޫނީ 13 އެވެ. އެހެންވެ، އެޗްޕީއޭއިން ވަނީ ވެކްސިން ޖަހަން ޝަރުތު ހަމަވާ އެންމެން ވެސް އޭގެ ކުރިން ވީހާ ވެސް އަވަހަށް ވެކްސިން ޖަހަން އިލްތިމާސްކޮށްފައެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި ރަމަޟާން މަސް ފެށުމާ ގުޅިގެން މި މަހުގެ 11 އިން 13 އަށް ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ވެކްސިން ޖެހުން އެ ދެ ދުވަހު މެދުކަނޑާލާއިރު، ރާއްޖެއިން މިހާތަނަށް 255،00ށް ވުރެ ގިނަ މީހުން ވަނީ ވެކްސިން ޖަހާފައެވެ. އޭގެ ތެރެއިން ދެ ލައްކަ މީހުން ކޮވިޝީލްޑް ވެކްސިން ޖެހި އިރު ދެން ބާކީ މީހުން ޖަހާފައި ވަނީ ސިނޮފާމް ވެކްސިންއެވެ. ރާއްޖޭގައި ފައިޒާ ވެކްސިން ބޭނުންކުރަމުން އަންނަނީ ހާއްސަ ހާލަތްތަކުގައި ވަކި ބަލިތަކެއް ތަހައްމަލުކުރާ މީހުންނަށް އެކަންޏެވެ.

ރާއްޖެއިން މިހާތަނަށް ވެކްސިން ޖެހި މީހުންގެ ތެރެއިން 4،000ށް ވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒު ވެސް ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް