ކ. މާލެ
|
30 މާރޗް 2021 | އަންގާރަ 23:02
ސިންގަޕޯ އެއަރލައިންގެ ފްލައިޓެއް ވީއައިއޭ ގައި
ސިންގަޕޯ އެއަރލައިންގެ ފްލައިޓެއް ވީއައިއޭ ގައި
އެމްއޭސީއެލް
ސިންގަޕޯ އެއަރލައިންގެ ދަތުރުތައް ފެށުން
ސިންގަޕޯ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފަށައިފި
 
ސިންގަޕޯ އެއަރލައިނުން ރާއްޖެއަށް ދަތުރު ކުރާނީ ބޮއިން 737 މަރުކާގެ އެއާކްރާފްޓެއްގައި
 
ސިންގަޕޯ އެއަރލައިންގެ ދަތުރުތައް ބާއްވާނީ އަންގާރަ، ހުކުރު އަދި ހޮނިހިރު ދުވަހު
 
ސިންގަޕޯ އެއަރލައިނުން ހަފްތާ އަކު ތިން ދުވަހު ރާއްޖެ އަށް ދަތުުރުތައް ބާއްވާނެ

ސިންގަޕޯ އެއަރލައިންގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފިއެވެ.

ކޮވިޑް-19ގެ ސަބަބުން ސިންގަޕޯ އެއަރލައިނުން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް މެދުކަނޑާލާފައި އޮތުމަށް ފަހު އަލުން ދަތުރުތައް ފަށާފައި މިވަނީ މާޗު 30 ވަނަ ދުވަހުއެވެ. ރާއްޖެއަށް ބައިނަލްއަގުވާމީ 29 އެއަރލައިނަކުން ދަތުރުކުރަމުން ދިޔަ އިރު، ސިންގަޕޯ އެއަރލައިންގެ ދަތުރުތައް ފެށުމާއި އެކު ރާއްޖެއަށް ދަތުރުކުރާ ބައިނަލްއަގްވާމީ އެއަރލައިންތަކުގެ އަދަދު މިވަނީ 30ށް އަރާފައެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ސިންގަޕޯ އެއަރލައިނުން ހަފްތާ އަކު ތިން ދުވަހު ރާއްޖެ އަށް ދަތުުރުތައް ބާއްވާނެ ކަމަށެވެ. އެއީ އަންގާރަ، ހުކުރު އަދި ހޮނިހިރު ދުވަހު އެވެ. އެ އެއަރލައިނުން ރާއްޖެއަށް ދަތުރު ކުރާނީ ބޮއިން 737 މަރުކާގެ އެއާކްރާފްޓެއްގައެވެ.

ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ އަދަދާއި އެއެއަރލައިންތަކުން ރާއްޖެއަށް ދަތުރުކުރާ ވަރު އިތުރުވަމުން އަންނަ އިރު، އެއްދުވަހުން އަނެއް ދުވަހަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.

އެގޮތުން ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ބޯޑަރު ހުޅޫވާލިފަހުން ފުރަތަމަ ފަހަރަށް އެއް މަހެއްގައި ލައްކަ އަކަށް ވުރެ ގިނަ ފަތުރުވެރިންވެސް ވަނީ ރާއްޖެއަށް އައިސްފައެވެ. އަދި މި އަަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ ތިން ލައްކަ އާއި ގާތްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް