raajjemv logo
އާޖެންޓީނާގެ ރައީސް ކޮވިޑަށް ޕޮޒިޓިވްވުން
އާޖެންޓީނާގެ ރައީސް ކޮވިޑަށް ޕޮޒިޓިވްވެއްޖެ
 
އެ ގައުމުން މިހާތަނަށް ބައިލައްކައަށްވުރެ ގިނަ މީހުން މި ބަލީގައި މަރުވެފައިވޭ
 
އާޖެންޓީނާއިން ފާއިތުވި އަހަރެއްހާ ދުވަހު ގެންދިޔައީ ކޮވިޑާއި ގުޅިގެން ފުރަބަންދުގެ އެކި ފިޔަވަޅުތައް ދަމަހައްޓަމުން
 
ރައީސް ވަނީ ރަޝިއާއިން އުފައްދާފައިވާ "ސްޕަޓްނިކް-ވީ" ވެކްސިންވެސް ޖައްސަވާފައި
ލައިޝާ އަހްމަދު
2,122
ކ. މާލެ |
4 އޭޕްރިލް 2021 | އާދީއްތަ 09:32
އާރޖެންޓީނާގެ ރައީސް އަލްބަރޓޯ ފަރނާންޑެޒް- އަލްބަރޓޯ ޕޮޒިޓިވްވެފައިވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައި
ރޮއިޓަރސް

އާޖެންޓީނާގެ ރައީސް އަލްބަރޓޯ ފަރނަންޑެޒް ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އާޖެންޓީނާގެ ކަމާބެހޭ ފަރާތްތަކާ ޙަވާލާދީ ރޮއިޓަރސްގައި ރިޕޯޓު ކޮށްފައިވާ ގޮތުން އަލްބަރޓޯ ޕޮޒިޓިވްވެފައިވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ. އަދި ބޮލުގައި ރިއްސުމާއި، ހުން އައުން ފިޔަވައި އިތުރު އަލާމާތެއް ނެތްކަން ފާހަގަކޮށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނީ، ރައީސް އަލްބަރޓޯގެ ހާލުކޮޅު ރަނގަޅު ކަމަށެވެ.

ހުކުރުދުވަހު އަލްބަރޓޯއަށް 62 އަހަރު ފުރިފައިވާއިރު، އޭނާ ވަނީ ރަޝިއާއިން ކޮވިޑުން ދިފާއުވުމަށް އުފައްދާފައިވާ "ސްޕަޓްނިކް-ވީ" ވެކްސިންވެސް ޖައްސަވާފައެވެ. އެގޮތުން ވެކްސިން ޖެއްސެވުމުގެ ސަބަބުން ބަލީގެ އަސަރު ކުޑަކަމަށް އަލްބަރޓޯގެ ޑޮކްޓަރ ފެޑެރިކޯ ސަވެޑްރާއާ ހަވާލާދީ ރޮއިޓަރސްގައި ރިޕޯޓު ކޮށްފައިވެއެވެ. އަދި ވެކްސިން އުފެއްދި ކުންފުނި ކަމަށްވާ ރަޝިއާގެ ގަމަލެޔާ އިންސްޓިޓިއުޓުންވެސް ވަނީ މި ވެކްސިނަކީ ކޮވިޑުން ދިފާއު ވުމުގައި 91 އިންސައްތަ ކާމިޔާބު ވެކްސިނެއްކަން ފާހަގަކޮށް ބަލީގެ ހާލަތު ބޮޑުވުމުން ސަލާމަތް ކޮށްދިނުމުގައި 100 އިންސައްތަ ކާމިޔާބު ވެކްސިނެއްކަމަށް ބުނެފައެވެ.

އާޖެންޓީނާއިން ފާއިތުވި އަހަރެއްހާ ދުވަހު ގެންދިޔައީ ކޮވިޑާއި ގުޅިގެން ފުރަބަންދުގެ އެކި ފިޔަވަޅުތައް ދަމަހައްޓަމުންނެވެ. އެ ގައުމުން މިހާތަނަށް ބައިލައްކައަށްވުރެ ގިނަ މީހުން މި ބަލީގައި މަރުވެފައިވާއިރު، މިހާތަނަށް 7 ލައްކައާ ގާތްކުރާ އަދަދަކަށް އެ ކޮވިޑް-19 ވެކްސިން ދީފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
100%
ލިޔުން ރަނގަޅު
ކޮމެންޓް