ކ. މާލެ
|
8 އޭޕްރިލް 2021 | ބުރާސްފަތި 07:01
ކުރީގެ ރައީސް ޔާމިން ޝަރީޔަތައް ހާޒިރުކުރުން -- ފޮޓޯ : ޔޫސުފް ސޮފްވާން
ކުރީގެ ރައީސް ޔާމިން ޝަރީޔަތައް ހާޒިރުކުރުން -- ފޮޓޯ : ޔޫސުފް ސޮފްވާން
ޔޫސުފް ސޮފްވާން ރަޝީދު
ރައީސް ޔާމީން
ރޯދައަށް ޔާމީނު ގެއަށް ބަދަލުކޮށްދޭން އެދިއްޖެ
 
ގާނޫނީ އިމުގެ ތެރެއިން ކުރެވޭނެ ކަމެއް އޮތްތޯ ބައްލަވާނެ ކަމަށް ރައީސް ވިދާޅުވި
 
ޔާމީނު ޖަލުގައި އޮންނަވާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައި

މަނީ ލޯންޑަރިންގެ ކުށުގައި ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޯދަ އަށް ގެއަށް ބަދަލުކޮށްދިނުމަށް އިދިކޮޅު ކޯލިޝަން އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަރިހުން އެދެފިއެވެ.

އެކަމާ ގުޅިގެން އިދިކޮޅުން "ރާއްޖެ އެމްވީ"އަށް ބުނީ ރައީސް ޔާމީންގެ ހާލުކޮޅު ހުރިގޮތުން ޖަލުގައި ގިނަ ދުވަސްތަކެއް ވަންދެން އޮންނަވަން ޖެހުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެހެންވެ އެންމެ ކުޑަ ވަރުގެ ލުޔެއްގެ ގޮތުން އަންނަ ރޯދަ މަހު އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް ރައީސް އަރިހުގައި އެދިފައިވާ ކަމަށެވެ. އެކަމުގައި ގާނޫނީ އިމުގެ ތެރެއިން ކުރެވޭނެ ކަމެއް އޮތްތޯ ބައްލަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމަށް ވެސް އިދިކޮޅުން ބުނެއެވެ.

މީގެ އިތުރަށް ރައީސް ޔާމީންގެ އާއިލާއިން ވެސް އެމަނިކުފާނުގެ ސިއްހީ ހާލުކޮޅަށް ރިއާޔަތްކޮށް ކުރިއަށް އޮތް ރޯދަމަހު އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް ރައީސް އަރިހުގައި އެދިފައިވާ ކަމަށް ރައީސް އޮފީހުން "ރާއްޖެ އެމްވީ"އަށް މައުލޫމާތުދީފައިވެއެވެ. އަދި އެކަމުގައި ކުރެވޭނެ ކަމެއް އޮތްތޯ ބަލަމުން އަންނަ ކަމަށް ވެސް ބުނެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެމްއެމްޕިއާރްސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާ ފަސް މިލިއަން ޑޮލަރުން އެމަނިކުފާނު ވަނީ ޖޫރިމާނާކޮށްފައެވެ. ޖަލުހުކުމް ތަންފިޒުކުރައްވަމުން ގެންދަވާތާ މިހާރު އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އަދިވެސް އެމްއެމްޕިއާރްސީ މެދުވެރިކޮށް ހިންގި ހިޔާނާތުގެ އެކި މައްސަލަތައް ބަލަމުން އެބަދެއެވެ. އަދި އޭގެ ތެރެއިން ބައެއް ކަންކަމުގައި އެމަނިކުފާނުގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް އުފުލަން ވަނީ ތައްޔާރުވެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
50%
0%
50%
0%
0%
ކޮމެންޓް
8 އޭޕްރިލް 2021 | ބުރާސްފަތި 12:19
ޢަލިބެ
ތީ ވަރަށް ރަނގަޅު ކަމެއް ބަދަލުގައި މުޒާހަރާ ނުކުރުން..ކޮވިޑް ނުފެތުރުން
ގުޅުންހުރި
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އަޅުގަނޑުގެ އަތުގައި ހިފަން ރައީސް މުއިއްޒު ދެކޮޅު ހެއްދެވި ސަބަބު އެނގިވަޑައިގަންނަވާނީ ރައީސް މުއިއްޒަށް: ޔާމީން
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ ނުނިދޭ، އިންޑިއާ އައުޓް ކެންޕޭނަށް ނުކުންނާނަން: ރައީސް ޔާމީން
ކުރީގެ ރައީސް ޔާމީނަށް ހުކުމް ކުރުން މާދަމާ
އެމްޑީޕީގެ ކެމްޕޭން ބެނާތަކާއި ގުޅޭގޮތުން ވެރިކަން ކުރާ ޕާޓީން ނުރުހުން ފާޅުކުރުމުން، އެންޓި ކެމްޕޭން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފި
ޕީއެންސީގެ ކެމްޕޭން: ވަޒީފާގެ ބިރު، ކަރަންޓު ކަނޑާލާނެކަމުގެ ބިރު، ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރު
ކެމްޕެއިނުގައި މިފަހަރު ގޮވާލީ ސަރުކާރު ޕާޓީ މީހުންނަށް އެކަނި ކަރަންޓުދޭން، ޕާޓީން މިފަހަރުވެސް ބުނީ އެއީ ފަރުދީ ވިސްނުމެއް ކަމަށް
ވަޒީފާގެ ބިރު ދައްކައިގެންވެސް ސަރުކާރަށް ތާއީދު އިތުރުކުރަންޖެހޭކަމަށް ބުނި މައްސަލަ ހުށަހަޅަން އީސީން އެދިއްޖެ