ކ. މާލެ
|
25 މާރޗް 2021 | ބުރާސްފަތި 19:08
އިދިކޮޅު ކޯލިޝަނުން ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން
އިދިކޮޅު ކޯލިޝަނުން ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން
ޕީޕީއެމް
ޗައިނާއިން ވެކްސިން ހަދިޔާ ކުރުން
ޗައިނާ ވެކްސިން އެޕްރޫވް ނުކުރާއިރުވެސް އިދިކޮޅު ހިމޭނުން؟
 
މިއަދު އިދިކޮޅު ފަރާތްތަކުގެ ޓެކްނިކަލް ޓީމް ކޮބައިތޯ؟
 
އިދިކޮޅުން އޭރު ދެއްކި އަނެއް ވާހަކައަކީ ރާއްޖެއާއި އެހެން ޤައުމުތަކުގެ ލެބްތަކުގައި ހަދާފައިވާ ޓެސްޓްތައް ބަލައިނުގަންނާނެ ވާހަކަ
 
އިންޑިއާއިން ވެކްސިން ހަދިޔާކުރުމުން ވެކްސިންގެ ކޮލިޓީއާމެދު އިދިކޮޅު ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައި

ކޮވިޑްގެ ނުރައްކާތެރި ވަބާ ދުނިޔެއަށް ފެތުރި، ވެކްސިން ނުލިބިދާނެކަމުގެ ބިރަށް މުޅި ދުނިޔެ އޮއްވާ ދިވެހިންގެ އަތުގައި އައިސް ހިފީ އިންޑިއާއެވެ. އިންޑިއާއަށް ވެކްސިނެއް އުފެއްދުނުހާ އަވަހަކަށް ރާއްޖެއަށް ފޮނުވާނެކަމަށް އެޤައުމުން ދިޔައީ ބުނަމުންނެވެ. ވެކްސިން އިންޑިއާގައި ރޯލް އައުޓްކުރުމާއެކު، އިންޑިއާގެ ބައެއް ސްޓޭޓްތަކަށްވުރެ ކުރިން ދިވެހިންނަށް އެޤައުމުން ވެކްސިން ފޮނުވިއެވެ. އަހަރަކަށްވުރެ ގިނަ ދުވަހު އިޤްތިޞާދީ ތަދުމަޑުކަމެއްގައި، ރަށުގައި ބަންދުވެފައި ތިބެން ޖެހުނު ދިވެހިންނަށް މިކަންވީ އުފަލުގެ ކޮޅެއް ނެތް ކަމަކަށެވެ. އެހެންނަމަވެސް، ދިވެހިން އުފަލުގައި، މިނިވަންކަމާއެކު އުޅޭތަން ބަލަން ބޭނުން ނުވާ ބަޔަކަށް މިކަން ހަޖަމެއް ނުވިއެވެ. ވެކްސިން ޖަހާ ވާހަކަ ދައްކަން ފަށާއިރަށް އިންޑިއާގެ ވެކްސިން ނުރައްކާތެރިއޭ ބުނެ ތަފާތު ވާހަކަތައް ފަތުރަން ފެށިއެވެ.

ދުނިޔޭގެ އެންމެ ނަން ހިނގާ، އަދި ސައިންޓިފިކް ތަހުލީލު ކުރުމަށް އެންމެ ކުރީގައި އުޅޭ އެއް ޔުނިވަރސިޓީ ކަމަށްވާ އޮކްސްފަރޑް ޔުނިވަރސިޓީގެ ސައިންސްވެރިންނާއި، ފާމަސޫޓިކަލް ދާއިރާގެ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި، އެސްޓްރާޒެނެކާއިން އުފެއްދި ވެކްސިނަށް ފާޑުކިޔަން ނިކުތީ ޕީޕީއެމްގެ "ސައިންސްވެރިން"ނެވެ. އެބޭފުޅުންގެ "މެޑިކަލް ޓީމަށް" އެ ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ނުވެގެން އުޅުނުއިރު ވިލާތުގެ ޤައުމުތަކާ އެހެން ޤައުމުތަކުގައިވެސް އެވެކްސިން ޓެސްޓްކޮށް، ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހު ވެކްސިން ދިޔައީ ޖަހަމުންނެވެ. އިނގިރޭސިވިލާތުގެ ޒެނެކާ ކުންފުންޏާއި ސްވިޑްންގެ އެސްޓްރާ ކުންފުނި އެއްކޮށްލައިގެން އުފެއްދި އެސްޓްރާޒެނެކާގެ ސައިންސްވެރިންނަށް ވުރެ، ކޮވިޑްގެ ޙާލަތުގައި މީހުން އެއްތަން ކުރަމުން، ރައްޔިތުންގެ ސިއްހަތު ނުރައްކަލަށް ވައްޓަމުން ދިޔަ ގްރޫޕްގެ އިލްމުވެރިކަން ބޮޑުވީމަ ދެން ދަންނަވާނީ ކީކޭތޯއެވެ؟

އިދިކޮޅުން އޭރު ދެއްކި އަނެއް ވާހަކަޔަކީ ރާއްޖެއާއި އެހެން ޤައުމުތަކުގެ ލެބްތަކުގައި ހަދާފައިވާ ޓެސްޓްތައް ބަލައިނުގަންނާނެ ކަމަށާއި، ޑަބްލިޔު.އެޗް.އޯއިން ހުއްދަ ދިނުމުން ނޫނީ ވެކްސިން ޖެހުމާ ދެކޮޅު ކަމަށެވެ. ޑަބްލިޔު.އެޗް.އޯގެ އިމަރަޖަންސީ ޔޫޒް ލިސްޓިންގައި އެ ވެކްސިން ނެތްކަމަށް ބުނެ ބޮޑެތި ބަޔާންތައް ނެރުނެވެ. ވެކްސިން ފުޅާ ދާއިރާއެއްގައި ޖަހަން ފެށިއިރު ވެކްސިނަށް އޮތީ ޑަބްލިޔު.އެޗް.އޯގެ ހުއްދަ ލިބިފައެވެ. ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެ ވެކްސިނަށް ހުއްދަ ދިނީ ވެކްސިންއާ ގުޅޭ ސައިންޓިފިކް ދިރާސާތަކުގެ ތަފްސީލް ހޯދުމަށްފަހު، އޭގެ ރައްކާތެރިކަން ކަށަވަރުކޮށްގެންނެވެ.

އަނެއްކާވެސް އާ ވެކްސިނެއް ރާއްޖެ މިވަނީ އައިސްފައެވެ. ޗައިނާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދިން 2 ލައްކަ ޑޯޒް ސިނޮފާމް ވެކްސިން ވަނީ ރާއްޖެއާ ހަވާލުކޮށްފައެވެ. އަދި ޗައިނާއިން ވެކްސިން ހަދިޔާކުރުމުގެ ކުރިން ލިބިފައި ހުރި ސިނޮފާމް ވެކްސިން ދިޔައީ ޖަހަމުންނެވެ. އެމް.އެފް.ޑީ.އޭ އިން ވެކްސިނަށް ހުއްދަދިން ނަމަވެސް އަދިވެސް ޑަބްލިޔު.އެޗް.އޯގެ އިމަރޖަންސީ ޔޫޒް ލިސްޓަކަށް އެ ވެކްސިނެއް ނާރައެވެ

އެހެންނަމަވެސް އިދިކޮޅު ފަރާތްތަކުން މިކަމާ ސުވާލު އުފައްދާ ތަނެއް ނުފެނެއެވެ. ރާއްޖޭގައި ވެކްސިން ޖެހުމުގެ ކުރިން އެވެކްސިންއަކަށް ޑަބްލިޔު.އެޗް.އޯ ގެ އެޕްރޫވަލް ލިބެން ޖެހޭކަމަށް ބުނަމުން ދިޔައީ އިދިކޮޅު ފަރާތްތަކުންނެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހުސެން ޝަމީމް (އަނދުން ހުސެން) ފާހަގަކުރެއްވީ އެކަންތަކެވެ. އެހެން ފަރާތްތަކުންވެސް ފާހަގަކުރަނީ އެކަމެވެ. މިއަދު އިދިކޮޅު ފަރާތްތަކުގެ ޓެކްނިކަލް ޓީމް ކޮބައިތޯ؟

އިދިކޮޅުގެ އަމަލުތައް ހުރި ގޮތުން މިއީ ހަމަ ސީދާ ސިޔާސީ ސަބަބުތަކަށްޓަކައި ކުޅޭ ގޭމެއްކަން އެބަ އެނގެއެވެ. ސަރުކާރަށް ތާއީދުކުރާ މީހުން ނަންވަނީ ޗައިނާއާ އިދިކޮޅު ބައެއްގެ ގޮތުގައެވެ. އެހެނެއްކަމަކު އިންޑިއާ ވެކްސިނާ ދެކޮޅަށް ޕީޕީއެމް/ޕީއެންސީ އެއްކޮށް ނިކުތް ޒާތަށް ޗައިނާ ވެކްސިނާ ދެކޮޅަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އެބަ ނިކުމޭތޯއެވެ؟ އިންޑިއާ ވެކްސިން އައިއިރު ޕީޕީއެމް/ޕީއެންސީން އެ ގޮވި ގޮވެލިފަތި މިއަދު އެމްޑީޕީއަށްވެސް ގޮވޭނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
20%
7%
7%
13%
0%
53%
ކޮމެންޓް
ގުޅުންހުރި
އެމްޑީޕީގެ ކެމްޕޭން ބެނާތަކާއި ގުޅޭގޮތުން ވެރިކަން ކުރާ ޕާޓީން ނުރުހުން ފާޅުކުރުމުން، އެންޓި ކެމްޕޭން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފި
ޕީއެންސީގެ ކެމްޕޭން: ވަޒީފާގެ ބިރު، ކަރަންޓު ކަނޑާލާނެކަމުގެ ބިރު، ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރު
ކެމްޕެއިނުގައި މިފަހަރު ގޮވާލީ ސަރުކާރު ޕާޓީ މީހުންނަށް އެކަނި ކަރަންޓުދޭން، ޕާޓީން މިފަހަރުވެސް ބުނީ އެއީ ފަރުދީ ވިސްނުމެއް ކަމަށް
ވަޒީފާގެ ބިރު ދައްކައިގެންވެސް ސަރުކާރަށް ތާއީދު އިތުރުކުރަންޖެހޭކަމަށް ބުނި މައްސަލަ ހުށަހަޅަން އީސީން އެދިއްޖެ
ޕީއެންސީން ބޭއްވި ތަފާތު ޕެނަލް ޑިސްކަޝަން!
މަގުމަތީ ގޭނުނީ އިޚުލާސްތެރިން، ވަޒީފާ ލިބެނީ ހިޖުރަވެރިންނަށް!
ފަހު 10ގައި ދީނަށްޓަކައި ކަމަށް ވިދާޅުވެ ކެމްޕެއިނުގައި ޕޯޑިއަމްތަކުގައި ހައްދަވަނީ ރޯ ބުހުތާން ބޮޑު ދޮގު
ދައުލަތުގެ ޚަރަދުގައި ރައީސް އޮފީހުން ބަންދުކުރާ ތަކެތި ޕީއެންސީ ކެމްޕޭނުގައި ބަހަމުންދާ މައްސަލައިގައި އޭސީސީ ހަނު