ކ. މާލެ
|
6 އޭޕްރިލް 2021 | އަންގާރަ 17:46
ފައިބަރ ބްރޯޑްބޭންޑް ޕްރޮމޯޝަންއަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުންދާ ކަމަށް ދިރާގުން ބުނޭ
ފައިބަރ ބްރޯޑްބޭންޑް ޕްރޮމޯޝަންއަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުންދާ ކަމަށް ދިރާގުން ބުނޭ
ދިރާގު
ދިރާގު ފައިބަރ ބްރޯޑްބޭންޑް
ދިރާގު ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަން ހިލޭ ގުޅައިދިނުމުގެ ޕްރޮމޯޝަން އިތުރު ކޮށްފި
 
ރައުޓަރ އިން 50 އިންސައްތަ ޑިސްކައުންޓް ވެސް ލިބިގެންދާނެ
 
ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް މުޅިން ހިލޭ ގުޅައިދޭނެ
 
ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ 14ގެ ނިޔަލަށް

ދިރާގު ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަން ހިލޭ ގުޅައިދިނުމުގެ ޕްރޮމޯޝަނުގެ މުއްދަތު އިތުރު ކޮށްފިއެވެ.

ދިރާގުން ބުނީ ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަށް އަލަށް އެދޭ ކަސްޓަމަރުންނަށް ޚާއްސަ ކޮށްގެން ކުރިއަށް ގެންދަމުންދާ ޕްރޮމޯޝަން 14 އެޕްރީލް 2021ގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަނުގެ ދަށުން، ދިރާގު ފައިބަރ ކޭބަލް އެއް އަޅާފައިވާ ބިލްޑިންތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ރައުޓަރ އިން 50 އިންސައްތަ ޑިސްކައުންޓް ވެސް ލިބޭނެ ކަމަށެވެ. މީގެ އިތުރުން، ދިރާގު ފައިބަރ ކޭބަލެއް ނެތް ބިލްޑިން ތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ދަށުން 50 އިންސައްތަ ޑިސްކައުންޓް ކަނެކްޝަން ފީ އިން ލިބޭނެ ކަމަށް ވެސް ބުނެއެވެ.

ދިރާގު މެނޭޖަރ ކޮންސިއުމަރ ޕޯސްޓްޕެއިޑް އަދި އެފް.ބީ.ބީ ޖަނާ އިބްރާހިމް ވިދާޅުވީ މިޕްރޮމޯޝަނަށް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.

އަޅުގަނޑުމެން ކުރިއަށް މި ގެންދާ ޕޮރޮމޯޝަނަށް  ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ ތަރުހީބު ބޮޑުވުމުގެ ސަބަބުން  އަޅުގަނޑުމެން ބޭނުންވީ ވީހާވެސް ގިނަ ކަސްޓަމަރުންނަށް ދިރާގުގެ ނެޓްވޯކާ ގުޅި، ރާއްޖޭގެ އެންމެ ހަލުވި އަދި އެންމެ ބޮޑު އެލަވަންސް ލިބޭ ޕެކޭޖްތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތުު ފަހި ކޮށްދޭން.
ދިރާގު މެނޭޖަރ ކޮންސިއުމަރ ޕޯސްޓްޕެއިޑް އަދި އެފް.ބީ.ބީ ޖަނާ އިބްރާހިމް

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަރ ނެޓްވޯކެް ޚިދުމަތެވެ. މިހާރު ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް އަދި 64 ރަށަށް މި ޚިދުމަތް ވަނީ ފޯރުކޮށްދީފައިއެވެ.

އަބަދު ވެސް މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، ކަސްޓަމަރުންގެ ދިރިއުޅުމަށް ޑިޖިޓަލް ޚިދުމަތްތަކުން އިތުރު ފާގަތިކަން ހޯދައިދިނުމަށް ކަމަށް ދިރާގުން ބުނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް