ކ. މާލެ
|
24 މާރޗް 2021 | ބުދަ 17:35
 މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު
މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު
ފޮރިން މިނިސްޓްރީ
ކޮކްސް ބާޒާރުގެ އަލިފާނުގެ ހާދިސާ
ކޮކްސް ބާޒާރުގެ އަލިފާނުގެ ހާދިސާއާއި ގުޅިގެން ރާއްޖެއިން ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި
 
މިހާދިސާގައި އެތައް ބައެއްގެ ގެދޮރާ ފުރާނަ ގެއްލި އަދި ގިނަ ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައި
 
ލިބުނު ގެއްލުންތަކުން ވީހާވެސް އަވަހަށް އަރައިގަނެވޭނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވި
 
ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި ހުންނަ ރޮހިންޔާ ރެފިއުޖީ ކޭމްޕްގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައި

ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި ހުންނަ ރޮހިންޔާ ރެފިއުޖީ ކޭމްޕްގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއާއި ގުޅިގެން، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުލް މޮމެންއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ބަލުޚާލީ ކޭމްޕްގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގެ ސަބަބުން އެތައް ބައެއްގެ ގެދޮރާ ފުރާނަ ގެއްލި އަދި ގިނަ ބަޔަކަށް ބޮޑެތި ގެއްލުންތަކެއްވި ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކީގައި ކަން މިނިސްޓަރުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. އަދި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި މި ހިތާމަވެރި ހާދިސާގެ ސަބަބުން ގެއްލުން ލިބުނު ރެފިއުޖީންނާއި ބަންގްލަދޭޝްގެ ސަރުކާރަށް ހަމްދަރުދީއާއި ތައުޒިޔާ ފޮނުއްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މި ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތަކުން ވީހާވެސް އަވަހަށް އަރައިގަތުމަށް މަސައްކަތްކުރާ ފަރާތްތަކުން އެކަންކަން ފުރިހަމައަށް ގެންދަވާނެކަމަށް އުއްމީދުކުރައްވާކަމަށާއި، ގެއްލުން ލިބުން ފަރާތްތައް މިކަމުން ވީހާވެސް އަވަހަށް އަރައިގަނެވޭނެކަމަށް އުއްމީދުކުރައްވާކަމުގައި މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
100%
0%
0%
0%
ކޮމެންޓް