ކ. މާލެ
|
8 މާރޗް 2021 | ހޯމަ 01:23
ވެރޯނާ އާއި މިލާން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މިލާން މޮޅުވީ 2-0 ން
ވެރޯނާ އާއި މިލާން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މިލާން މޮޅުވީ 2-0 ން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
ވެރޯނާ ބަލިކޮށް މިލާނުން ފަރަގު ކުޑަކޮށްފި
 
ވެރޯނާ އަތުން މިލާން މޮޅުވީ 2-0 ގެ ނަތީޖާއަކުން
 
ތާވަލުގެ ދެވަނައިގައި މިލާން އޮތީ 56 ޕޮއިންޓާއެކު

އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެރޭ ހެލަސް ވެރޯނާ ބަލިކޮށް، އޭސީ މިލާނުން ތާވަލުގެ އެއްވަނައިގައި އޮތް އިންޓަ މިލާނާ ތިން ޕޮއިންޓަށް ގާތަށް ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން މިލާން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ވެރޯނާއަށް މިލާނުގެ ގޯލާ އަމާޒުކޮށް އެއްވެސް ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. އޭގެ ބަދަލުގައި މިލާނުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 27 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލިޑު ނަގާފައެވެ. ހިލޭ ޖެހުމަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަޑޭ ކްރަނިޗެވެ.

އަދި އޭގެ ފަހުން ފުރަތަމަ ހާފުގައި ލީޑު ފުޅާކުރަން އޭރިއާ ތެރެއިން މިލާނުގެ ރަފައެލް ލެއާއޯއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ. އެކަމަކު މި މެޗުގެ ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި އެލެކްސިސް ސައެލެމައެކަސް ދިން ޕާހަކުން ޑިއޯގޯ ޑަލޮޓް ވަނީ ލަނޑެއް ޖަހައި، މިލާނަށް ލީޑު ފުޅާކޮށްދީފައެވެ.

މި މޮޅާއެކު ތާވަލުގެ ދެވަނައިގައި މިލާން އޮތީ ކުޅުނު 26 މެޗުން ލިބުނު 56 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް އިންޓައަށް 25 މެޗުން 59 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސްއަށް 25 މެޗުން ލިބިފައިވަނީ 52 ޕޮއިންޓެވެ. އަދި މިލާން އަތުން ބަލިވި ވެރޯނާ އޮތީ ތާވަލުގެ އަށްވަނައިގައި 26 މެޗުން 38 ޕޮއިންޓާއެކުއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް