ކ. މާލެ
|
4 އޭޕްރިލް 2021 | އާދީއްތަ 15:13
ސްޕެނިޝް ކަޕުގެ ތައްޓާއެކު ރެއާލް ސޮސިއެޑާޑް ޓީމު
ސްޕެނިޝް ކަޕުގެ ތައްޓާއެކު ރެއާލް ސޮސިއެޑާޑް ޓީމު
ގެޓީ އިމޭޖަސް
ސްޕެނިޝް ކަޕް
ސްޕެނިޝް ކަޕުގެ ޗެމްޕިއަންކަން ސޮސިއެޑާޑަށް
 
މިއީ މިދިޔަ ސީޒަނުގެ ސްޕެނިޝް ކަޕުގެ ފައިނަލް މެޗު
 
ފައިނަލް މެޗުން ސޮސިއެޑާޑް މޮޅުވީ 1-0 ގެ ނަތީޖާއަކުން

އެތުލެޓިކް ބިލްބާއޯ ބަލިކޮށް ސްޕެނިޝް ކަޕުގެ ޗެމްޕިއަންކަން ރެއާލް ސޮސިއެޑާޑުން ހޯދައިފިއެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު ފައިނަލް މެޗަކީ މިދިޔަ ސީޒަނުގެ ސްޕެނިޝް ކަޕުގެ ފައިނަލް މެޗެވެ. މި މެޗު މި އަހަރު ކުޅުނީ ކޮވިޑް-19 އާ ގުޅިގެން، ފައިނަލް މެޗު އަހަރެއްހާ ދުވަހަށް ފަސްކުރުމުންނެވެ. އެގޮތުން އެންމެ ފުރަތަމަ މި މެޗު ކުޅެން ތާވަލުކޮށްފައި އޮތީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުއެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުން ސޮސިއެޑާޑް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ސޮސިއެޑާޑުން ލީޑު ނަގާފައިވަނީ މެޗުގެ 63 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިކޭލް އޮޔާޒަބާލެވެ. މިއީ އޭރިއާ ތެރެއިން ސޮސިއެޑާޑުގެ ކްރިސްޓިއަން ޕޯޓޫއަށް ބިލްބާއޯގެ އިނިގޯ މާޓިނޭޒް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މެޗުން މޮޅުވެ ސްޕެނިޝް ކަޕުގެ ޗެމްޕިއަންކަން ސޮސިއެޑާޑުން ހޯދިއިރު، މިއީ މިދިޔަ 34 އަހަރުގެ ތެރޭގައި ސޮސިއޭޑާޑުން މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އެގޮތުން މީގެ ކުރިން 1986-1987 ވަނަ އަހަރުގެ ސީޒަނުގައި ސޮސިއޭޑާޑުން މި މުބާރާތް ކާމިޔާބުކުރިއިރު، މިހާތަނަށް ސޮސިއޭޑާޑުން ވަނީ ތިން ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މިދިޔަ ސީޒަނުގެ ސްޕެނިޝް ކަޕުގެ ފައިނަލުން ބިލްބާއޯ ބަލިވިއިރު، މި ސީޒަނުގެ ފައިނަލަށްވެސް ބިލްބާއޯ ވަނީ ދަތުރުކޮށްފައެވެ. ދެން ފައިނަލުން ޖާގައެއް މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ބާސެލޯނާއިން ހޯދާފައިވާއިރު، ފައިނަލް މެޗު ކުޅޭނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
50%
0%
0%
50%
0%
0%
ކޮމެންޓް