raajjemv logo
ހޯރަފުށި ފެރީޓަރމިނަލް
ހައި-ސްޕީޑް ފެރީ ނިޒާމްގެ ދަށުން ހޯރަފުށީގައި އަޅާ ފެރީޓާމިނަލްގެ އަމަލީ މަސައްކަތް ފަށައިފި
 
މި ޓަރމިނަލަކީ ދިވެހިރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އިމާރާތްކުރާ ތަނެއް
ހުސެއިން މަޚްތޫމް
3,461
ކ. މާލެ |
7 އޭޕްރިލް 2021 | ބުދަ 20:30
ހޯރަފުށީގައި އަޅާ ފެރީޓާމިނަލްގެ އަމަލީ މަސައްކަތް ފެށުން
އެމްޓީސީސީ

ހއ. ހޯރަފުށީ ފެރީ ޓާރމިނަލްގެ ބިންގާ އަޅާ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިންނާއި، ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި، ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޓަރމިނަލަކީ ދިވެހިރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޒޯން 1 (ހއ، ހދ، ށ) އަށް ފޯރުކޮށްދޭ ފުރަތަމަ ސްޕީޑް ފެރީގެ ހިދުމަތެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން 41 ޓާރމިނަލެއް 41 ރަށެއްގައި ޤާއިމުކުރެވޭނެއެވެ. މި ނިޒާމް ފަރުމާކުރެވިފައިވަނީ ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކަނޑުދަތުރުކުރުމުގައި މިހާރު ބޭނުން ކުރަމުންދާ ފެރީގެ ނިޒާމްގައި ހުރި މައްސަލަތައް ބަލައި، އެކަންކަމަށް ޙައްލު ލިބޭނެ އައު ނިޒާމެއްގެ ގޮތުގައެވެ.

މިގޮތުން މިއައު ނިޒާމަކީ އެއްރަށުން އަނެއްރަށަށް ދަތުރުކުރަން މިހާރު ހޭދަވާ ވަގުތު ތިންގުނަ އަވަސްކޮށްދޭނެ ނިޒާމެކެވެ. އަދި މިނިޒާމްގައި ބޭނުންކުރާނެ ފެރީތަކަކީ ސީދާ މިކަމަށް ފަރުމާކޮށް އަލަށް ބަންނަ ފެރީތަކެވެ. މިފެރީތައް ބަނުމުގައި އިސްކަންދީފައިވަނީ ދަތުރުވެރިންނަށް ހިތްފަސޭހަ ދަތުރެއްކުރެވޭނޭ ގޮތަށެވެ. މިގޮތުން ފެރީގެ ސީޓާއި، ފަސެންޖަރުންގެ ކެބިން ފަރުމާކުރެވިފައިވާނީ މިފަދަ ދަތުރުތައްކުރުމަށް އެންމެ އެކަށޭނަ ގޮތަށެވެ. އަދި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އިންތިޒާމްތަކެއް މިފެރީތަކުގައި ޤާއިމްކުރެވޭނެއެވެ.

ރާއްޖޭގައި ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެމްޓީސީސީގެ މަގްސަދަކީ ހެޔޮ އަގުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއް ގޮތުގައި ދެމިތިބުންކަމަށް އެމްޓީސީސީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
50%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
50%
ލިޔުން ރަނގަޅު
ކޮމެންޓް