ކ. މާލެ
|
4 އޭޕްރިލް 2021 | އާދީއްތަ 11:38
މައި ވާރޗުއަލް މޯލްޑިވްސް
މައި ވާރޗުއަލް މޯލްޑިވްސް
އެމްއެމްޕީއާރްސީ
'މައި ވާރޗުއަލް މޯލްޑިވްސް'
'މައި ވާރޗުއަލް މޯލްޑިވްސް' ލޯންޗްކޮށްފި
 
ޕްލެޓްފޯމް ފަރުމާކޮށްފައިވަނީ އެހެން ގައުމުތަކުގެ ބަސް ތަރުޖަމާ ކުރެވޭ ގޮތަށް
 
އޮންލައިންކޮށް ރާއްޖެ އިޝްތިހާރު ކުރުމަށް ފަސޭހަވެގެންދާނެ
 
ރޯޑް ޝޯތަކާއި ވެބިނަރ ތަކާއި ޓްރެއިނިންތައް ލައިވްކޮށް ކުރިއަށްގެންދެވޭނެ

'މައި ވާރޗުއަލް މޯލްޑިވްސް' ލޯންޗްކޮށްފިއެވެ.

ރޯޑު ޝޯތަކާއި ވެބިނާތަކާއި ޓްރެއިނިން އަދި ލައިވްކޮށް މާކެޓިން ހަރަކާތްތައް ކުރިއަށްގެންދެވޭނެ ގޮތަށް ފަރުމާކޮށްފައިވާ މި ޕްލެޓްފޯމްގައި އެއްފަހަރާ ގިނަ ބަޔަކަށް ބައިވެރިވެވޭނެއެވެ. 3ޑީކޮށް މަންޒަރު ފެންނަގޮތަށް ފަރުމާކޮށްފައިވާ މި ޕްލެޓްފޯމްގައި ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ރާއްޖޭގެ ރަށްތައް ވެސް ވާރޗުއަލް ރިއަލިޓީގެ އެހީގައި ބަލައިލެވޭނެ އެވެ.

މި ޕްލެޓްފޯމުގައި ހިމެނޭ "އައިލްސް މެއިން ލޮބީ" އިން ޕްލެޓްފޯމުގެ އެހެން ބައިތަކަށް ދެވޭނެ އެވެ. އެގޮތުން، ބެއާ ފުޓް ބީޗް ކޮންފަރެންސް ޑިޒައިން ކޮށްފައިވަނީ "މޫވީ އަންޑަރ ދަ ސްޓަރސް" މި ތީމަށެވެ. މިއިން އޮޑިޓޯރިއަމުގައި ވެބިނާތަކާއި، ވާޗުއަލް ކޮންފަރެންސް އަދި ލައިވްސްޓްރީމް ކުރިއަށްގެންދެވޭނެއެވެ.

މިބައި ފަރުމާ ކޮށްފައިވަނީ ޓޫރިސްޓުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ "މޫވީ އަންޑާ ދަ ސްޓާސް" ކޮންސެޕްޓަށެވެ. "ސަނީ ސައިޑް އެގަޒަބިޝަން ހޯލް" ޚާއްސަ ކޮށްފައިވަނީ، ވާޗުއަލްކޮށް އެގްޒިބިޝަންތައް ކުރިއަށް ގެންދެވޭ ގޮތަށެވެ.

މި ޕްލެޓްފޯމުގައި ހިމަނާފައިވާ "އަންޑަރވޯޓާ ނެޓްވޯކިން ސުއީޓް" ތައްޔާރުކޮށްފައިވަނީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ މެދުގައި އެއްމެ މަގްބޫލް، ކަނޑު އަޑީގެ ރެސްޓޯރެންޓް ތީމަށެވެ. މިތަނުގައި ވަކިވަކިން މީހުންނާ ބައްދަލުކޮށް މަޝްވަރާ ކުރެވޭނެއެވެ.

މި ޕްލެޓްފޯމް ފަރުމާކޮށްފައިވަނީ އެހެން ގައުމުތަކުގެ ބަސްވެސް ތަރުޖަމާ ކުރެވޭނެ ފީޗަރ ހިމަނައިގެންނެވެ. "މައި ވާޗުއަލް މޯލްޑިވްސް" ތައާރަފުކުރުމަށް ފަހު އެންމެ ފުރަތަމަ ވެބިނާއެއް ބޭއްވީ ފްރާންސްގެ މާކެޓަށް އަމާޒުކޮށްގެންނެވެ. މި ވެބިނާ ކުރިއަށްގެންދިޔައީ ފްރާންސް ބަހުންނެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި ކުރިއަށް އޮތް ތަނުގައި މި ޕްލެޓްފޯމް މެދުވެރިކޮށް އޮންލައިންކޮށް ރާއްޖެ އިޝްތިހާރުކުރުމަށް ފަސޭހަވެގެންދާނެއެވެ. މިއާއެކު ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަަށާއި، އިތުރު މާރކެޓްތަކަށް ރާއްޖެ އިޝްތިހާރު ކުރެވޭނެ ކަމަށް އެމްއެމޕީއާރްސީން ގަބޫލުކުރެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ޙުކުމް ބާތިލު، ނަމަވެސް ދަށު ކޯޓުން އަލުން މައްސަލަ ބަލަންޖެހޭނެ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
ޔޫސުފް ނައީމަށް ކުރި ޙުކުމް ބާތިލް، ކްރިމިނަލް ކޯޓުން އަލުން މައްސަލަ ބަލަން އަންގައިފި
އެމްއެމްޕީއާރްސީގެ ފައިސާ ލޯންޑަރކުރިކަމުގެ ތުހުމަތުވެސް ބައްސާމަށް ކުރެވޭ، އެ މައްސަލަ އޮތީ އޭސީސީގައި: ޕީޖީ އޮފީސް
އެމްއެމްޕީއާރްސީގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ
މި ސަރުކާރުގެ ފުރަތަމަ ސަވާދީއްތަ ދަތުރު ބޮޑު ސްކޭމަކަށް
ޗައިނާއިން ފާހަގަކުރާ ''އިޔަރ އޮފް ދަ ޑްރެގަން'' އަށް މަރުހަބާ ކިޔައި އެމްއެމްޕީއާރްސީން ބޭނުންކޮށްފައިވާ ބަހުރުވައަށް އާންމުގެ ފާޑުކިޔުން
ޔާމީނުގެ ޤުރުބާނީއާއެކު ވެރިކަމަށް އައިސް، ޔާމީނުގެ ޙައްޤު ހޯދަން ދިޔައިރު ބައިވެރިނުވުމުން ބަހުގެ ހޫނު ހަމަލާތަކެއް