ކ. މާލެ
|
8 މާރޗް 2021 | ހޯމަ 19:23
މާލެ ސިޓީގެ މޭޔަރާއި ޑެޕިއުޓީ މޭޔަރ
މާލެ ސިޓީގެ މޭޔަރާއި ޑެޕިއުޓީ މޭޔަރ
ޝުއައިބް މުހައްމަދު އިގްބާލް
މާލެ ސިޓީ އާމްދަނީ
މާލެ ސިޓީއަށް 2020 ވަނަ އަހަރު ލިބުނު އާމްދަނީ ދެ ގުނަ ކުރިއަށް
 
މިދިޔަ އަހަރު ކައުންސިލުގެ ޚަރަދު ހުރީ 133.2 މިލިއަން ރުފިޔާގައި
 
ބިންތަކުން ކުލި ލިބޭ މިންވަރު އިތުރުވެފައިވާއިރު, މިއާއެކު ކައުންސިލްގެ އާމްދަނީގެ ގޮތުގައި 28.4 މިލިއަން ރުފިޔާ ވަނީ ލިބިފައި
 
ލޯކަލް ކައުންސިލް އިންތިޚާބު ނުބޭއްވި ލަސްވެ އައު ކައުންސިލެއް އިންތިޚާބުނުވުމުން ދަތިތައް ކުރިމަތިވި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުން މާލެ ސިޓީގެ އިޙްތިޞާސްގެ ތެރެއިން ނެގި ބިންތައް ހޯދާ، ކުރި މަސައްކަތުން މިދިޔަ އަހަރު ކައުންސިލްގެ ބަޖެޓް ދެގުނަ އިތުރުވެފައިވާކަމަށް މާލެ ސިޓީގެ އަހަރީ ރިޕޯޓުން ހާމަވެއްޖެއެވެ.

ސިޓީ ކައުންސިލުން މާލެ ރައްޔިތުންނާއެކީ ބޭއްވި ބައްދަލުކުރެއްވުމުގައި 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އިއްވަވަމުން މާލެ ސިޓީގެ މޭޔަރ ޝިފާ މުހައްމަދު ވަނީ ކުރީ ސަރުކާރުން ކައުންސިލް ނިކަމެތިކުރުމަށް ކުރި މަސައްކަތުން އަރައިގަތުމަށް 2020 ވަނަ އަހަރު ޕެންޑަމިކްގެ ތެރޭގައިވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުން މާލެ ސިޓީގެ އިޙްތިޞާސްގެ ތެރެއިން ނެގި ބިންތައް ހޯދުމަށް ކުރި މަސައްކަތްތަކުން ހުރިހާ ބިމެއް އަނބުރާ ހޯދުމުގައި މިހާތަނަށް ކާމިޔާބުވެފައި ނުވާކަމަށެވެ. އެގޮތުން ލާމަރުކަޒީ ނިޒާމުގެ ޤާނޫނުގެ ދަށުން އަލުން ހޯދި ބިންތަކުން ކުލި ލިބޭ މިންވަރު އިތުރުވެފައިވާއިރު, މިއާއެކު ކައުންސިލްގެ އާމްދަނީގެ ގޮތުގައި 28.4 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ކޮވިޑްގެ ސަބަބުން ޕާކްތަކާއި މައިޒާންތައް ބަންދުކުރުމުން އާމްދަނީ ދަށްވިކަމަށް މާލެ ސިޓީ މޭޔަރ ވިދާޅުވިއެވެ.

މިދިޔަ އަހަރު 166 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު، މީގެ ތެރެއިން 137 މިލިއަން ރުފިޔާއަކީ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދިން ފައިސާއެވެ. މިދިޔަ އަހަރު ކައުންސިލުގެ ޚަރަދު ހުރީ 133.2 މިލިއަން ރުފިޔާގައެވެ. މިދިޔައަހަރުގެ ތެރޭގައި ޕެންޑިން ޚަރަދުތަކަށް 4.6 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މީގެ އިތުރުން ކައުންސިލްގެ ޚިދުމަތްތައް ދިނުމަށް 51.8 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެގޮތުން މާލޭގެ ސްޓްރީޓް ސްކޭޕިން މަޝްރޫޢުއާއި މި މަޝްރޫޢުގެ ބޭރުން ކުރިއަށްގެންދިޔަ މަގު ހެދުމުގެ މަސައްކަތްތަކަށް 5 ލައްކަ ރުފިޔާ ޚަރަދުކޮށްފައިވާއިރު، ޕާކްތަކާއި މައިޒާންތަކަށް 7 ލައްކަ ރުފިޔާ މާރުކޭޓްތަކަށް 6 ލައްކަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މީގެ އިތުރުންވެސް ކޮވިޑްގެ އައިސީޕީ މަސައްކަތްކާއި، މިސްކިތްތައް މަރާމާތުކުރުމާއި، މިސްކިތްތަކުގެ ފެން ބިލާއި ކަރަންޓު ބިލަށްވެސް ވަނީ ޚަރަދުކޮށްފައެވެ.

މާލެ ސިޓީގެ މަސައްކަތްތައް ފަސޭހަކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން 10 ސަރަހައްދެއްގައި ދެމުންދާއިރު، މި ހުރިހާ ޚިދުމަތެއް އެއްތަނަކުން ދިނުމަށް ތައިސޭ ކޮށީގައި ފަސް ބުރީގެ އިމާރާތެއް އެޅުމަށް ވަނީ ނިންމާފައެވެ. 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓްގައިވަނީ ކޮވިޑްގެ ސަބަބުން ލޯކަލް ކައުންސިލް އިންތިޚާބު ނުބޭއްވި ލަސްވެ އައު ކައުންސިލެއް އިންތިޚާބުނުވުމުން ދަތިތައް ކުރިމަތިވިކަން ފާހަގަކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
100%
0%
0%
ކޮމެންޓް