ކ. މާލެ
|
5 އޭޕްރިލް 2021 | ހޯމަ 16:49
އދ. ދިއްދޫގައި އެޅި އައުޓްޑޯ ވޮލީބޯޅަ ކޯޓު
އދ. ދިއްދޫގައި އެޅި އައުޓްޑޯ ވޮލީބޯޅަ ކޯޓު
ކުޅިވަރާ ބެހޭ ވުޒާރާ
އައުޓްޑޯ ވޮލީބޯޅަ ކޯޓުގެ މަސައްކަތްތައް
އދ. ދިއްދޫގައި ރީތި އައުޓްޑޯ ވޮލީބޯޅަ ކޯޓެއް
 
މި ކޯޓުގެ މަސައްކަތަށް ގާތްގަނޑަކަށް ދެ ލައްކަ ރުފިޔާ ވަނީ ޚަރަދުވެފައި
 
މި ކޯޓުގެ މަސައްކަތް ކުރިއަށްދިޔައީ ޓްރިޕަލް އެއިޓް ކުންފުންޏާ ހަވާލުކޮށްގެން

އދ. ދިއްދޫގައި އެޅި އައުޓްޑޯ ވޮލީބޯޅަ ކޯޓުގެ މަސައްކަތް ނިންމާލައިފިއެވެ.

ކިނަޅޮހުގައި އެޅި އައުޓްޑޯ ވޮލީބޯޅާ ކޯޓުގެ މަސައްކަތް ކުރިއަށްދިޔައީ އެ ރަށު ކައުންސިލުން އިޢުލާންކޮށްގެން، ޓްރިޕަލް އެއިޓް ކުންފުންޏާ ހަވާލުކޮށްގެންނެވެ. މި ކޯޓުގެ މަސައްކަތް ނިމުނުއިރު، ކޯޓުގައި ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓުވެސް ވަނީ ހަރުކޮށްފައެވެ.

ދިއްދޫ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި މި ކޯޓުގެ މަސައްކަތަށް ގާތްގަނޑަކަށް ދެ ލައްކަ ރުފިޔާ ވަނީ ޚަރަދުވެފައެވެ. އެގޮތުން އެންމެ ފުރަތަމަ މި ކޯޓުގެ މަސައްކަތަށް ކުޅިވަރާ ބެހޭ ވުޒާރާއިން 165،000 (އެއް ލައްކަ ފަސްދޮޅަށް ފަސް ހާސް) ރުފިޔާގެ ބަޖެޓެއް އެކުލަވާލިއިރު، ފަހުން ކޯޓުގައި ކާޕެޓް އެޅުމަށް 30،000 (ތިރީސް ހާސް) ރުފިޔާ ވަނީ ޚަރަދުވެފައެވެ. އަދި އެ ހުރިހާ ހޭދައެއްވެސް ކޮށްފައިވަނީ ކުޅިވަރާ ބެހޭ ވުޒާރާއިން ކަމަށް އެ ރަށު ކައުންސިލުން މައުލޫމާތުދެއެވެ.

ދިއްދޫ އައުޓްޑޯ ވޮލީބޯޅަ ކޯޓުގެ މަސައްކަތް ނިންމާލިކަން ހާމަކުރައްވައި، ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ މި މަސައްކަތަށް ދިއްދޫ ކައުންސިލާއި، އެ ރަށުގެ ރައްޔިތުން ދެއްވި އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ.

"ރާއްޖެ.އެމްވީ" އަށް މަޢުލޫމާތުދެއްވަމުން ދިއްދޫ ކައުންސިލުގެ ރައީސް ޙުސައިން ޔޫސުފް ވިދާޅުވީ މި ކޯޓަކީ މީގެ ކުރިން މިދިޔަ އަހަރު ދިއްދުއަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ކުރެއްވި ދަރުފުޅުގައި ވެވަޑައިގެންނެވި ވައުދެއް ކަމަށެވެ. އަދި ކޯޓުގެ މަސައްކަތް ނިމިފައިވާއިރު، މި ކޯޓު ހަލާކުވިޔަނުދީ ބެލެހެއްޓުމަށް، އެ ރަށުގެ ޒުވާނުންނަށް ޙުސައިން ޔޫސުފް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ދިއްދޫގައި އައުޓްޑޯ ވޮލީބޯޅަ ކޯޓު އެޅުމުގެ މަސައްކަތް ނިންމާލިއިރު، މީގެ ކުރިން ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ރ. ކިނަޅޮހާއި، އއ. އުކުޅަސް އަދި ކ. ހުރާގައި އައުޓްޑޯ ވޮލީބޯޅަ ކޯޓު އަޅާފައެވެ. އެހެންކަމުން ރާއްޖޭގެ ހަތަރު ރަށެއްގައި މިހާތަނަށް އައުޓްޑޯ ވޮލީބޯޅަ ކޯޓު އަޅާފައިވާއިރު، ރާއްޖޭގައި ވޮލީބޯޅަ ކުރިއެރުވުމަށް ކުޅިވަރާ ބެހޭ ވަޒީރު އިސްނަންގަވައިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
67%
0%
33%
0%
0%
ކޮމެންޓް