ކ. މާލެ
|
3 މެއި 2017 | ބުދަ 15:17
ސީރިޔާ ހަނގުރާމައިގައި ބިމާ ހަމަވެފައިވާ އިމާރާތްތައް
ސީރިޔާ ހަނގުރާމައިގައި ބިމާ ހަމަވެފައިވާ އިމާރާތްތައް
ނިއުޔޯކް ޓައިމްސް
ސީރިޔާ ހަނގުރާމަ
އައިއެސް އިން ސީރިޔާގެ ކޭމްޕަކަށް ދިން ހަމަލާއެއްގައި 30 މީހުން މަރާލައިފި
 
ސީރިޔާގެ ދާހިލީ ހަނގުރާމަ ބަދަލުވެގެން ދަނީ ގޯހުން ގޯހަށް

އިސްލާމިކް ސްޓޭޓް އިން ސީރިޔާާގެ އުތުރު - އިރުމަތީ ބޯޑަރާއި އިންވެގެން އޮންނަ އިރާގު ބޯޑަރު ކައިރީ  ސަރަހައްދަކަށް ދިން ހަމަލާއެއްގައި އާންމުންނާއި އަދި ކުރުދީ ހަނގުރާމަވެރިން ހިމެނޭ ގޮތުން 30 އަށްވުރެ ގިނަ މީހުން މަރުވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އައިއެސްއިން ހަމަލާ ދިން ތަނަކީ ގެދޮރު ގެއްލިފައިވާ ސީރިޔާ އާއި އަދި އިރާގުގެ ރެފިއުޖީން ވަގުތީ ގޮތުން ތިބި  ކޭމްޕަކަށް ކަމަށްވާއިރު އައިއެސްގެ ހަނގުރާމަވެރިން ވަނީ ކޭމްޕްގެ ކައިރީގައި ހުރި ޗެކްޕޮއިންޓެއްގައި ތިބި ސީރިޔަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) ގެ ސިފައިންނާ ވެސް ހަމަލާ ބަދާލުކޮށްފައެވެ.

ހަމަލާއާ ބެހޭ ގޮތުން އައިއެސް އިން ބުނެފައި ވަނީ އެމިހުން ހަމަލާ ދިނީ މުރުތައްދުވެފައިވާ މީހުންނަށް އަމާޒުކޮށް ކަމަށެވެ.

ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްގެ ހަނގުރާމަވެރިން ދެކޮޅަށް އެމެރިކާ އާއި ގުޅިފައިވާ ފައުޖުތަކުން ހަމަލާތައް ވަރުގަދަކޮށްފައިވާއިރު ރިޕޯޓުތައް ބުނާ ގޮތުން އައިއެސްގެ ހަނގުރާމަވެރިން ކޭމްޕަށް ހަމަލާދީފައި ވަނީ ޖާނުންފިދާވެގެންނެވެ.

 

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް