raajjemv logo
ހިޔާ މަޝްރޫއުގެ ފްލެޓް ދޫކުރުން
ހިޔާ މަޝްރޫއުގެ ފްލެޓުތަކަށް ޑައުންޕޭމެންޓު ނުދައްކާ ވެސް ވަދެވޭނެ - މިނިސްޓަރު އަސްލަމް
 
ފްލެޓުތަކުގެ ގުރުއަތުނެގުމަށްފަހު، ފްލެޓު ލިބޭ މީހުންނާއެކު އެޗްޑީސީ އިން އެއްބަސްވުން އެކުލަވާލާނެ
 
ޑައުންޕޭމަންޓު ދައްކައިގެން ކުރިއަށްދާ މީހުންނަށް މަހަކު ދައްކަން ޖެހޭ ކުލި ކުޑަވާނެ
 
ޑައުންޕޭމެންޓެއް ނުދައްކާ 25 އަހަރު ދުވަހަށް ބަހާލައިގެން މަހަކަށް 7500 ރުފިޔާ ދެއްކޭނެ
އަމްނާ އިމާދު
3,553
ކ. މާލެ |
7 އޭޕްރިލް 2021 | ބުދަ 17:14
ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވާހަކަދައްކަވަނީ
ރައީސް އޮފީސް

ހިޔާ މަޝްރޫއުގެ ފްލެޓުތަކަށް ޑައުންޕޭމެންޓު ނުދައްކާ ވެސް ވަދެވޭނެ ކަމަށް ހައުސިން މިނިސްޓަރު މުަހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލެޓްތަކާއި ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ޑައުންޕޭމެންޓް ނުދައްކާ ފަރާތްތަކަށް ޕޭމަންޓު ނުދައްކާ ކުރިއަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެގޮތުން ޑައުންޕޭމެންޓެއް ނުދައްކާ 25 އަހަރު ދުވަހަށް ބަހާލައިގެން މަހަކަށް 7500 ރުފިޔާ ދެއްކޭނެ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ޑައުންޕޭމެންޓަށް ދައްކައިގެން ކުރިއަށް ދިއުމަށް ބޭނުންވާ މީހުންނަށް ވެސް އެފުރުސަތު އެބައޮތް ކަމަށެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ޑައުންޕޭމަންޓު ދައްކައިގެން ކުރިއަށްދާ މީހުންނަށް މަހަކު ދައްކަން ޖެހޭ ކުލި ކުޑަވާނެ ކަމަށެވެ.

މިނިސްޓްރީ އޮފް ފައިނޭންސްއާ އެޗްޑީސީއާ އެކު މަސައްކަތް އެބަ ކުރޭ ދެއޮޕްޝަނަކީ ކޮބައިތޯ. ޑައުންޕޭމެންޓެއް ދައްކާފިއްޔާ 7500 ށްވުރެ ކުޑަވާނެ. އެހެންވީމަ އެންމެ ބޮޑުވަރު ވެގެން ދައްކަން ޖެހޭނީ 7500 ރުފިޔާ ޑައުންޕޭމެންޓެއް ނުދައްކާ. ޑައުންޕޭމެންޓެއް ދެއްކީމަ މަހެއްގެ މައްޗަށް ދައްކަން ޖެހޭ މިންވަރު ކުޑަވާނެ. ދެން ޑައުންޕޭމެންޓް ދައްކާ މިންވަރަކުން އެކުޑަވާ މިންވަރެއް އަންނާނީ. ދެ އޮޕްޝަން މިނިސްޓްރީ އޮފް ފައިނޭންސްއާ އެޗްޑީސީއާއެކު އެންމެ ބޮޑު ވެގެން ދައްކަން ޖެހޭ މިންވަރު ސަރުކާރު އެވަނީ ކަނޑައަޅާފައި. މިއީ މިހާރު ވެސް ތަންތަނަށް ޖެހުނު އެތަނުގެ ފައިނޭންޝަލް ކޯސްޓް. އެތަނުގެ އަސްލު ޖެހުނު އަގާ ބަލާފައި އެއްވެސް ވަރަށް ކުޑަ އަގެއް ހަގީގަތުގައި. އެޗްޑީސީއަށް މީގަ ބަރޑަން ވަރަށް ބޮޑުވާނެ. އެއީ މިހާރު ފްލެޓްތަކަށް އަސްލު ޖެހުނު އަގަށް ބަލާފައި އޭގެ ފައިނޭންޝަލް ކޯސްޓާއެކު.
ހައުސިން މިނިސްޓަރު މުަހައްމަދު އަސްލަމް

ހިޔާ ފްލެޓުގެ އަސްލު އަގާ އަޅާބަލާއިރު ވަރަށް ކުޑަ އަގެއް ސަރުކާރުން ކަނޑައަޅާފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު އަސްލަމް ވިދާޅުވީ ހިޔާ ފްލެޓުތައް އެޅުމަށް ނަގާފައިވާ ލޯނަކީ 3.2 ޕަސެންޓް އާއި ލައިބޯގައި 10 އަހަރަށް، އަދި ދެ އަހަރުގެ ގްރޭސް ޕީރިއަޑާއެކު ދައްކަން ޖެހޭ ލޯނެއް ކަމަށެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ފްލެޓުތަކުގެ ގުރުއަތުނެގުމަށްފަހު، ފްލެޓު ލިބޭ މީހުންނާއެކު އެޗްޑީސީ އިން އެއްބަސްވުން އެކުލަވާލާނެ ކަމަށެވެ. މިނިސްޓަރު އަސްލަމް ވިދާޅުވީ އޭގެ ފަހުން އެތަންތަނަށް ވަނުމަށް ކުރަންޖެހޭ ކަންތައް ކުރަން ތިން މަސް ދޭނެ ކަމަށާއި، އެތިން މަސް ދުވަހުގެ ތެރޭގައި ފްލެޓަށް ވަނުމަށްޓަކައި އެކުރަން ޖެހޭ ކަންކަން ކޮށް ނިމޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެއިން މަޚްތޫމް
0%
އަންތަރީސް ވެއްޖެ
17%
އުފާ ވެއްޖެ
17%
ދެރަ ވެއްޖެ
67%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް