ކ. މާލެ
|
7 އޭޕްރިލް 2021 | ބުދަ 19:16
ތިން ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ތިން ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ކުޅިވަރާ ބެހޭ ވުޒާރާ
ތިން ރަށެއްގެ ޓާފް ދަނޑުގެ މަސައްކަތް
ތިން ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރަނީ
 
ބިން އެއްވަރުކުރަނީ މާމެންދޫ، މަރަދޫ އަދި ދޫނޑިގަން އަވަށު ދަނޑުގައި
 
މި ތިން ދަނޑުގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ ދެ ކުންފުންޏަކާ

ކުޅިވަރާ ބެހޭ ވުޒާރާއިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމުކުރަމުންދާ ފުޓްބޯޅަ ދަނޑުތަކުގެ ތެރެއިން ތިން ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

އެގޮތުން ލ. މާމެންދޫ އާއި، ސ. މަރަދޫ އަދި ފުވައްމުލައް ސިޓީ ދޫނޑިގަން އަވަށު ފުޓްބޯޅަ ދަނޑުގެ މަސައްކަތް ވަނީ އެކި ކުންފުނިތަކާ ހަވާލުކޮށްފައެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން މަޢުލޫމާތުދޭ ގޮތުގައި ލ. މާމެންދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމަށް ހަވާލުކުރީ ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އަދި މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ، ބިން ހަވާލުކުރާތާ 28 ދުވަހުގެ ތެރޭގައި މަސައްކަތް ފަށައި، 28 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާ ގޮތަށެވެ. އަދި މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 2،126،703 (ދެ މިލިޔަން އެއް ލައްކަ ސައްބީސް ހާސް ހަތްސަތޭކަ ތިން) ރުފިޔާއަށް ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން ސ. މަރަދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އާރްޖީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއެވެ. އަދި މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ، ބިން ހަވާލުކުރާތާ 28 ދުވަހުގެ ތެރޭގައި މަސައްކަތް ފަށައި، 29 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާ ގޮތަށެވެ. އަދި މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 2،088،461 (ދެ މިލިޔަން އަށްޑިހައަށް ހާސް ހަތަރުސަތޭކަ ފަސްދޮޅަސް އެއް) ރުފިޔާއަށް ކަމަށްވެސް ކުޅިވަރާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.

އަދި ފުވައްމުލައް ސިޓީ ދޫނޑިގަން އަވަށު ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތްވެސް އާރްޖީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރިއިރު، އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ، ބިން ހަވާލުކުރާތާ 28 ދުވަހުގެ ތެރޭގައި މަސައްކަތް ފަށައި، 60 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާ ގޮތަށެވެ. އަދި މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 2،305،619 (ދެ މިލިޔަން ތިން ލައްކަ ފަސް ހާސް ހަސަތޭކަ ނަވާރަ) ރުފިޔާއަށް ކަމަށްވެސް ކުޅިވަރާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުން ހިމެނޭއިރު، މިހާތަނަށް މި ސަރުކާރުން ވަނީ އަށް ރަށެއްގެ ފުޓްބޯޅަ ދަނޑުތަކުގައި ވަނީ ޓާފް އަޅާފައެވެ. އަދި މި އަހަރު ނިމުމުގެ ކުރިން ގިނަ ދަނޑުތަކެއްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.

ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ދަނޑުތައް އަޅަމުން އަންނައިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަނީ 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލައިގެން، ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ސަރުކާރުން ޓާފް ދަނޑުތައް އެޅުމަކީ ހޯމް އެންޑް އަވޭ އުސޫލަށް ރާއްޖޭގެ ފުޓްބޯޅަ ސިސްޓަމް ބަދަލުކުރަން ރާވާފައިވާ ރޭވުމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް