ކ. މާލެ
|
29 މާރޗް 2021 | ހޯމަ 22:39
ރަށްވެހި ފަތިސް ކެމްޕެއިން ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތު
ރަށްވެހި ފަތިސް ކެމްޕެއިން ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތު
ރާއްޖެއެމްވީ
ކެމްޕެއިން ކުރުން
މިއުޅެނީ ކެމްޕެއިން ކުރަން ފުރުސަތު ނެތިގެންތަ، ނުވަތަ ނޭނގިގެންތަ؟
 
ކެމްޕެއިން ކުރަން މޮޅު ބަޔަކީ އެއިރެއްގެ ހާލަތަށް ފިޓްވެގެން ކެމްޕެއިން ހަރަކާތްތައް ކާމިޔާބުކަމާއެކު ހިންގާ މީހުން
 
އިންތިޚާބަށް ޕާޓީތަކުން ތައްޔާރުވަމުން އަންނައިރު ކެންޑިޑޭޓުންގެ ނަމަށްވުރެ ގިނައިން އިވެނީ ކެމްޕެއިން ކުރުމުގެ ފުރުސަތު ނެތް ވާހަކަ

ލޯކަލް ކައުސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޯމަތިވެފައި އޮތްއިރު ކެމްޕެއިން ޓީމުތައް މަގުމަތިން ފެންނަލެއް މަދެވެ. އާންމު ހާލަތުގައި އޮތްނަމަ މިއީ ކެމްޕެއިންގެ ފޯރި އެންމެ ގަދަވާނެ ދުވަސްކޮޅެވެ. ކަންމަތީގައި ޖަގަހަތައް ހެދުމާއި، އެއް ޖަގަހައަށްވުރެ އަނެއް ޖަގަހައިން ބާރަށް ލަވަ ޖެހުން އޮންނާނެއެވެ.

ދެރަކަމަކީ ޕެންޑަމިކްގެ މި ހާލަތުގައި މި ކަންކަން ނުފެންނާތީއެވެ. އިންތިޚާބު ކައިރިވަމުން އަންނަ ވަރަކަށް މަގުމަތީގައި ދަމާފައި ހުންނަ ދިދަ ފަތިތައްވެސް އެހާ ގިނައެވެ. އެއް ޕާޓީން އަނެއް ޕާޓީއަށްވުރެ ގިނައިން ދިދަފަތި ދެމުމަށް މަސައްކަތް ކުރެއެވެ. މިވެސް ވަރަށް ވާދަވެރިކަން އޮންނަ ކަމެކެވެ.

މިކަންކަމާ ޚިލާފަށް މި ފަހަރުގެ އިންތިޚާބަށް ޕާޓީތަކުން ތައްޔާރުވަމުން އަންނައިރު ކެންޑިޑޭޓުންގެ ނަމަށްވުރެ ގިނައިން އިވެނީ ކެމްޕެއިން ކުރުމުގެ ފުރުސަތު ނެތް ވާހަކައެވެ. ކޮންމެއަކަސް ކެމްޕެއިން ކުރުމަކީ ވަރަށް ޒާތެއްގެ އުކުޅެކޭވެސް ދެންނެވިދާނެއެވެ. އެއިރެއްގެ ހާލަތާ އެއްގޮތަށް ކެމްޕެއިން ކުރަން ދަސްކުރަން އެބަޖެހެއެވެ. ކެމްޕެއިން ކުރުމުގެ ފުރުސަތު ނެތޭ ބުނެ މަޖިލީހާއި އެހެނިހެން ތަންތަނުގައި އަޑުގަދަ ކުރުމުގެ ބަދަލުގައި ހާލަތާ އެއްގޮތަށް ކެމްޕެއިން ކުރަން ދަސްކުރަމާ ހިނގާށެވެ.

މިކަމުގައި ނަމޫނާއަކަށް ރަށްވެހި ފަތިސް ކެމްޕެއިން ބަލާލުން ކިހިނެއް ވާނެ ހެއްޔެވެ؟ މިއި މަގޭ ރާއްޖެއޭ ބުނެ މި ހާލަތުގައިވެސް މަގުމައްޗަށް ނުކުމެ ވައިރަސް ފެތުރިޔަސް ކެމްޕެއިން ކުރެވުނީއެއް ނޫނެވެ. ކެމްޕެއިން ކުރަން މޮޅު ބަޔަކީ އެއިރެއްގެ ހާލަތަށް ފިޓްވެގެން ކެމްޕެއިން ހަރަކާތްތައް ކާމިޔާބުކަމާއެކު ހިންގާ މީހުންނެވެ. މިކަން ރަށްވެހި ފަތިސް ޓީމުން ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށް އެބަގެންދެއެވެ.

ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ތިބި ކެންޑިޑޭޓުންނާއި އެޓީމުން ބައްދަލުކޮށް ކަންބޮޑުވުންތައް އަޑުއަހައެވެ. ކަންމަތީ ޖަލްސާތަކުގައި މައިކް ހިފައިގެން ވާހަކަދެއްކުމަށް މި ޓީމުންވެސް ބޭނުންވެއެވެ. އެހެންނަމަވެސް މިހާރު މުޅި ދުނިޔެ މިއޮތް ހާލަތުން އެ ފުރުސަތު ނެތްކަން ގަބޫލުކޮށް ވާރޗުއަލްކޮށް ކެމްޕެއިން ކުރަން ދަސްކޮށްފިއެވެ. އިދިކޮޅަށް މިކަންވެސް ދަސްނުވީއެވެ.

މިއީ މަގޭ ރާއްޖެއޭ ބުނެ މާލޭގެ މަގުތަކަށް އެއްވުމާއި ފުރަފުރައިގެން ރަށްރަށަށް ގޮސް ވައިރަސް ފެތުރުން އެއީ ކެމްޕެއިން ކުރުން ކަމުގައި ބަޔަކު މީހުން ގަބޫލް ކުރާތީ ހައިރާންވާން ޖެހެއެވެ. އަޑުގެ ނެތްކޮޅަށް ކެމްޕެއިން ކުރަން ހަމަހަމަ ފުރުސަތު ނެތޭ ބުނެ މައްސަލަ ޖައްސާއިރު، ކެމްޕެއިން ކުރުމަށް ހުރަސްއެޅީ ކާކު ހެއްޔެވެ. އެހެން މީހުންނަށް އޮތް ފުރުސަތެއް މި މީހުންނަށްވެސް އޮތީ ހުޅުވާލެވިފައެވެ. އެ ފުރުސަތުގެ ބޭނުން ކުރަން ނޭގެނީއެވެ. ދެން މިކަމުގައި މީހަކަށް ކުރެވޭނެ ކަމެއް އެބައޮތް ހެއްޔެވެ.

މިކަމާ ކުޑަކުއްޖަކު ލޮލީޕޮޕް ނުލިބިގެން މަންމަ ގާތު ޝަކުވާ ނުކުރާ ވަރަށް މިބައިމީހުން ޝަކުވާކުރާތީ ރަށްރަށަށް ދާންވެސް ފުރުސަތު ދީފިއެވެ. އެވަރުންވެސް ހިތެއް ނުފުރުނެވެ. ހަމަ މަގުމައްޗަށް ނުކުންނަނީއެވެ. މިހިސާބަށް ދިޔައިމާ ދެން ބުނަން އޮތީ މިހެންނެވެ. ކެމްޕެއިން ކުރަން ފުރުސަތު ނެތީއެއް ނޫނެވެ. ކެމްޕެއިން ކުރަން ހަމަ ނޭގެނީއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
29%
0%
0%
29%
0%
43%
ކޮމެންޓް