ކ. މާލެ
|
7 އޭޕްރިލް 2021 | ބުދަ 22:51
އެޗްއާރުސީއެމް
އެޗްއާރުސީއެމް
ރާއްޖެ އެމްވީ
ލޯކަލް ކައުންސިލް އިންތިޚާބު
ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން އިންތިޚާބުގައި ހުރި ކަންބޮޑުވުންތައް އެޗްއާރްސީއެމުން އީސީ އަދި އެޗްޕީއޭއާ ހިއްސާކޮށްފި
 
ކޮވިޑާއި ގުޅިގެން ވޯޓުލުމުގެ ހައްގު ހަނިވެގެން ހިނގައިދާނެ ކަންތައްތަކެއް އެޗްއާރްސީއެމްއަށް ފާހަގަކުރެވިފައިވާތީ އެކަން އީސީ އަދި އެޗްޕިއޭއާ ވަނީ ހިއްސާ ކޮށްފައި
 
އިންތިޚާބާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކުގައި، އެޗްއާރްސީއެމަށް ފެންނަ ލަފާ އެޗްޕީއޭ އަދި އީސީއަށް މިހާރު ހިއްސާކޮށްފައި ވާކަމަށް އެޗްއާރްސީއެމުން ބުނޭ
 
ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅިގެން ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް، އީސީ، އެޗްޕީއޭ އަދި އެޗްއާރްސީއެމުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން

އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި، ކޮވިޑް ބަލިމަޑުކަމާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިލެކްޝަންސް ކޮމިޝަން (އީސީ)، އަދި ހެލްތު ޕްރޮޓެކްޝަން އޭޖޭންސީ (އެޗްޕީއޭ) އާއި ހިއްސާކޮށްފިއެވެ.

މި ކަންބޮޑުވުންތައް އެޗްއާރްސީއެމުން ހިއްސާކޮށްފައިވަނީ، އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބާއި ގުޅިގެން، ތިން މުއައްސަސާގެމެދުގައި ބޭއްވުނު ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި، ކޮވިޑާއި ގުޅިގެން ވޯޓުލުމުގެ ހައްގު ހަނިވެގެން ހިނގައިދާނެ، ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ، އެކަން ހިއްސާ ކޮށްފައިވާކަމަށް އެޗްއާރްސީއެމުން ބުނެއެވެ.

ހަމައެއާއެކު ރާއްޖޭގައި އަދިވެސް ކޮވިޑް-19 ފެތުރެމުންދާތީ، ވޯޓުލުމަށް ލިބިފައިވާ ހައްގުގެ އިތުރުން، ފުރިހަމަ ސިއްހަތެއްގައި ހުރުމުގެ ހައްގަކީވެސް ރައްޔިތުންނަށް ލިބެންޖެހޭ ހައްގެއްކަން، އެޗްއާރްސީއެމުން ބައްދަލުވުމުގައި ފާހަގަކޮށްފައިވާނޭ ކަމަށް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.  

އެހެންކަމުން އިންތިޚާބާއި ކޮވިޑް ބަލިމަޑުކަމާއި ގުޅިގެން، ހެދިފައި ހުރި އުސޫލުތަކާއި އެހެނިހެން އިންތިޒާމުތަކުގެ ތެރެއިން ވޯޓުލުމުގެ ހައްގާއި، ފުރިހަމަ ސިއްހަތެއްގައި ހުރުމުގެ ހައްގަށް ހާއްސަކޮށް ރިއާޔަތް ކުރުމުގެ މުހިންމުކަން އީސީ އަދި އެޗްޕީއޭގެ ސަމާލުކަމަށް ގެނެސްފައިވާކަމަށް އެޗްއާރްސީއެމުން ބުނެއެވެ.

މީގެ އިތުރުން އެޗްއާރްސީއެމުން ބުނީ އިންތިޚާބާއި ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކުގައި، އެ ކޮމިޝަނަށް ފެންނަ ލަފާ، އެޗްޕީއޭ އަދި އީސީއަށް މިހާރު ހިއްސާކޮށްފައި ވާކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅިގެން ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް، އީސީ، އެޗްޕީއޭ އަދި އެޗްއާރްސީއެމުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
0%
0%
0%
ކޮމެންޓް