raajjemv logo
އިޔާޒް ސަރުކާރަށް ސަނާ ވިދާޅުވުން
ހިޔާލު ތަފާތުވުން ހުރި ނަމަވެސް މި ސަރުކާރަށްވުރެ ރަނގަޅު ސަރުކާރެއް ނުދެކެން – ޑރ. އިޔާޒް
 
އިޔާޒް ގެންދަވަނީ އެކި ޕްލެޓް ފޯމުތަކުގައި ސަރުކާރަށް ސަނާ ކިޔުއްވަމުން
އަތޫފް އާތިފް
39,854
ކ. މާލެ |
8 މާރޗް 2021 | ހޯމަ 18:20
ޑރ މުހައްމަދު އިޔާޒް، ދާދި ފަހުން އިޔާޒް ވަނީ ވަޒީފާއިން ސަސްޕެންޑް ކޮށްފައި
ފޭސްބުކް

ހިޔާލު ތަފާތުވުން ހުރި ނަމަވެސް މި ސަރުކާރަށްވުރެ ރަނގަޅު ސަރުކާރެއް ނުދެކޭކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ދިޔަރެސްގެ ނޫސްވެރިޔާ އަހްމަދު އަޒާން ކުރި ޓްވީޓެއް ރީޓުއީޓް ކުރައްވާ އިޔާޒް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ހިތް ތިރިކަން އަޒާންގެ ޓްވީޓުން ފެންނަ ކަމަށާއި، ހިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް މި ސަރުކާރަށްވުރެ ރަނގަޅު ސަރުކާރެއް އެމަނިކުފާނުގެ ހަޔާތުގައި ނުދެކޭ ކަމަށެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވިއިރު ދާދިފަހުން ގައުމީ ޔުނިވަރސިޓީން ވަނީ 15 ދުވަހަށް އިޔާޒްއަށް ފިޔަވަޅުއަޅާ ސަސްޕެންޑް ވެސް ކޮށްފައެވެ. އިޔާޒްއަކީ އާންމުކޮށް ސޯޝަލް މީޑިއާގައި ދީނީ ގޮތުން ހިޔާލު ތަފާތުވުން އުފެދޭ ގޮތަށް ވާހަކަދައްކަވާ ބޭފުޅެކެވެ. އެހެން ނަމަވެސް އިޔާޒް ގެންދަވަނީ އެކި ޕްލެޓްފޯމު ތަކުގައި ސަރުކާރަށް ސަނާ ކިޔުއްވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
48%
އަންތަރީސް ވެއްޖެ
25%
އުފާ ވެއްޖެ
1%
ދެރަ ވެއްޖެ
13%
ރުޅި ގަދަ ވެއްޖެ
7%
މޮޔަވެއްޖެ
6%
ލިޔުން ރަނގަޅު
ކޮމެންޓް