ކ. މާލެ
|
4 އޭޕްރިލް 2021 | އާދީއްތަ 20:19
ޅ. ހިންނަވަރު، ހިންނަވަރު ބިން ހިއްކިތާ 10 އަހަރު ވެފައިވާއިރު އަދިވެސް ތަރައްގީގެ މަޝްރޫއެއް ނުފެށޭ
ޅ. ހިންނަވަރު، ހިންނަވަރު ބިން ހިއްކިތާ 10 އަހަރު ވެފައިވާއިރު އަދިވެސް ތަރައްގީގެ މަޝްރޫއެއް ނުފެށޭ
އެމްޓީސީސީ
ހިންނަވަރު ހިއްކި ބިން
ހިންނަވަރު ބިން ހިއްކީ ކަމެއް ނުކޮށް ބާއްވަންތަ؟
 
ހިންނަވަރު ޒުވާނުންގެ އެދުމަކީ ހިއްކި ބިމުގައި ތަރައްގީގެ މަޝްރޫއުތައް ފެށިގެން ދިއުން

ފާދިއްޕޮޅު ހިންނަވަރަކީ ބިމުގެ ދަތިކަން އިންތިހާއަށް ބޮޑު ރަށެކެވެ. ގޯތި ދޫނުކުރާތާ މިހާރު އެތައް ޒަމާނެއް ވަނީ ވެފައެވެ. ހިންނަވަރު ފަޅުން 28 ހެކްޓަރުގެ ބިން މީގެ ދިހަ އަހަރު ކުރިން ވަނީ ހިއްކާފައެވެ. ބިން ހިއްކިއިރު ލޭންޑް ޔޫސް ޕްލޭނެއް އޮންނާނެކަން ކަށަވަރެވެ. ލޭންޑް ޔޫސް ޕްލޭން ރައްޔިތުންނާ ވަނީ ހިއްސާވެސް ކޮށްފައެވެ. އެކަމަކު ގޯތި ދޫނުކުރިތާ ހައުސިން ޔުނިޓެއްގެ މަސައްކަތްވެސް މިހާތަނަށް ފެށިފައެއް ނުވެއެވެ.

އަޅުގަނޑު ހިންނަވަރު ޒުވާނަކަށްވެހުރެ އެދޭ އެންމެ ބޮޑު އެދުމަކީ ވެސް މިއެވެ. ހިންނަވަރުގެ ޒުވާނުންނާއި އަޅުގަނޑު ބައްދަލުކޮށް ދެކެވުނު ވާހަކައިންވެސް އެ ޒުވާނުންވެސް މިކަމަށް ބޭނުންވާ މިންވަރު ހާމަވިއެވެ. ބައެއް ޒުވާނުންނަށް ޒަވާޖީ ހަޔާތެއް ނުފެށިވަނީ ވެސް ދިރިއުޅޭނެ މާހައުލެއް ނެތީމައެވެ. ގިނަ ޒުވާނުންނަކީ ޒަވާޖީ ހަޔާތެއް ފެށުމާއެކު، އަމިއްލަ ފައިމައްޗަށް ތެދުވެ، ވަކިން ދިރިއުޅެން ބޭނުންވާ ޒުވާނުންނެވެ. ކުދި ޖިފުޓި ގަނޑެއްފަދަ ގޭގޭގައި ޒަވާޖީ ހަޔާތެއް ފަށައިގެން އުޅުމުގެ ވިސްނުމެއް އެޒުވާނުންގެ ނެތެވެ.

މިއަދާ ހަމައަށް އައިއިރު، އެއްކަލަ ހިއްކި ބިން ވެފައިވަނީ، ކުޑަ ކުދިން ކުޅުމަށާއި، ސައިކަލު ބުރުޖެހުމާއި ފޮޓޯ ނެގުމަށް ބޭނުން ކުރަމުން އަންނަ ތަނަކަށެވެ. މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އަކީ ހިންނަވަރުގެ ދަރިއެކެވެ. ހިންނަވަރު ރައްޔިތުންގެ މި އާދޭސް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާ އެއް ބޭފުޅަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހެވެ. ހިންނަވަރު ދާއިރާގެ މަޖިލިސް މެމްބަރެއްގެ ގޮތުގައި އެމަނިކުފާނު ހުންނެވިއިރުވެސް ހިންނަވަރު ރައްޔިތުންގެ އެންމެ ބޮޑު އާދޭހަކަށްވީ ރަށުގެ ބިމުން ގޯތި ދޫކުރުމެވެ. ނުވަތަ ހައުސިން ޔުނިޓް ދޫކުރުމެވެ.

ބިން ހިއްކިފަހުން އެތާގައި ކަމެއް ނުކުރެވި އޮތީ ކަމެއް ކުރަން އެމްޑީޕީއަށް ފުރުސަތެއް ނެތުމުން ކަމަށް ވެދާނެއެވެ. ބިން ހިއްކިތަނާހެން ވެރިކަން ބަދަލުވީއެވެ. ދެން އައީ ޑރ ވަހީދުގެ ސަރުކާރެކެވެ. އެއަށްފަހު ޔާމީނުގެ ސަރުކާރެކެވެ.

މިހާރު އަނެއްކާވެސް އެމްޑީޕީއަށް އަލުން ބާތުތައް ވަނީ ލިބިފައެވެ. ވެރިކަމުގައި ހުންނެވީވެސް ހިންނަވަރުގެ ބޭފުޅެކެވެ. އެހެންވީމާ މި ސަރުކާރުން ހިންނަވަރުގެ ތަރައްގީއަށް ގިނަ ކަންކަން ކުރާނެ ކަމާއިމެދު ހިންނަވަރު ރައްޔިތުން ޝައްކެއް ނުކުރާނެއެވެ. ހިންނަވަރު ރައްޔިތުންގެ މިއާދޭސް ރައީސް ސާލިހު އަޑުއައްސަވައި ރަށުގެ ފަސްގަނޑު ބޭނުން ކުރެވޭނެ ގޮތް ހައްދަވައިދެއްވާނެއެވެ. އެކަން ލަސްވަމުންދަނީ ރާއްޖެއަށް ބިންދާލި ކޮވިޑު ރާޅުގެ ސަބަބުން އިގްތިސާދު ވަޅުޖެހުމުންނެވެ. މިކަމުން އަރައިގަނެވުމާއެކު ހިންނަވަރު ރައްޔިތުންގެ އާދޭހަކީ ހިންނަވަރުގެ ހިއްކި ބިމުގެ ފައިދާ ރައްޔިތުންނަށް ލިބޭނޭގޮތް ތަނަވަސް ކޮށްދެއްވުމެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
37%
0%
16%
11%
21%
16%
ކޮމެންޓް
4 އޭޕްރިލް 2021 | އާދީއްތަ 21:17
މާލެ އަޅުވެތި
މާލެ ތަރައްގީކޮށްފަ، ރާއްޖެތެރޭ މީހުން މާލެ ގެންނަންޖެހޭ އުސޫލާ ހިލާފުވާތީ...ތަރައްގީ ނުކޮށް ބާއްވާފައި.
4 އޭޕްރިލް 2021 | އާދީއްތަ 20:52
މަ
25 އަހަރު ދާއިރާގެ މެންބަރުކަން ކުރެއްވުމުން ދާއިރާއަށް ވީ މޮޅެއް އެބައޮތް ތޯ؟
4 އޭޕްރިލް 2021 | އާދީއްތަ 20:40
ހިންނަވރުން
ކޮވިޑްގެ ބިޔަ ރާޅުތެރޭގަވެސް ހިންގަން ބޭނުންވާ މަސްރޫއުތައް އެބަ ހިންގަ ގުބޯހެދިފަ ތިބޭ ބަޔަކު ތިބޭނެ ކޮންމެ އިންތިހާބަކާ ދިމަކޮށް ކޮށްދޭނަމޭ ކިޔާ ނުކޮށްދިނަސް ވޯޓްވެސް ދޭނެ ގުބޮހެދިފަތިބެގެން.
ގުޅުންހުރި
އަޑުއިވެމުންދަނީ އެންޓި ޑިފެކްޝަން ބިލު ތަސްދީގު ނުކުރަނީ އިންތިހާބަށްފަހު ސަރުކާރުން މެންބަރުން ގަންނަން ބޭނުންވާތީ ކަމަށް - ޞާލިހު
ވަޒީފާގެ ބިރު ދަނީ ވަރަށް ބޮޑަށް ދައްކަމުން، އިސްދޫން އެކަނިވެސް 100ށް ވުރެ ގިނަ މުވައްޒަފުން ވަކިކޮށްފި
މުއިއްޒުގެ އަތްޕުޅަށް ބާރުތައް ދިން ވަރަކަށް އިތުރަށް އެ ބާރުތައް މުށުތެރެއަށް ލައްވައި ބާރުކުރައްވަމުން ގެންދަވާނެ: ސާލިހު
ގައުމުގެ ވެރިޔާއާމެދު ފިޔަވަޅު އަޅަންޖެހޭ ހިސާބަށް ގައުމުގެ ހާލަތު ވަނީ ގޮސްފައި: ރައީސް ސާލިހު
ވަޒީފާގެ ބިރު ދައްކަމުންދާކަމަށާއި އިލެކްޝަންސް ކޮމިޝަނުން މިކަން ބެލުމަށް އެމްޑީޕީން ގޮވާލައިފި
ރައީސް ޔާމީންގެ ޝަރީއަތް ލަސްވާ ސަބަބު ބަލައިދިނުމަށް ޖޭއެސްސީއަށް ހުށަހަޅާނަން - އަސްލަމް
އެމްޑީޕީ މެޖޯރިޓީ އޮވެ ރައީސް މުއިއްޒަށް މަޖިލީހުން އެއްބާރުލުން ނުދިނީ ކޮންކަމެއްގައިތޯ :އަސްލަމް
މިސަރުކާރުން ކެންޕެއިނަށް 100 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއްނަމަ އެމައްސަލަ ބަލަންޖެހޭ: ރައީސް ސާލިހު