އާދީއްތަ 20 ސެޕްޓެންބަރ 2020
14 އުތުރަ
1442 ސަފަރު 02
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
އިރުއޮއްސޭ 18:05
އިޝާ 19:16
ސީރިޔާ ހަނގުރާމަ

ސީރިޔާ ހަނގުރާމަ: "ސޭފް ޒޯންތަކެއް" ކަނޑައެޅުމަށް އެއްބަސްވުމަކާ ގާތަށް

  • ގޮތެއް ވަަރަށް އަވަަހަށް ނިމޭނެ ކަމަށް ބެލެވޭ

ކ. މާލެ | 4 މެއި 2017 | ބުރާސްފަތި 06:48 | 1,782

ނިމިދިޔަ އޭޕްރީލް ގައި ސީރިޔާއަށް ދެވުނު ކެމިކަލް ހަަމަލާ އާއި ގުޅިގެން ޒަޚަމްވި ކުއްޖަަކަށް ފަރުވާ ދެނީ: މިފަހުން ދެވުނު ހަަމަލާތަކަށް ބަލާއިރު އެންމެ ގިނަ ބައެއްގެ ލޯ އަމާޒު ވީ ނިމިދިޔަ އޭޕްރީލް ގައ - އަލްޖަޒީރާ

 

ރަޝިއާ، އެމެރިކާ، ތުރުކީ. އިރާން އަދި ސީރިޔާ ހިމެނޭ ގޮތުން، ސީރިޔާގައި "ސޭފް  ޒޯންތަކެއް"  ނުވަތަ ހަނގުރާމައިން ސަލާމަތްވެގެންވާ ރައްކާތެރި ސަރަހައްދުތަކެއް ކަނޑައެޅުމަށް، އެއްބަސްވުމަކާ ގާތަށް އާދެވިފައިވާ ކަމަށް ރަޝިއާގެ ރައީސް ވްލަޑީމިއާ ޕުޓިން ވިދާޅުވެއްޖެއެވެ.

ރައީސް ޕުޓިން ވިދާޅުވީ އެ "ސޭފް ޒޯންތަކަކީ" ނޯ-ފްލައި ޒޯން ނުވަަތަ މަތިންދާ ބޯޓު އުދުހުންވެސް މަނާ ސަރަހައްދުތަކަކަށް ވާނެ ކަމަށެވެ. ބީބީސީ އިން ރިޕޯޓު ކުރާ ގޮތުން، ރައީސް ޓްރަމްޕް ވަނީ ރައީސް ޕުޓިން ސީރިޔާގައި "ސޭފް ޒޯންތަކެއް" ހައްދަވަން ގެންގުޅުއްވާ ވިސްނުންފުޅަށް އަންގާރަ ދުވަހު ތާއިދުވެސް ކުރައްވާފައެވެ. 

ބީބީސީއިން އިތުރަށް ބުނެފައި ވަނީ "ސޭފް ޒޯންތަކެއް" ހެދުމާ ބެހޭ ގޮތުން ރަސްމީކޮށް ގޮތެެއް ނިމިގެން ދާނީ މިހާރު ކަޒަކްސްތާން ގައި ސީރިޔާގެ މައްސަލައާއި ބެހޭގޮތުން ކުރިއަށްދާ މަޝްވަރާތަކުގައެވެ. ސީރިޔާގެ ހަނގުރާމަވެރިން ވަނީ މަޝްވަރާތައް ބޯއިކޮޓްކޮށްފައެވެ.

ސީރިޔާ ހަނގުރާމައިގައި އެންމެ ފަހުން އިވިގެން ދިޔަ އެއް އަޑަކީ އިސްލާމިކް ސްޓޭޓް އިން ސީރިޔާާގެ އުތުރު - އިރުމަތީ ބޯޑަރާއި އިންވެގެން އޮންނަ އިރާގު ބޯޑަރު ކައިރީ  ސަރަހައްދަކަށް ދިން ހަމަލާއެއްގައި، އާންމުންނާއި އަދި ކުރުދީ ހަނގުރާމަވެރިން ހިމެނޭ ގޮތުން 30 އަށްވުރެ ގިނަ މީހުން  މަރުވި ޚަބަރެވެ.  އައިއެސްއިން ހަމަލާ ދިން ތަނަކީ ގެދޮރު ގެއްލިފައިވާ ސީރިޔާ އާއި އަދި އިރާގުގެ ރެފިއުޖީން ވަގުތީ ގޮތުން ތިބި  ކޭމްޕަކަށް ކަމަށްވާއިރު އައިއެސްގެ ހަނގުރާމަވެރިން ވަނީ ކޭމްޕްގެ ކައިރީގައި ހުރި ޗެކްޕޮއިންޓެއްގައި ތިބި ސީރިޔަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) ގެ ސިފައިންނާ ވެސް ހަމަލާ ބަދާލުކޮށްފައެވެ.

ހަމަލާއާ ބެހޭ ގޮތުން އައިއެސް އިން ބުނެފައި ވަނީ އެމިހުން ހަމަލާ ދިނީ މުރުތައްދުވެފައިވާ މީހުންނަށް އަމާޒުކޮށް ކަމަށެވެ.

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.