raajjemv logo
ކޮވިޑް-19، އިންޑިއާގެ ހާލަތު
ކޮވިޑްގެ ހާލަތު ގޯސްވެ އިންޑިއާގައި އެއް ދުވަސްތެރޭ އެއްލައްކަ މީހުން ޕޮޒިޓިވް!
 
އޭޕްރީލް މަހު އެގައުމުގެ ބައެއް ސްޓޭޓްތަކުން ބަލި ފެންނަ މިންވަރު ވަނީ 12 ގުނަ އިތުރުވެފައި
 
އިންޑިއާގައި ކޮވިޑް އެންމެ ބޮޑަށް ފެތުރިފައިވަނީ އެގައުމުގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ސްޓޭޓް ކަމަށްވާ މަހާރަޝްތުރާގައި
އަތޫފް އާތިފް
2,717
ކ. މާލެ |
5 އޭޕްރިލް 2021 | ހޯމަ 20:22
އިންޑިޔާގެ މަހާރަޝްތުރާގެ ހޮސްޕިޓަލު ޑޮކްޓަރެއް، އެގައުމުން އެންމެ ގިނަ މީހުން ޕޮޒިޓިވްވަމުން އަންނަނީ މަހާރަޝްތުރާ ސްޓޭޓުން
ރޮއިޓަރސް

އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްވެ އެއް ދުވަސްތެރޭ އެއް ލައްކަ މީހުން ބައްޔަށް ޕޮޒިޓިވްވެއްޖެއެވެ.

އިންޑިއާގެ ސިއްހަތާއިބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެގައުމުން 103،558 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. މިއީ އިންޑިއާއިން އެއް ދުވަސްތެރޭގައި ކޮވިޑަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަސްވެސްމެއެވެ. އަދި މިއީ އެމެރިކާއަށް ފަހު އެއް ދުވަސްތެރޭގައި އެއްލައްކަ މީހުން ކޮވިޑަށް ޕޮޒިޓިވްވި ދެވަނަ ގައުމެވެ.

މިއަހަރު ފެށުނު ފަހުން އިންޑިއާއިން ކޮވިޑް ކޭސްތައް ފެންނަ މިންވަރު ދަށްވެފައިވީ ނަމަވެސް އޭޕްރީލް މަހު އެގައުމުގެ ބައެއް ސްޓޭޓްތަކުން ބަލި ފެންނަ މިންވަރު ވަނީ 12 ގުނަ އިތުރުވެފައެވެ. އަދި ބަލި ފެތުރެމުން އަންނަނީ އައު ވޭރިއަންޓްތަކުގެ ސަބަބުންނާއި، ގައުމުގެ އިގްތިސާދު ހުޅުވާލާ އަޅާފައިވާ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދިނުމާގުޅިގެންނެވެ.

އިންޑިއާގައި ކޮވިޑް އެންމެ ބޮޑަށް ފެތުރިފައިވަނީ އެގައުމުގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ސްޓޭޓް ކަމަށްވާ މަހާރަޝްތުރާގައެވެ. ފާއިތުވެދިޔަ 24 ގަޑިއިރު އެކަނިވެސް އެ ސްޓޭޓުން ބައި ލައްކައަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ފާއިތުވެދިޔަ ދެ ހަފްތާގައި އިންޑިއާއިން ޕޮޒިޓިވްވި ކޮވިޑް ކޭސްތަކުގެ 55 އިންސައްތަ ޕޮޒިޓިވްވެފައިވަނީ އެ ސްޓޭޓުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
100%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް