ކ. މާލެ
|
7 މާރޗް 2021 | އާދީއްތަ 23:20
ހުޅުމާލެ ތަރައްގީކޮށް ހިންގުން އެޗްޑީސީން ނަގައި ކައުންސިލްއާ ހަވާލުކުރުން - ރައީސް ސޯލިހް
ހުޅުމާލެ ތަރައްގީކޮށް ހިންގުން އެޗްޑީސީން ނަގައި ކައުންސިލްއާ ހަވާލުކުރުން - ރައީސް ސޯލިހް
ރާއްޖެއެމްވީ
ހުޅުމާލެ ހިންގުން ކައުންސިލަށް
ހުޅުމާލެ ތަރައްގީކޮށް ހިންގުން އެޗްޑީސީން ނަގައި ކައުންސިލްއާ ހަވާލުކުރާނެ: ރައީސް ސޯލިހު
 
ހުޅުމާލެ ހޮސްޕިޓަލް އިތުރަށް ތަރައްގީ ކުރާނަން
 
އިމްޕޯޓު ކުރާ ވެހިކަލްތަކަށް މަޑުޖެހުމެއް ގެންނާނަން
 
މާލެ ސަރަހައްދުގައި ޕާކިން ޒޯންތަކަށް ޚާއްސަކޮށް އުސްކޮށް އިމާރާތްތަކެއް ހަދާނެ

ހުޅުމާލެ ތަރައްގީކޮށް ހިންގުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނަގައި ކައުންސިލްއާ ހަވާލުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސިލްސިލާކޮށް ކުރިއަށް ގެންދާ ރަށްވެހި ފަތިސް ކެންޕެއިންގައި ހޯމަ ދުވަހުގެ ރޭ ވަނީ ކ.އަތޮޅުން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ބައްދަލުކުރައްވާ މާލެސިޓީގެ އިތުރުން ކ.އަތޮޅުގެ ރަށްތަކަށް ބޭނުންވާ ތަރައްގީއާ، ހުރި ކަންބޮޑުންތައް އޮޅުއްފިލުއްވާފައެވެ.

ރައީސް ސޯލިހު ވިދާޅުވީ ހުޅުމާލޭގެ ހިންގުން އެޗްޑީސީގެ ބެލުމުގެ ދަށުން ނަގައި އެކަން ކައުންސިލްއާ ހަވާލުކުރާނެ ކަމަށާއި، އެކަމުގައި ގާނޫނީ ހުރަހެއް ވާނަމަ ގާނޫނީ ބަދަލުވެސް ގެންނާނެ ކަމަށެވެ. އަދި މުނިސިޕަލް ޚިދުމަތް ދިނުމާއި އިދާރީ ހިންގުން ސިޓީ ކައުންސިލަށް ލިބިގެންދާނެކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

ހުޅުމާލެއަށް ދިމާވެފައިވާ މައްސަލަތައް ސަމާލުކަމަށް އައިސްފައިވާކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ހުޅުމާލޭގެ މަގުމަތީގައި ޕާކުކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ވަރަށް ބޮޑު ކަމަށާއި، މިމައްސަލަ ހައްލު ކުރުމުގެ ގޮތުން ޕޮލިހުންނާއި، ކައުންސިލްއާ ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަށީގެންވާ ހައްލެއް ނުލިބޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ހުޅުމާލެއަށް މިމައްސަލަ ދިމާވަނީ ގްރޭޓަރ މާލޭގައި ވެހިކަލްތައް ގިނަކަމުން ކަމަށާއި، ފުރަތަމަ އެމައްސަލައަށް ހައްލު ގެންނަން ޖެހޭ ކަމަށެވެ.

އެގޮތުން މާލެ ސަރަހައްދުގައިވެސް ޕާކިން ޒޯންތަކަށް ޚާއްސަކޮށް އުސްކޮށް އިމާރާތްތަކެއް ހަދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެއާއެކު އިމްޕޯޓު ކުރާ ވެހިކަލްތަކަށްވެސް މަޑުޖެހުމެއް އައިސްގެން ނޫނީ މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެގޮތުން ވެހިކަލް އިމްޕޯޓުކުރުން މަދުކުރުމަށްވެސް މަސައްކަތްތަކެއް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ ޓްރާސްޕޯޓު އޮތޯރިޓީގައި މައްސަލަތެއް އެބަހުރި ކަމަށާއި، އެއޮތޯރިޓީގެ މަސައްކަތްތައް ކުރިއަށްދާލެއް ލަސްކަމަށެވެ. ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ކުރަމުންދާ މަސައްކަތުގައި ގާނޫނީ ފުށުއެރުންތަކެއް ހުރުމާއެކު މިހާރު މަޖިލީހުން އެމަސައްކަތްތައް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ މިމަސައްކަތްތަކުގައި ސިޓީ ކައުންސިލްގެ ދައުރު ވަރަށް މުހިންމު ކަމަށެވެ.

ޓްރާސްޕޯޓު މިނިސްޓްރީގައި އެބައުޅޭ މައްސަލަތަކެއް. އޭގައި އެބައުޅޭ ބާރުތައް ފުށު އެރުމުގައި މައްސަލަތަކެއް. އޭގެ އިތުރުން އަޅުގަނޑަށް ފެންނަނީ އެތަނުގައި މަސައްކަތްތައް ހިންގުން ލަސްކަމަށް. ޓްރާސްޕޯޓު އޮތޯރިޓީއާއި ޓްރާސްޕޯޓު މިނިސްޓްރީއާ ދޭތެރޭގައި ގާނޫނީ ފުށުއެރުންތަކެއް ހުރުމާއެކު އެބަ މައްސަލަތަކެއް ނުކުމޭ. މިހާރު އަޅުގަނޑުމެން ވާނީ ރައްޔިތުން މަޖިލީހަށް ޓްރާސްޕޯޓު އޮތޯރިޓީ އުވާލުމަށް އެގާނޫނު އުވާލުމަށް ހުށަހަޅާފަ. އެއާއެކު މިނިސްޓްރީގެ އޮނިގަނޑަށް ގެނެވޭ ބަދަލުތަކާއެކު މިއަށް ހަލުހިކަމެއް އަންނާނެ ކަމަށް ގަބޫލުކުރަނީ.އޭގެ އިތުރުން އަޅުގަނޑަށް ފެނޭ ސިޓީ ކައުންސިލަށް ކުރެވިދާނެ މަސައްކަތްތަކެއް ހުންނާނެ. ހުރިހާ ސިޓީތަކެއްގެ ވެހިކަލްތައް ބެލެހެއްޓުމާއި، ރަޖިސްޓްރީ ބެލެހެއްޓުމާއި، މިހުރި ކަންތައްތަކަކީ ލާމަރުކަޒުކޮށްގެން އެބާރުތައް ދޫކޮށްލެވިއްޖެއްޔާ ފަސޭހަތަކެއް މިނިސްޓްރީއަށް މައި ސަރުކާރަށް ފަސޭހަތަކެއް ލުއިތަކެއް އަންނާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެހެންވީމަ އެދިމާލަށް އަޅުގަނޑު މިސްރާބު ޖަހާނަން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ހުޅުމާލެ ހޮސްޕިޓަލަށް އަލިއަޅުއްވާލައްވާ ރައީސް ސޯލިހު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ހުޅުމާލޭގެ ހޮސްޕިޓަލުން ދެވޭ ޚިދުމަތްތައް އިތުރަށް ފުޅާވެ ޚިދުމަތުގެ ފެންވަރު ވަރަށް ބޮޑުތަން ރަނގަޅުވާނެ ކަމަށެވެ. އަދި ހޮސްޕިޓަލުގެ ސްޓްރަކްޗަރ އަދި މުސާރައަށްވެސް ބަދަލު ގެންނާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
67%
0%
33%
0%
0%
ކޮމެންޓް