ކ. މާލެ
|
3 މެއި 2017 | ބުދަ 14:52
ޖައިޕޫރުގައި އުފަންވި ކުއްޖާގެ ފޮޓޯއެއް - ޑޮކްޓަރުންވަނީ އިތުރު ބޯ ވަކި ކޮށްފައި
ޖައިޕޫރުގައި އުފަންވި ކުއްޖާގެ ފޮޓޯއެއް - ޑޮކްޓަރުންވަނީ އިތުރު ބޯ ވަކި ކޮށްފައި
އެސް.ޑަބްލިޔު.އެން.އެސް
ތިން ބޯ ހުރި ކުއްޖެއް
ބަނޑުން އިތުރު ބޮލެއް ފަޅާފައިވާ ކުއްޖަކު އުފަން ވެއްޖެ
 
ކުއްޖާގެ ހަށިގަނޑުގައި އުފަންވި އިރު ދެ ބޯ އަދި ތިން އަތް ހުރި

ބަނޑުން އިތުރު ބޮލެއް ފަޅާފައިވާ އަންހެން ކުއްޖަކު އިންޑިގާއި އުފަން ވެއްޖެއެވެ.

ހަތަރު ގަޑީއިރުގެ ދިގު އަދި އުނދަގޫ އޮޕަރޭޝަނަކަށް ފަހު، ޑޮކްޓަރުންގެ ޓީމަކުން، މިކުއްޖާ އުފަން ކޮށްފައިވަނީ ޖައިޕޫރުގެ ޖޭކޭ ލޯން ހޮސްޕިޓަލުގައެވެ.

ޑޮކްޓަރުން ބުނެފައިވަނީ، ކުއްޖާގެ ބަނޑުން ފަޅާފައި އިތުރު ބޮލަކީ، އެއް މާބަނޑު ދެބެން އުފެދުމުގެ ތެރޭގައި ދިމާވެފައިވާ ހާލަތެއް ކަމުގައެވެ. އިތުރު ބޮލެއްގެ އިތުރުން ތިން ވަނަ އަތެއްވެސް ކުއްޖާގެ ހަށިގަނޑުގަ ހުއްޓެވެ.

ކުއްޖާގެ ބަނޑުން ނުކުމެފައިވާ އިތުރު ބޮލުގައި ކަންފަތާއި، ލޯ އުފެދިފައެއް ނުވެއެވެ.

ކުއްޖާގެ މަންމަ އާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ މާ ބަނޑު ދުވަސްވަރު ސްކޭންތައް ހަދަމުން ދިޔަ ނަމަވެސް ބަނޑުގައި އޮތް ދަރިފުޅު އުފެދިފައިވާ ގޮތުގެ ތަފްސީލެއް އޭނާއަށް ދީފައެއް ނުވެއެވެ. އެހެން ކަމުގައި ދަރިފުޅު ބޮޑެތި އައިބު ތަކަކާއެކު އުފަންވުމުން ކުއްޖާގެ މަންމަ އާއި ބައްޕައަށް ބޮޑު އަސަރެއް ކުރި ކަމަށެވެ.

ހޮސްޕިޓަލުން ވަނީ އިތުރު އަގެއް ނެގުމެއްނެތި، އުފަންވި ކުއްޖާގެ ހަށިގަނޑުގައި ހުރި އިތުރު ބޮލާއި، އިތުރު އަތް ކާމިޔާބު އޮޕަރޭޝަނަކަށް ފަހު ވަކި ކޮށްފައެވެ.

ޚަބަރުތައް ބުނާ ގޮތުގައި އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ކުރި އޮޕަރޭޝަނަށް ފަހު ކުއްޖާގެ ހާލު އަންނަނީ ރަނގަޅު ވަމުންނެވެ. އަދި މައިމީހާގެ ހާލުވެސް ރަނގަޅު ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ޚަބަރު ދީފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
0%
0%
0%
0%
0%
ކޮމެންޓް