ކ. މާލެ
|
6 އޭޕްރިލް 2021 | އަންގާރަ 22:47
އެސްޑީއެފްސީ
އެސްޑީއެފްސީ
ރާއްޖެއެމްވީ
އެސްޑީއެފްސީން ދޫކުރާ ރިކަވަރީ ލޯނު
އެސްޑީއެފްސީ ރިކަވަރީ ލޯން 2,114 ފަރާތަކަށް ދޫކޮށްފި
 
އެސްޑީއެފްސީން ވަނީ މިހާތަނަށް 361.3 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައި
 
ކުދި އަދި މެދު ފަންތީގެ 1,453 ވިޔަފާރިއަކަށް 341.5 މިލިއަން ރުފިޔާގެ ލޯނުވަނީ ދޫކޮށްފައި
 
އަމިއްލަ މަސައްކަތްކުރާ 661 ފަރާތަކަށް 19.8 މިލިއަން ރުފިޔާގެ ލޯނުވަނީ ދޫކޮށްފައި

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ދޫކުރާ ރިކަވަރީ ސްކީމްގެ ލޯނުތައް 2،114 ފަރާތަށް ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އޭޕްރިލް އެއްވަނަ ދުވަހުގެ ނިޔަލަށް އެސްޑީއެފްސީން ވަނީ 2,114 ފަރާތަކަށް ރިކަވަރީ ލޯނު ދޫކޮށްފައެވެ. އެއީ އަމިއްލަ މަސައްކަތްކުރާ 661 ފަރާތަކަށް 19.8 މިލިއަން ރުފިޔާގެ ލޯނާއި ކުދި އަދި މެދުފަންތީގެ 1,453 ވިޔަފާރިއަކަށް 341.5 މިލިއަން ރުފިޔާގެ ލޯނެވެ.

ރިކަވަރީ ސްކީމްގެ ދަށުން އެސްޑީއެފްސީން ވަނީ މިހާތަނަށް 361.3 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އެސްޑީއެފްސީން ދޫކުރާ ލޯނަށް 4,086 ފަރާތަކުން ވަނީ އެދިފައެވެ. އެއީ އަމިއްލަ މަސައްކަތްކުރާ 2,053 ފަރާތަކާއި 2,033 ވިޔަފާރިއެވެ.

އެގޮތުން އެސްޑީއެފްސީއަށް ހުށައަޅާފައިވާ ލޯނުތަކުގެ ތެރެއިން 2,204 ފޯމު އެޕްރޫވްކޮށްފައިވާއިރު، 705 ފޯމު ވަނީ ރިޖެކްޓުކޮށްފައެވެ. އަދި 2,204 ފޯމެއް ވަނީ ސޭންކްޝަން ކޮށްފައެވެ.

އެސްޑީއެފްސީން ދޫކުރާ ލޯނުތައް އަނބުރާ ދެއްކުމަށް ތިން އަހަރުގެ މުއްދަތެއް ލިބިގެންދާއިރު، ލޯން ދޫކުރަނީ ހަ އިންސައްތައިގެ އިންޓެރެސްޓް ރޭޓެއްގައި ހަ މަސް ދުވަހުގެ ގްރޭސްޕީރިއަޑަކާއި އެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
0%
0%
0%
ކޮމެންޓް