ކ. މާލެ
|
30 މާރޗް 2021 | އަންގާރަ 11:00
ދިވެހިރާއްޖެއާއި ކިންގްޑަމް އޮފް ލެސޯތޯ އާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރުން
ދިވެހިރާއްޖެއާއި ކިންގްޑަމް އޮފް ލެސޯތޯ އާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރުން
ފޮރިން މިނިސްޓްރީ
ދިވެހިރާއްޖޭގެ ޚާރިޖީ ގުޅުން
ދިވެހިރާއްޖެއާއި ލެސޯތޯ އާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފި
 
ގައުމުތަކާއެކު ގުޅުން ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް އިސްކަން ދެއްވާ
 
ޖޮއިންޓް ކޮމިއުނިކޭގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖެއިން އދ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިން
 
ދެގައުމު ގުޅިގެން ބައިނަލްއަގްވާމީ މަސްރަހުގައި ގިނަ މަސައްކަތްތަކެއް ކުރުމަށް މަގު ފަހިވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނޭ

ދިވެހިރާއްޖެއާއި ކިންގްޑަމް އޮފް ލެސޯތޯ އާ ދެމެދު ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފިއެވެ.

އެމެރިކާގެ ނިއުޔޯކްގައި ދިވެހިރާއްޖެއިން އދ އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތުގައި، ދެގައުމުގެ މެދުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރުމުގެ ޖޮއިންޓް ކޮމިއުނިކޭގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖެއިން އދ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިން އެވެ. އަދި ލެސޯތޯގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން އދ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އެންކޮޕާނޭ ރަސީންގް މޮންޔާނޭއެވެ.

ދިވެހިރާއްޖެއާއި ލެސޯތޯއަކީ ކުޑަ ދެގައުމަށް ވެފައި، ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރުމާއެކު ދެގައުމު ގުޅިގެން ބައިނަލްއަގްވާމީ މަސްރަހުގައި ގިނަ މަސައްކަތްތަކެއް ކުރުމަށް މަގު ފަހިވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

2.12 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ލެސޯތޯއަކީ އެގައުމުގެ ވަށައިގެން ދެކުނު އެފްރިކާ އޮންނާތީ ބެދިފައިވާ ގައުމެކެވެ. 

މާޗު މަހުގެ 8 ވަނަ ދުވަހު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ލެސޯތޯގެ ފޮރިން މިނިސްޓަރާ ވަރޗުއަލްކޮށް ބައްދަލުކުރައްވާފައިވެއެވެ. މި ބައްދަލު ވުމުގައި ދެގައުމުގެ މެދުގައި ގޮތް ގުޅުމާއި މަލްޓިލޭޓަރަލް ދާއިރާގައި ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެ މިނިސްޓަރުން ވެސް ދެއްވިއެވެ.

ގުޅުމަށް އިހްތިރާމްކުރާ އަދި އޭގެ އަގުވަޒަންކުރާ ގައުމުތަކާއެކު ގުޅުން ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހުގެ ޚާރިޖީ ސިޔާސަތުގެ ތެރޭގައި އިސްކަމެއް ދެއްވާ އެއް ކަންތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
100%
0%
ކޮމެންޓް