ކ. މާލެ
|
8 މާރޗް 2021 | ހޯމަ 01:03
އެތުލެޓިކޯ އާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަަރުވީ 1-1 ން
އެތުލެޓިކޯ އާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަަރުވީ 1-1 ން
ގެޓީ އިމޭޖަސް
ސްޕެނިޝް ލީގު
އެތުލެޓިކޯ އަތުން ފަހު ވަގުތު ރެއާލް ސަލާމަތްވެއްޖެ
 
އެތުލެޓިކޯ އާއި ރެއާލް ބައްދަލުކުރި މެޗު އެއްވަަރުވީ 1-1 ން
 
ތާވަލުގެ ތިންވަނައިގައި ރެއާލް އޮތީ 54 ޕޮއިންޓާއެކު

ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ އެތުލެޓިކޯ މެޑްރިޑް އަތުން ފަހު ވަގުތު އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިނުވެ ސަލާމަތްވެއްޖެއެވެ.

އެތުލެޓިކޯގެ ދަނޑުގައި ކުޅުނު ޑާބީ މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ރެއާލުން މޮޅު ކުޅުމެއް ދެއްކި ނަމަވެސް، މެޗު ފަށައިގެން 15 ވަނަ މިނެޓުގައި އެތުލެޓިކޯއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ތަޖުރިބާކާރު ފޯވާޑް ލުއިސް ސުއަރޭޒެވެ. މިއީ މި ސީޒަނުގެ ލީގުގައި ސުއަރޭޒް ޖެހި 17 ވަނަ ލަނޑެވެ.

އެކަމަކު އޭގެ ފަހުން މި މެޗުގައި ރެއާލުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ހަމަލާތަކުގެ ހުރަހަކަށްވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެތުލެޓިކޯގެ ގޯލްކީޕަރު ޔެން އޮބްލަކެވެ. އެކަމަކު މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ރެއާލުން ވަނީ މެޗުގައި ނަތީޖާ އެއްވަރުކޮށްފައެވެ. އޭރިއާތެރިން ކަސެމީރޯ ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ކަރިމް ބެންޒެމާއެވެ.

މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އެތުލެޓިކޯ އޮތީ ކުޅުނު 25 މެޗުން ލިބުނު 59 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ބާސެލޯނާ އަށް 26 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި ރެއާލް އޮތީ 26 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް