ކ. މާލެ
|
7 މާރޗް 2021 | އާދީއްތަ 22:31
މަގުމަތީގައި މީހުން ގިނަވެފައިވާ ދަނޑިވަޅެއް
މަގުމަތީގައި މީހުން ގިނަވެފައިވާ ދަނޑިވަޅެއް
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
ކޮވިޑް-19އަށް އިތުރު 131 މީހުން ޕޮޒިޓިވްވެއްޖެ
 
ރިސޯޓުތަކުން 29 މީހުން ޕޮޒިޓިވްވެފައިވޭ
 
މާލެ ސަރަހައްދުން 92 މީހުން ޕޮޒިޓިވްވެފައިވޭ

ކޮވިޑް-19އަށް އިތުރު 131 މީހުން ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން ހާމަކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ހޮނިހިރު ދުވަހުގެ ހަވީރު 06:00ން ފެށިގެން އާދީއްތަ ދުވަހުގެ ހަވީރު 06:00 އާއި ހަމައަށް ރާއްޖެއިން 3،691 މީހުން ކޮވިޑަށް ޓެސްޓު ކޮށްފައިވާއިރު، އޭގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވެފައިވަނީ 131 މީހުންނެވެ.

ބައްޔަށް ޕޮޒިޓިވްވި 131 މީހުންގެ ތެރެއިން 92 މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ. އަތޮޅު ތެރެއިން 10 މީހަކު ޕޮޒިޓިވްވެފައިވާއިރު ރިސޯތުތަކުން 29 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

އިތުރު 131 މީހުން ކޮވިޑަށް ޕޮޒިޓިވްވުމާއިއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 20،794ށް އަރައިފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،599 ކެވެ. އޭގެތެރެއިން 166 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނައިރު ރާއްޖެއިން މިބަލީގައި 64 މީހުން ނިޔާވެފައިވެއެވެ. 18،124 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

ރާއްޖެއިން ފެންނަ ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާއިރު، ބަލިން ސަލާމަތްވުމަށް އަޅަމުން އަންނަ ފިޔަވަޅުތައްވެސް އަންނަނީ ވަރުގަދަ ކުރަމުންނެވެ. އެގޮތުން ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއް ސަރަހައްދަކަށް އެއްވުން މަނާކޮށްފައިވާއިރު ހާއްސަ ހުއްދައިގައި އަތޮޅުތެރެއަށް ދިއުމަށްވެސް ނެގެޓިވް ޕީސީއާރް ޓެސްޓު ހުށަހަޅަން ޖެހޭ ގޮތަށް ވަނީ ނިންމާފައެވެ.

މީގެ އިތުރަށް އިރުއޮއްސި ހަޔަކުން ފެށިގެން އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާކޮށްފައިވާއިރު، ރޭގަނޑު 11ން ފެށިގެން ބޭރުގައި މީހުން އުޅުން ވަނީ މަނާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
0%
0%
0%
ކޮމެންޓް