ކ. މާލެ
|
8 އޭޕްރިލް 2021 | ބުރާސްފަތި 06:58
ވޯޓު ކަރުދާސް ސާމްޕަލް
ވޯޓު ކަރުދާސް ސާމްޕަލް
ރާއްޖެއެމްވީ
ލޯކަލް ކައުންސިލް އިންތިހާބު
ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ކަރުދާސް ޗާޕު ކޮށްފި
 
ކަރުދާސް ޕްރިންޓު ކުރީ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް ޕްރައިވެޓް ލިމިޓެޑުން
 
މި ފަހަރުގެ އިންތިހާބަށް ޖުމްލަ 498194 ވޯޓު ކަރުދާސް ޕްރިންޓުކޮށްފައިވޭ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ބޭނުންކުރާ ވޯޓު ކަރުދާސްތައް ޗާޕުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންއިން ކުރި ޓުވީޓެއްގައި ބުނީ ވޯޓު ކަރުދާސްތައް މިހާރު ޕްރިންޓުކޮށްފައިވާ ކަމަށެވެ. އަދި ކަރުދާސް ޕްރިންޓު ކުރީ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް ޕްރައިވެޓް ލިމިޓެޑުން ކަމަށް އިލެކްޝަނުން ބުނެފައިވެއެވެ. މި ފަހަރުގެ އިންތިހާބަށް ޖުމްލަ 498194 ވޯޓު ކަރުދާސް ޕްރިންޓުކޮށްފައިވެއެވެ.

މި މަހުގެ 10 ވަނަ ދުވަހު އިންތިހާބު ބާއްވަން ތައްޔާރުވަމުން އަންނަ އިރު މި އިންތިހާބަށްވާ ތައްޔާރީތަކުގެ ތެރެއިން ވޯޓު ފޮށިތަކާއި، ވޯޓު ކަރުދާސްތައް އަދި އިންތިހާބަށް ބޭނުންވާ އެހެން ކަންކަން ވެސް ބުރާސްފަތި ދުވަހާ ހަމައަށް އަތޮޅުތެރެއަށް ފޮނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

މި އިންތިހާބުގައި ވޯޓު ކަރުދާސްތަކުގައި ވެސް ތަފާތުތަކެއް އުޅޭ އިރު، ސައްހަ ވޯޓާއި ބާތިލް ވޯޓުގެ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮވިޑް-19އާ ގުޅިގެން ހާއްސަ ފިޔަވަޅުތަކަކާ އެކު މި އިންތިހާބު ކުރިއަށްގެންދާއިރު މިއީ މިހާތަނަށް އެންމެ ވޯޓުފޮށިތައް ވެސް ގިނަ އިންތިހާބު ކަމަށް އިލެކްޝަންސް ކޮމިޝަން އިން ބުނެފައިވެއެވެ. އަދި ކޮންމެ ވޯޓު ފޮއްޓަކަށް ވެސް ވޯޓު ލާނީ 500 މީހުނަށް ވުރެން ގިނަ ނުވާނެ ގޮތަށް ކަމަށް ވެސް ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް