ކ. މާލެ
|
3 މެއި 2017 | ބުދަ 23:55
ރާއްޖެ ޓީވީ: ރާއްޖޭގެ ނަމްބަރ ވަން ޓީވީ ޗެނަލް
ރާއްޖެ ޓީވީ: ރާއްޖޭގެ ނަމްބަރ ވަން ޓީވީ ޗެނަލް
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން
 
މިހާރު ވަނީ މިލިއަނަކުން ރާއްޖެ ޓީވީ ޖޫރިމަނާކޮށްފައި
 
ރާއްޖެ ޓީވީން ހުށަހެޅި އެއްވެސް މައްސަލައެއްގައި މީހަކު ހައްޔަރެއް ނުކުރޭ
 
ރާއްޖެ ޓީވީ ރޯކޮށްލުމަށް އަދިވެސް އިންސާފެއް ނުލިބޭ.

ރާއްޖޭގައި އެންމެ ގިނަ މީހުން ބަލަނީ ރާއްޖެ ޓީވީއޭ ބުނުން އެއީ ކޮންމެހެން އަހަރެން ބުނާ ފޮނި ބަހެއް ނޫނެވެ. ސަޅި ބައިސާ ކަނޑާކަށް ބުނާ ޔޯލަ ވާހަކައެއް ވެސް ނޫނެވެ. ފޮނިވެލާފައި ފަޚުރުވެރިކަމާއެކު މިހެން މިބުނަނީ އޭގައި ބައިވަރު ސަބަބުތައް ހުރީތީއެވެ. ދިމާވާ ޓެކްނިކަލް މައްސަލައަކުން މިނިޓަކަށް ވިއަސް ރާއްޖެ ޓިވީގެ މަންޒަރު ނުފެނިއްޖެ ނަމަ އެއަންނަ ފޯނު ކޯލްތަކުންނެވެ. އެހެން ޓީވީތަކުން ދެއިރު ދެ ދަޅައަށް ދައްކައިގެންވެސް އެނގުން ނުވާ ޚަބަރު ރާއްޖެ ޓީވީން އެއްފަހަރު ދައްކާލީމާ މީހުންނަށް އެނގޭ މިންވަރެވެ. އެ ޚަބަރެއް ރައްދުވާ ބަޔަކަށްވާ ގޮތްތަކެވެ. ސަރުކާރުން ތެޅިގަންނަ ތެޅިގަތުމެވެ. ފާޅުގަައި ބަލާ މީހުންގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކުގައި ބިރުން ތިބެ ސިއްރުސިއްރުން ބަލާ ބެލުމެވެ. މިކަން މިންކުރާ މިންގަޑަކީ ކޭބަލް ޓީވީއެވެ. މީޑިއާނެޓްގެ ތަފާސް ހިސާބު ދައްކާގޮތުން ރާއްޖޭގެ އެންމެ ގިނަ ބަޔަކު ބަލަނީ ރާއްޖެ ޓީވީއޭ ބުނާތީ ގިރުވާން ކޮޅަށް ޖަހާ ނުލައި ވާން އޮންނާނެ ހެއްޔެވެ.

މިސަބަބާހުރެ ރައްޔިތުންގެ ތާއީދު ރާއްޖެ ޓީވީއަށް ދަނީ އޮހެމުންނެވެ. ހިތްވަރު ލިބެނީ އެމީހުންގެ އެ ލޯބިލޯބި ހިތްވަރުގެ ބަސްތަކުންނެވެ. ދިމާވާ މީހުން އެކޮށްލާ ސަަލާމެވެ. ވަކި އުމުރެއް ވަކި ޖިންސެއް ނެތި އެނަގާ ސެލްފީތަކުންނެވެ. އެކަމަކު އަޅައިގަނެ ނެއްޓިގެން ނޫޅޭ ބަޔަކުވެސް އެބައުޅެއެވެ. ތޮށަލި ތަކުރާ ޖެހުނު ވިގަނިހެންނެވެ. އައްޓަމަހެއްހެން ނެއްޓެން ނޭނގިގެންނެވެ.

ސަރުކާރެވެ. ސަރުކާރުގެ މުއްއަސަސާތަކެވެ. ސަރުކާރުން ސީދާ ބާރު ފޯރުވާ ސަރުކާރުގެ އިދާރާތަކެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހޭ ބުނެ މުޅި ދުނިޔޭގައި ފާހަގަ ކުރާ މިދުވަހު މިހެން ބުނަށް ދިވެއްސަކަށް ވީތީ މަވެސް ލަދުގަނެއެވެ. އެކަމަކު ފާތުމަޔަކަށް ހުސޭނެކޭ ނުކިޔޭހެން ޙަޤީގަތް ވާނީ ހަމަ ޙަޤީގަށެވެ.

ރާއްޖެ ޓީވީއަކީ ވަކި ބަޔަކަށް ބަލައިގެން ޚަބަރު ގެންނަ ބައެއް ނޫނެވެ. މައިގަނޑު ގޮތެއްގައި ލައިވް މަންޒަރުތަކާއި ލައިވް އަޑަށް ބިނާކޮށްފައި އޮންނަ ރާއްޖެ ޓީވީން ކަންތައްތަކެއް ސިއްރު ކުރާކަށް ބޭނުމެއް ނުވާނެއެވެ. ޙަޤީގަތް އޮޅުވާލާކަށް އަމުދަކުން މަސައްކަތެއް ނުކުރާނެއެވެ. ރައްޔިތުންގެ ޙައްޤު ކުރިއަށް ނެރެ އެވެރިންނަށް ބޭނުންވާ މައުލޫމާތު އެހެންބަޔަކު ފޮރުވާކަށް ރާއްޖެ ޓީވީއަކުން ޖާގައެއް ނުދޭނަމެވެ.

މިކަންކަމާހުރެ މިހާރު މިއޮތް ސަރުކާރަކަށް ރާއްޖެޓީވީ ކަމަކު ނުދެއެވެ. ސަރުކާރުގެ ހުރިހާ ހަރަކާތެއް ހަމަ އެގޮތަށް ގެނެސްދިނަސް އެއާއެއްކޮށް އެކަމެއްގައި ފޮރުވިފައިވާ ހަޤީގަތްތައް ރައްޔިތުންނަށް ގެނެސްދިނުމަކީ ސަރުކާރުން ގަޔާވާ ކަމެއް ނޫނެވެ. ރުހޭވެސް ކަމެއް ނޫނެވެ. އެކަމުގެ ނަތީޖާ ރާއްޖެޓީވީއަށް ވެސް ދަނީ ފެންނަމުންނެވެ. މިފަދަ ދުވަހެއްގައި ހަމަ ވަރަށް ކެރިގެން ހުރެ ބުނާނަމެވެ. ސަރުކާރުގެ ދުއްތުރާ ރާއްޖެ ޓީވީއަށް ހަމަ އިންތިހާއެވެ.

ރާއްޖެ ޓީވީ ރޯކޮށްލައިފިއެވެ. މުޅިތަން އަންދާ އަޅިއަށް ހަދާލައިފިއެވެ. އެބަޔަކު ފުރިހަމަ ގޮތެއްގައި ހޯދައި ފިޔަވަޅެއް ނާޅަ އެވެ. ފަހުން ހާމަވި ކަންކަމަށް ބަލާއިރު އެކަމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހެއެވެ. ފުލުހުންގެ ހިމާޔަތައް އެދިފައިވަނިކޮށްވެސް އަޅާނުލާ ދޫކޮށްލީތީއެވެ. އެހިމާޔަތް ނުދީއޮއްވާ ރޯކޮށްލީތީ އެކަންޏެއް ނޫނެވެ. ރޯކޮށްލިތާ 4 އަހަރު ވެގެންދާއިރު އެކަމުގައި ލިބުނު އިންސާފެއް ނެތީތީއެވެ.

ރާއްޖެ ޓީވީގެ ނޫސްވެރިއަކަށް ދިން މަރުގެ ހަމަލާ ފޮރުވޭކަށް ނެތެވެ. މާތް ﷲގެ ހެޔޮ ރަހްމަތްފުޅުން އެނޫސްވެރިޔާ މަރުން ސަލާމަތްވިއިރު އަދިއަދަށްވެސް އެކަންކުރި ބަޔަކު ތިޔަ މޮޅު ފުލުހުންނަކަށް ހޯދުނުކަމަކަށް ނުވިއެވެ.

މަރުގެ އެތިފަހަރަކުން ނޫސްވެރިއަކު ސަލާމަތްވިއިރު ކެނޑިނޭޅި ރާއްޖެ ޓީވީގެ ނޫސްވެރިންނަށް އެދަނީ މަރުގެ އިންޒާރު ދެމުންނެވެ. ހީވާގި ނޫސްވެރިޔާ އަޒްމޫނަށްދިން އިންޒާރު މިސާލެއްގެ ގޮތުގައި ނަގާނަމެވެ.ތިޔަ ބުނާ ފުލުހުންގެ މުއައްސަސާއަކަށް ހުށަހެޅީމެވެ. ބިރު ދެއްކި މީހަކު ނުހޯދުނެވެ. ބައެއް މައްސަލަތައް ވީ ތަނެއް ވެސް ނޭނގެ އެވެ.

ޝަރީޢަތްތަކުގައި ކަންހިނގާގޮތް ރައްޔިތުންނަށް ގެނެސްދިނުމަކީ ނޫސްވެރިންގެ ބޮޑު ޒިންމާއެކެވެ. އެކަން ކުރާތީ ހުނިޖަހާލާފައި ނަގައިގެން ރާއްޖެ ޓީވީ ކޯޓުގެ ހަތަރު ފާރުތެރެއަށް ނުވެއްދާކަމަށް ވަންޏާ އެއަށް އިންސާފޭ ކިޔޭކަށް ނެތެވެ. ހަތަރެސްފައިން ސޮރީއެވެ.

މުޒާހަރާތަކާއި އެއްވުން ކަވަރ ކުރަން ރާއްޖެ ޓީވީން ހަރަކާތްތެރިވާނީ ކާކުކަން އަންގައިދޭ ފާހާއެކުގައެވެ. އަތުގައި އޮންނަ ކެމެރާއާއި ލައިވް ކުރަން ގެންގުޅޭ އާލާތްތަކާ މައިކްގައި އޮންނަ ފްލެގުންވެސް އެއީ ރާއްޖެ ޓީވީކަން ނޭނގެންޏާ ލޮލަށް ގޮވާފައި އެކަނި ނިންމާލެވޭކަށް ނެތެވެ. ހުރިހާ ނޫސްވެރިންގެ ތެރެއިން ރާއްޖެޓީވީ ގެނެސް މުޒާހަރާގެ ބައިވެރިންހެން ހިފާ ހައްޔަރުކޮށް ދައުވާ ކުރަން އެނގޭނީ ލޮލަށް ފެންނާތީތާއެވެ. އެހެންކަމުން އެއީ ރާއްޖެ ޓީވީގެ ނޫސްވެރިންގެ މޫނުގައި ޖައްސާ ފުލުހުން ފޮނުވާލާ އަސޭ މިރުސް ސްޕްރޭ ފުލުހުންގެ ލޮލަށް އެޅިގެން ނުވަތަ ދެލޮލަށް މިރުސްފެން އެޅިގެންނޭ ބުނާކަށް ނެތީމެވެ.

އެހެން ނޫސްވެރިން ފޮނުވާލާ ރާއްޖެޓީވީގެ ނޫސްވެރިންނަށް ދައުވާކޮށް ހުކުމް ކުރަމުންދާނަމަ ތިޔަށް ދެން ސަރުކާރުގެ އޯގާތެރިކަމާ "ޕްރޮފެޝަނަލް ކަމާއެކު ޕްރޮޓެކްޓް އެންޑް ސާރވް" އޭ މަށަކަށް ބުނެވޭކަށް ނެތެވެ.

އަބުރުގެ ޤާނޫނެއް ހަދާފައި އެވަނީ ސީދާ ރާއްޖެ ޓީވީއަށް ހެޔޮވަރުކޮށްލައިގެންނެވެ. މިހެން ނުބުނެވެންވީ ސަބަބެއް ނިކަން ބުނެބަލާށެވެ. މިހާތަނަށް އެޅި ދެ ފިޔަވަޅުވެސް އެއެޅީ ރާއްޖެ ޓީވީއަށެވެ. ލައްކައިން ގުނަންފެށިއިރު މިހާރު މިލިއަނުންނެވެ. ސާބަހެވެ.

ކޮންމެއަކަސް ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް ވަރަކަށް ނެތް ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުނުހެން ރާއްޖެ ޓީވީއަށް އަޅާލުމެއް ހިމާޔަތެއް ނުދީ ވުޖޫދުން މިޓީވީ ނައްތާލަން އުޅޭ ސަރުކާރެއްގެ ގޮތުގައިވެސް ތިޔަވަނީ ލިސްޓް ކުރެވިފައެވެ. މިހެން ބުނީމާ މަގެންގޮސް އުލު ބޭންދިއަސް ބޮލުގައި އަޅިދެލިން ކުރަހާ ގަންހިންގިއަސް ފަރުވާލެއް ނެތެވެ. އަދި ބުރިން ހަންނަގާ ހަތަރެސްފައިގާ އަނދަގޮނޑިޖަހާފައި އުމުރަށް ހުރަގޭގައި ބޭއްވިއަސް އަދި އެއްވާހަކައެއް ބުނެލާނަމެވެ. އަހަރެމެން މިތިބީ ފަހަށް ޖެހޭގޮތައް ނޫންކަމެވެ. އެކަކު ނެތިއްޔާ އަނެކަކުވެސް ހުންނާނެކަމެވެ. މިތިބީ ރައްޔިތުންގެ ހައްޤުގައި ކަމެވެ. ކިތައްމެ ވަރަކަށް އޮއްގާ އުކިއަސް ކަހާތަން ހިރުވޭވެސް ނުލާ ތިބެ ޒާތީކަމެއް ވަކިފަރާތަކަށް ނުޖެހޭ މިނިވަން ނޫސްވެރިކަމެއް ކުރުމަށެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ ހަމަ ހުރިހާ ނޫސްވެރިންނާ ބެލުންތެރިންނަށެވެ. ޚާއްޞަކޮށް ސަރުކާރަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
4 މެއި 2017 | ބުރާސްފަތި 16:15
އަންނަ
ރާ ޓީ ވީ އުވާލަންވީ ރާއްޖޭގެ ޒުވާނުން ހަލާކު ކު ރާ ޓީ ވީ އެއް ތީ
4 މެއި 2017 | ބުރާސްފަތި 06:51
އައިމިނާ
ވަރަށްބަލާހިއްވާ ޕުރޮގްރާމެއް ފަށާއިރުޕޮރޮގްރާމްއަަކީ މެންދުރުފަހު ރިޕީޓްގެންނަނަމަ ހާދަރަނގަޅޭ ހިތަށްއަރާ މިހާރު ހެދުނުގެ ހިގުން ކެންސަލްކޮށްފަ މިބަލަނީ 4 ކިލޯ ބަރުވެއްޖެ މިހާރު އެކަމު ނުބަލާ އެއްކަމެއްވެސް ކުރާކަށްބޭނުމެއްނުވޭ.
4 މެއި 2017 | ބުރާސްފަތި 06:47
އައިމިނާ
އާމިރު ހެދުނު ގެންނަ ޕޮރޮގްރާމް ބަލަންވެގެން ކަސްރަތަށް ހިގަންނުގޮސް ކޮންމެ ދުވަހަކު މިއިންނަނީ މިހާރު 4ކިލޯބަރުވެއްޖެދެވޭވަރެއްނުވޭބަލާހިތުން މިކަމުގެ ހައްލެއް ނުފެނުނު ހިތައްއަރާ މެންދުރުފަހުން އޭގެޕ