ކ. މާލެ
|
1 އޭޕްރިލް 2021 | ބުރާސްފަތި 09:11
މަހަލްދީބް ފައުންޑޭޝަންގެ "ގިފްޓް އަ ސްމައިލް" ހަރަކާތުގެ ތެރެއިން
މަހަލްދީބް ފައުންޑޭޝަންގެ "ގިފްޓް އަ ސްމައިލް" ހަރަކާތުގެ ތެރެއިން
ސޯޝަލް މީޑިއާ
ގިފްޓް އަ ސްމައިލް ޕްރޮޖެކްޓް
މި ރަމަޟާން މަހު ފަޤީރަކަށް އެހީވާން ބޭނުންތަ؟ މިއޮތީ އެ ފުރުސަތު!
 
2016 އިން ފެށިގެން ކޮންމެ އަހަރަކުވެސް މި ހަރަކާތް ދަނީ ކުރިއަށްގެންދަމުން
 
މިއީ މި ޕްރޮގްރާމް ކުރިޔަށް ގެންދާ 7 ވަނަ އަހަރު
 
މަހަލްދީބުން ފާއިތުވި އަހަރުތަކުގައި 500 އަށްވުރެ ގިނަ އާއިލާއަކަށް ވަނީ އެހީވެފައި

އަޅުގަނޑުމެން މިހާރު މިވަނީ ބަރަކާތްތެރި ރަމަޟާންމަހަށް ކުރިމަތިލާފައެވެ. އަހަރުގެ އެންމެ ބަރަކާތްތެރި މައްސަރުކަމުގައިވާ ރަމަޟާންމަހުގެ ފުރިހަމަ ރަޙުމަތާއި ބަރަކާތް ލިބިގަތުމައްޓަކައި އަޅުގަނޑުމެން މިހާރު މިދަނީ ތައްޔާރުވަމުންނެވެ. މި މައްސަރާއެކު ދިވެހިންގެ މެދުގައިވެސް ގިނަ އާދަކާދަތަކެއް ވަނީ ގުޅި ލާމެހިފައެވެ. އެގޮތުން ގޯތިތެރެ ދޮންވެލިލާ ޒީންތްތެރިކުރުމާއި، ގޭގެ ފަރުނީޗަރާއި ހިފާ ގެންގުޅޭ ތަކެތި ބަދަލުކޮށްލުމަކީ މި ދެންނެވި އާދަކާދަތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. އަދި ހަމަ މިއާއެކު ދިވެހިންގެ މެދުގައި ރަމަޟާން މަސް ޚާއްސަވެގެންދާ ރޯދަ ވީއްލުމުގެ ސުފުރާއާއި ތަރާވީސް ދަމުގެ ކެއުމަށް ބޭނުންވާތަކެތި ކުރިއާލާ ގެޔަށްވެއްދުމަށް އަވަސްވެގަނެއެވެ.

އެހެންނަމަވެސް، މި ދެންނެވި ފަދަ ކަންކަން ކުރުމަށް ކެރި ފޯރުން ތެރިކަން ނެތް އެތައް ބަޔަކު މި ދިވެހި މުޖުތަމަޢުގައި އުޅެމުންދާކަމީ ޤަބޫލުކުރަންޖެހިފައިވާ ހަޤީޤަތެކެވެ. މިފަދަ ފަރާތްތަކަށް އެހީވުމަށް ސަރުކާރުން ފަޤީރުންނާއި މިސްކީނުންގެ ލިސްޓެއް އެކުލަވާލާ ޒަކާތުގެ އިތުރުންވެސް ގިނަ އެހީތަކެއް ދަނީ ފޯރުކޮށްދެމުންނެވެ. އަޅުގަނޑު މިފަހަރު ވާހަކަދައްކަން މި އުޅެނީވެސް މިފަދަ ފުރުސަތެއްގެ ވާހަކައެވެ. އެހެންނަމަވެސް، މިއީ ސަރުކާރުން ކުރާކަމެއް ނޫނެވެ. އަދި ސަރުކާރުން ހުޅުވާލި ފުރުސަތެއްވެސް ނޫނެވެ. މި ފުރުސަތަކީ ރާއްޖޭގައި ދަރުމައަށް މަސައްކަތްކުރާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއަކުން ސިލްސިލާކޮށް ކޮންމެ އަހަރަކު ކުރިއަށްގެންދާ ހަރަކާތެއްގެ ވާހަކައެވެ. މި ދަންނަވާ ޖަމިއްޔާއަކީ އިސްލާމްދީންގެ އަސާސްތަކާއި ރިވެތި އާދަތައް ދިރުވާ އާލާކޮށް، ދިވެހިންގެ އެއްބައިވަންތަކަން ވަރުގަދަކުރުމުގެ އަޒުމުގައި، މަހަލްދީބް ފައުންޑޭޝަންގެ ނަމުގައި އުފެއްދި ޖަމިއްޔާއެވެ.

ޖަމިއްޔާ އުފެދުނީއްސުރެ މިއަދާއި ހަމައަށް ކޮންމެ އަހަރަކުވެސް އެންމެ ކާމިޔާބުކަމާއެކު ކުރިއަށްގެންދާ އެއް ހަރަކާތަކީ "ގިފްޓް އަ ސްމައިލް- ފުޑް ބާސްކެޓް" ޕްރޮގްރާމެވެ. މި ޕްރޮގްރާމަކީ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން، 2016 އިން ފެށިގެން ކޮންމެ އަހަރަކުވެސް ރަމަޟާން މަހު އެ ފައުންޑޭޝަނުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ރާއްޖެ އެމްވީއަށް މަޢުލޫމާތުދެމުން މަހަލްދީބުން ވަނީ، މިއަހަރުގެ ޕްރޮގްރާމްގައިވެސް، ޔަތީމް ކުދިންނާއި އެކަނިވެރި މައިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން މާލީގޮތުން ދަތިތަކާ ކުރިމަތިވެފައިވާ އާއިލާތަކަށް ހާއްސަ ކުރެވިފައިވާ މި ޕްރޮގްރާމުން އެފަރާތްތަކަށް މުޅި ރޯދަމަހަށް ބޭނުންވާނެ ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް ފޯރުކޮށްދެވިގެންދާނެކަމަށް ބުނެފައެވެ. އެހެން އަހަރުތަކެކޭވެސް އެއްގޮތައް އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެހީތެރިކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ މައުލޫމާތުގެ ސައްޙަކަން ކަށަވަރު ކުރުމުގެ ގޮތުން، މި ޕްރޮގްރާމުގެ ތެރެއިން އެފަރާތްތަކުގެ ހާލަތު ބަލައި އެފަރާތަކީ އެހީތެރިކަން ބޭނުންވާ ފަރާތެއްތޯ ޔަޤީން ކުރެވިގެންދާނެކަމަށް ވަނީ ބުނެފައެވެ.

މަހަލްދީބުން ފާއިތުވި އަހަރުތަކުގައި މާލެ ހުޅުމާލެ، ވިލިމާލޭގެ އިތުރުން އައްޑޫސިޓީ އަދި ފުވައްމުލައްސިޓީ 500 އަށްވުރެ ގިނަ އާއިލާއަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މިއީ މަހަލްދީބް ފައުންޑޭޝަން އިން މި ޕްރޮގްރާމް ކުރިޔަށް ގެންދާ 7 ވަނަ އަހަރެވެ. މި ޕްރޮގްރާމުގައި ބައިވެރިވެ އެހީތެރިކަން ހޯއްދެވުމަށްhttps://url.mahaldheeb.org/giftasmileއަށް ގޮސް އެހީތެރިކަން ހޯދުމަށް ވަނީ އެދިފައެވެ. މި ޕްރޮގްރާމަށް އަމަލީ ގޮތުން އެހީތެރިވެދޭން ބޭނުންވާ ފަރާތްތަކަށް މަހަލްދީބް ފައުންޑޭޝަންގެ މީސްމީޑިއާ މަންސަތަށް މެދުވެރިކޮށް ގުޅުއްވައިގެން ބައިވެރވެލެއްވުމުގެ ފުރުސަތު ވަނީ ފަހިކުރެވިފައެވެ. އަދި ޕްރޮގްރާމަށް މާލީ ގޮތުން އެހީތެރިވެދެއްވަން ބޭނުންފުޅުވާ ފަރާތްތަކަށް މަހްލްދީބުގެ ބޭންކް އޮފް މޯލްޑިވްސް އެކައުންޓް ނަންބަރު:7770000053089އަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ވަނީ އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
88%
0%
9%
4%
0%
ކޮމެންޓް