ކ. މާލެ
|
6 އޭޕްރިލް 2021 | އަންގާރަ 21:18
ކިންގް ސަލްމާން މިސްކިތް - މި މިސްކިތް އިމާރަތް ކޮށްފައިވަނީ ތުރުކީގެ ކުންފުންޏަކާ ޙަވާލުކޮށްގެން
ކިންގް ސަލްމާން މިސްކިތް - މި މިސްކިތް އިމާރަތް ކޮށްފައިވަނީ ތުރުކީގެ ކުންފުންޏަކާ ޙަވާލުކޮށްގެން
ޔޫސުފް ސޮފްވާން ރަޝީދު
ކިންގް ސަލްމާން މިސްކިތް
ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
 
މިސްކިތުގެ މަސައްކަތް 24 މިލިއަން ޑޮލަރަށް ޙަވާލުކުރީ ތުރުކީގެ ޓާމެކްސް ކުންފުންޏާ
 
މިސްކިތުގެ ކުރެހުމަކީ ޔާމީން ސަރުކާރުގައި އެހެން ކުންފުންޏަކުން ކުރަހާފައިވާ ކުރެހުމެއް
 
އެކަމާ ގުޅިގެން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ރަސްމީކޮށް ދީފައިވޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން 2017 ވަނަ އަހަރު ތުރުކީގެ ކުންފުންޏަކާ ޙަވާލުކޮށްގެން ބިނާކޮށްފައިވާ "ކިންގް ސަލްމާން" މިސްކިތުގެ ޑިޒައިންއަކީ މެލޭޝިއާ ކުންފުންޏެއްގެ ޑިޒައިންއެއްކަމަށް ބުނެ، އެ ކުންފުނިން އެކަމާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފިއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މިސްކިތުގެ ކުރެހުމަކީ ޔާމީން ސަރުކާރުގައި އެހެން ކުންފުންޏަކުން ކުރަހާފައިވާ ކުރެހުމެކެވެ. އެގޮތުން މެލޭޝިއާ ކުންފުންޏަކުން މި ކުރެހުމުގެ ޑިޒައިންވެސް ރާއްޖެއާ ހިއްސާކޮށް ޕްރެޒެންޓޭޝަން މެދުވެރިކޮށްވެސް ޑިޒައިނިންގ އާ ގުޅޭ މައުލޫމާތުތައް ހިއްސާކޮށްފައިވެއެވެ. ނަމަވެސް، ޔާމީން ސަރުކާރުން މި މަސައްކަތް ތުރުކީގެ ކުންފުންޏަކާ ޙަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވާއިރު، މިސްކިތް އިމާރަތް ކޮށްފައިވަނީ މެލޭޝިއާ ކުންފުނިން ހިއްސާކުރި ކުރެހުމުގެ މައްޗަށެވެ. ކުދި ކުދި ބަދަލުތައް ގެނެސްފައި ވީނަމަވެސް، މިއީ މެލޭޝިއާގެ ކުންފުނީގެ ޑިޒައިންކަމަށް އެ ކުންފުނިން ދައުވާ ކުރެއެވެ. އަދި އޭރު މަސައްކަތް ޙަވާލުކުރިއިރުވެސް މި ކަންކަމުގެ މައުލޫމާތު, ކުރީ ސަރުކާރަށްވެސް އެނގޭނެ ކަމަށް ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދީފައިވެއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މެލޭޝިއާގެ ކުންފުނިން މިހާރު ވަނީ އެކަމާ ގުޅިގެން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ރަސްމީކޮށް ދީފައެވެ. އެގޮތުން ކޮޕީރައިޓްގެ ދައުވާ ކުރުމަށް ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.

ސައޫދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ އުތުރު ފަރާތު ސަރަހައްދުގައި އިމާރާތްކުރި "ކިންގް ސަލްމާން" މިސްކިތުގެ މަސައްކަތް 24 މިލިއަން ޑޮލަރަށް ޙަވާލުކުރީ ތުރުކީގެ ޓާމެކްސް ކުންފުންޏާއެވެ. އެގޮތުން މިސްކިތް އެޅުމަށް ޓާމެކްސް ކުންފުންޏާ ހަވާލުކުރީ 500 ދުވަސް ތެރޭގައި މަސައްކަތް ނިންމަން ޖެހޭ ގޮތަށް ކަމަށް އޭރުގެ ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
54%
3%
7%
23%
7%
5%
ކޮމެންޓް
7 އޭޕްރިލް 2021 | ބުދަ 22:10
އަހަންމާ
އަވަހަށް ޔާމީނާއި،މުއިޒް ޖަލަށްލާ.....
7 އޭޕްރިލް 2021 | ބުދަ 17:20
ކިންގ
ވައްކަމެއް ކޮށްނުލާ އެއްކަމެއްވެސް ހަމަ ނެތީއޭދޯ.
7 އޭޕްރިލް 2021 | ބުދަ 10:56
ކަނބުލޮ
ކޮބާ ހެކި ހެކިތައް އޅާ އޮއްސައިލަބަލަ
7 އޭޕްރިލް 2021 | ބުދަ 08:57
ބޭބެ
މިއީ ހަމަ އޮޅުވާލާ ފަސާދައުފައްދަންވެސް ބޮދުވަރު އެއްބަޔަކު ކުރަހާފަ އެކުރެހުމާއި އެއްގޮތަށް އެހެނބަޔަކު ލައްވާ މަސައްކަތް ކުރުމަކީ މަދުން ހިގާކަމެއްތަ؟
7 އޭޕްރިލް 2021 | ބުދަ 08:54
ބޯހަލާކު
ދައުލަތުގެ މާލިއްޔާއިން ބަޔަކަށް ލާރިގަނޑެއް ދޭންވެގެން މޮޅޮ ރޮކެޓެއް ޖަހާލީދޯ
7 އޭޕްރިލް 2021 | ބުދަ 08:36
އަހުމަދު..ޖ
ތި ވެސް ދިވެހި ރައްޔިތުން ގެ ޓެކްސް ފައިސާއިން ތޯ ދަށްކަން ޖެހޭ ނީ؟؟؟
7 އޭޕްރިލް 2021 | ބުދަ 08:35
ޙަލީމު
ރޯދައަށް ވެސް މިސްކިތް ނުހުޅުވަން ނިންމީމަ މީހުން ރުޅިއަރާނެތީ އަނެއް ގޭސްގަނޑު އަނބުރާލަނީ! އެމްޑީޕީ ވަގު ނޫސް!
7 އޭޕްރިލް 2021 | ބުދަ 06:24
އާދަނު
މީފްލެޓްެއެއް ނޫނީ ކޮމާށަލް ބިލްޑިންގެނޫން މިތަނުގެ މައްސަލަ ޖައްސާކަށް
7 އޭޕްރިލް 2021 | ބުދަ 01:08
ޒީރޯ
ދެން މޮޅުވާހަކަ ނުލިޔެ ކަލޭމެންގެ ރައީސް މީހާ ގާތު ބުނެބަލަ ބަހަނާ ނުދައްކާ މިސްކިތް ހުޅުވަށޭ....ކޮންމެ ކަމެއްގަ ބަހަނާ...މީ ބަހަނާ ސަރުކާރެއް
6 އޭޕްރިލް 2021 | އަންގާރަ 23:05
ހައްޕު
ރީތި ވެއްޖެއެއްނު. މަކަރު ނުހަދާ އެއްކަމެއް ކުރީ ސަރުކާރުގައި ނެތްދޯ؟؟؟
6 އޭޕްރިލް 2021 | އަންގާރަ 21:26
ބޭބެ
ކޮސް ގޮވަނީ ..