ކ. މާލެ
|
4 އޭޕްރިލް 2021 | އާދީއްތަ 18:24
މިޔަންމާގައި ކުރަމުން އަންނަ މުޒާހަރާތަކުގެ ތެރެއިން
މިޔަންމާގައި ކުރަމުން އަންނަ މުޒާހަރާތަކުގެ ތެރެއިން
ސޯޝަލް މީޑިއާ
މިޔަންމާގައި ކުރަމުންދާ މުޒާހަރާ
މިޔަންމާ މުޒާހަރާގައި 550 މަރު!
 
މި މުޒާހަރާތަކުގައި 46 ކުޑަކުދިން ވަނީ މަރުވެފައި
 
މި މުޒާހަރާތަކުގައި 2،751 މީހުން ވަނީ ހައްޔަރުކޮށްފައި

މިޔަންމާގެ އަސްކަރިއްޔާއިން ހިންގި ބަޣާވާތާއި ދެކޮޅަށް އެގައުމުގައި ކުރަމުން އަންނަ މުޒާހަރާގައި މަރުވި މީހުންގެ އަދަދު 550ށް ވުރެ މަތިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ފެބްރުއަރީ މަހު މިޔަންމާގެ އަސްކަރިއްޔާއިން އެގައުމުގެ ލީޑަރު އަންގް ސަން ސޫކީގެ ސަރުކާރު ވައްޓާލުމާއި ގުޅިގެން އެގައުމުގެ ރައްޔިތުން ކުރިޔަށް ގެންދާ މުޒާހަރާތަކުގައި މިހާތަނަށް 550ށް ވުރެ ގިނަ މީހުން ވަނީ ސަލާމަތީ ބާރުތަކުގެ ހަމަލާތަކުގައި މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެ ތެރޭގައި 46 ކުޑަދިންވެސް ހިމެނެއެވެ. މީގެ އިތުރުން މި މުޒާހަރާތަކުގައި 2،751 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން މިޔަންމާގެ އަސްކަރިއްޔާއިން އެގައުމުގެ އެތަށް ސަތޭކަ ރައްޔިތުންނެއް ގެއްލުވާލާން މަސައްކަތް ކުރާ ކަމަށް މުޒާހަރާގެ ބައިވެރިން ތުހުމަތު ކުރާއިރު، މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުން ގެންދިޔައީ ކޮންތާކަކަށް ކަމެއް މިހާތަނަށްވެސް މިޔަންމާގެ އަސްކަރިއްޔާއިން ހާމަކޮށްފައެއް ނުވެއެވެ.

މިޔަންމާގައި ބާއްވާ މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ދަނީ ކަރުނަ ގޭސް ޖަހާ، ރަބަރު އުންޑަ އާއި ބަޑި ޖަހަމުންނެވެ. މީގެ ސަބަބުން އެއްވުންތަކުގައި ބައިވެރިވާ މީހުންގެ އަދަދު ވަނީ ކުރިއަށް ވުރެ މަދުވެފައެވެ. އެކަމަކު އެގައުމުގެ އެކި ސަރަހައްދުތަކުގައި ކޮންމެ ދުވަހަކުވެސް ދަނީ މުޒާހަރާތައް ބާއްވަމުންނެވެ. އަދި ގިނަ އަދަދެއްގެ މީހުން ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ބަޣާވާތާ ދެކޮޅަށް އަޑު އުފުލަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
25%
50%
0%
25%
ކޮމެންޓް