ކ. މާލެ
|
4 މެއި 2017 | ބުރާސްފަތި 16:34
އައްބާސްވެސް ވަނީ ޓްރަމްޕްއާ އެކު މެދުއިރުމައްޗަށް ސުލްހަ ގެނެވިދާނެކަން ޔަގީން ކުރައްވާކަމަށް ވިދާޅުވެފަ
އައްބާސްވެސް ވަނީ ޓްރަމްޕްއާ އެކު މެދުއިރުމައްޗަށް ސުލްހަ ގެނެވިދާނެކަން ޔަގީން ކުރައްވާކަމަށް ވިދާޅުވެފަ
ފޮކްސް ނިއުސް
މެދުއިރުމަތީގެ މައްސަލަ
މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ރަނގަޅު ފުރުސަތެއް އެބައޮތް:ޓްރަމްޕް
 
ދެ ދައުލަތް އުފެއްދުމާމެދު ރައީސް ޓްރަމްޕް ހުންނަވަނީ ދެ ފިކުރެއްގަ
 
ފަލަސްތީނުން ބެނުންވަނީ 1967ގެ ސަރަހައްދީ އިމަށް ދައުލަތް ގާއިމް ކުރުމަށް

މެދުއިރުމައްޗަށް ސުލްހަ ގެނައުމަށް ވަރަށް ރަނގަޅު ފުުރުސަތެއް އެބައޮތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ އެކު ބޭއްވެވި ބައްދަލުވުމުގައި ވިދާޅުވެއްޖެއެވެ.

ދެ ބޭފުޅުން އެކުގައި ވައިޓް ހައުސްގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަޕްމްވަނީ"މިކަން އަހަރުމެން ކުރާނެ" ކަމަށް ވައުދުވެ ވަޑައިގެންފައެވެ.

ރައީސް އައްބާސް ވަނީ އެ ގައުމުން ސުލްހަ ބޭނުމީ ދުވަސްވީ ޕްލޭނާ އެއްގޮތަށް ދެ ދައުލަތް އުފައްދައި ފަލަސްތީނުގެ އިމަކީ 1967ގެ ސަރަހައްދީ އިން ކަމުގައި ބަލައިގެން ކަމަށް ވިދާޅުވެފައެވެ.

"ރައީސް، މަނިކުފާނާއެކު މިހާރު އަޅުގަނޑުމެންގެ އެބަ އޮތް އުއްމީދެއް" ރައީސް އައްބާސް ވިދާޅުވިއެވެ.

ދެ ދައުލަތް އުފެއްދުމާމެދު ރައީސް ޓްރަމްޕް ހުންނަވަނީ ދެ ފިކުރެއްގައެވެ.

ފެބްރުއަރީ މަހު ޓްރަމްޕް ވިދާޅުވެފައިވަނީ "ދެ ދައުލަތް އަދި އެއް ދައުލަތް ހެދުމަށްވެސް ބެލިން އަދި އަޅުގަނޑަށް ރަނގަޅީ ދެ ފަރާތުން ބޭނުންވާ ގޮތެއް," ކަމަށެވެ.

ބުދަ ދުވަހު ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ހަމަނުޖެހުން ތައް ނުހުއްޓުވާހާ ހިނދަކު ސުލްހަ ދެމި ނޯންނާނެކަމަށެވެ.

ޖަލުތަކުގައި ތިބި ފަލަސްތީނުގެ އާއިލާތަކަށް ފައިސާދިނުމާއި އިސްރާއިލާދެމެދު ހިނގާފައިވާ ހަމަނުޖެހުންތަކުގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ފައިސާ ދިނުން ހުއްޓާލުމުން ރައީސް އައްބާސް އަށްވަނީ ފިއްތުންތައް ކުރިމަތިވެފައެވެ.

އިސްރާއީލުގެ ސަރުކާރުން ބުނަނީ އެ ގޮތަށް ފައިސާ ދިނުމަކީ ޓެރެރިޒަމަށް ހިއްވަރު ދިނުން ކަމަށެވެ. ނަމަވެސް ފަލަސްތީނުގެ އޮފިޝަލުން ވިދާޅުވަނީ އެކަމކީ މިހާރުވެސް މަގުބޫލުކަން ކުޑަ އައްބާސްއަށް ސިޔާސީގޮތުން މަގާމު ދިފާއު ކުރެއްވުމަށް ގޮންޖެހުމަކަށްވާނެ ކަަމަށެވެ.

ރައީސް ޓްރަމްޕްގެ އިސްރާއީލާ ގާތް ސިޔާސަތުގެ ސަބަބުން ފަލަސްތީނުގެ އޮފިޝަލުން ކުރިންވަނީ ކަންބޮޑުވުންފާޅުކުރައްވާފައެވެ. ނަމަވެސް ޓްރަމްޕްގެ މަންދޫބަކުވަނީ މާޗް މަހު އަރަބި ލީގުންވެސް ތާއީދުކޮށްފައިވާ ޕްލޭނާމެދު އެ ގައުމުންވެސް ސީރިއަސްކަން ފަލަސްތީނަށް ކަށަަވަރުކޮށްދީފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް