ކ. މާލެ
|
8 މާރޗް 2021 | ހޯމަ 00:12
މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން
މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން
ޓްވިޓަރ
މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން
ރިލްވާން މަރާލި މައްސަލަ މިއަހަރުގެ ނިޔަލަށް ނިންމައި ރިޕޯޓު ނެރޭނެ: ރައީސް
 
ބޭރުގެ އެކްސްޕާޓުން ގެނައި މިދިޔަ ނޮވެމްބަރުގައި އެދުނީ އެއް އަހަރުގެ މުއްދަތަކަށް
 
ވަޅިއާއި އެހެން ތަކެތީގެ ތަހުލީލު ރާއްޖެއިން ބޭރުން ދަނީ ކުރަމުން

މަރާލާފައިވާ ނޫސްވެރިޔާ ރިލްވާންގެ މައްސަލަ މިހާރު ބަލަމުން އަންނަނީ ބޭރުގެ އެކްސްޕާޓުން ކަމަށާއި، މި އަހަރުގެ ނިޔަލަށް އެ މައްސަލަ ބަލާ ނިންމާ ރިޕޯޓު ނެރޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރަށްވެހި ފަތިސް ކެމްޕޭން ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރިލްވާންގެ މައްސަލަ ބެލުމަކީ ބޮޑު އަދި ބުރަ ކަމެއް ކަމަށެވެ. އެކަން މިހާރު ކުރަމުން އަންނަނީ ބޭރުގެ އެކްސްޕާޓުން ކަމަށާއި ބައެއް ޓެސްޓުތައް ހެދުމަށް ބޭރަށް ވެސް ފޮނުވަމުން އަންނަ ކަމަށެވެ. ރައީސް ވިދާޅުވީ އެ މަސައްކަތަށް ބޭރުގެ އެކްސްޕާޓުން ގެނައިއިރު އެ ޓީމުން އެދުނީ އެއް އަހަރުގެ މުއްދަތެއް ކަމަށާއި، އެހެންކަމުން މި އަހަރުގެ ނިޔަލަށް ރިޕޯޓު ނިންމޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ އެ މައްސަލަ މަރު ކޮމިޝަނުން ރަނގަޅަށް މޮނިޓަރ ކުރާ ކަމަށާއި، އެ މައްސަލައިގެ އަޕްޑޭޓްތައް ކޮމިޝަނުން ބަރާބަރަށް ރިލްވާންގެ އާއިލާއާ ހިއްސާކުރަމުން އަންނަކަމަށެވެ.

2014 ވަނަ އަހަރުގެ އޯގަސްޓު 8ވަނަ ދުވަހު ރިލްވާން ގެއްލުވާލާފައިވާއިރު، އޭނާ އުޅޭ ގޭ ދޮރުމަތިން ރަތްކުލައިގެ ކާރަކަށް އަރުވައިގެން އޭނަ ގެންދިޔަ ކަމަށާއި، ދެން އޭނާ ކަނޑުމައްޗަށް އަރުވައި މަރާލީ ކަމަށް އެ މައްސަލަ މަރުކޮމިޝަނުން ތަހުގީގުކޮށް ނެރުނު ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މަރާލުމުގެ ކުރިން ޝަހާދަތް ލައިދިން ކަމަށްވެސް ބުނެފައިވެއެވެ. އެއީ ހަރުކަށި ފިކުރުގެ ބައެއް ހިންގި އަމަލެއް ކަމަށް އެ ކޮމިޝަނުން ބުނި ނަމަވެސް އެކަން ކުރީ ސީދާ ކޮން ބައެއްކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

ރިލްވަން ގެއްލުވާލުމުގައި ބޭނުންކުރި ކަމަށް ތުހުމަތުކުރާ ވަޅި

އެ މައްސަލަ މިހާރު ބޭރުގެ އެކްސްޕާޓުން ބަލަމުން އަންނައިރު، މައްސަލަ ބަލަން އެމީހުން ރާއްޖެ އައީ މިދިޔަ ނޮވެމްބަރު މަހުގައެވެ. އެ ހާދިސާގައި އޭނާ އަރުވައިގެން ގެންދިޔަ ކަމަށް ބުނާ ކާރުގެ ތެރެއިން ފެނުނު އިސްތައްޓާއި އޭނާ ގެއްލުވާލުމުގައި ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުވާ ވަޅި އަދި އެ ނޫންވެސް ބައެއް ތަކެތި ރާއްޖެއިން ބޭރަށް ފޮނުވާ ތަހުލީލުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެ ކޮމިޝަނުން ބުނީ އެ ވަޅިއަކީ އޭނާ ގެއްލުވާލި ރޭ ކާރަށް އެރުވުމުގެ ތެރެއިން އެ ސަރަހައްދަށް ވެއްޓިފައި އޮތް ވަޅިއެއް ކަމަށެވެ.

ވަޅިއާބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، އެ މަޢުލޫމާތެއް ކޮމިޝަނާ ހިއްސާކޮށްދިނުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން ރިޔާސީ ކޮމިޝަނުން ބުނީ އެ ވަޅިއާ ގުޅޭ ގޮތުން ނުވަތަ ކޮމިޝަނުން ތަހުގީގު ކުރަމުންދާ ރިޟްވާންގެ މައްސަލައާ ގުޅޭ ގޮތުން ސާބިތުހިފޭވަރުގެ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް 500،000ރ (ފަސްލައްކަ ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މައްސަލައާ ގުޅޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަޤީންކަން ކޮމިޝަނުން ދީފައިވާއިރު، މަޢުލޫމާތު ދިނުމަށް ބޭނުންވާ ފަރާތްތަކުން، ކޮމިޝަނަށް ހާޟިރުވެ ނުވަތަ ކޮމިޝަންގެ ނަންބަރު 7390841 ފޯނަށް ގުޅައިގެން ވެސް މަޢުލޫމާތު ހިއްސާ ކުރެވޭނެ ކަމަށް ރިޔާސީ ކޮމިޝަނުން ދީފައިވެއެވެ. އަދި ހަމަ އެ ނަންބަރުން ވައިބަރ، ވަޓްސްއެޕް، ޓެލެގްރާމް އަދި ސިގްނަލް މެދުވެރިކޮށްވެސް މަޢުލޫމާތު ހިއްސާކުރެވޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ކޮމިޝަނުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
0%
0%
0%
ކޮމެންޓް
8 މާރޗް 2021 | ހޯމަ 09:25
އެހެންތޯ
ބައްލަވާ ރައީސް. އަނެއްކާވެސް ރިޕޯޓް ނެރެވިދާނެ. ސުވާލަކީ ގާތިލުންނަށް އަދަބު ދެވޭނީ ކޮން އިރަކުންތޯ.. ނުވަތަ އަދަބު ދެވޭނެބާއޭ؟