ކ. މާލެ
|
7 މާރޗް 2021 | އާދީއްތަ 20:01
ރަނޮތާލިއާ މެރެތަނުގައި ދުވި ދިވެހި ދުވުންތެރިން
ރަނޮތާލިއާ މެރެތަނުގައި ދުވި ދިވެހި ދުވުންތެރިން
ސޯޝަލް މީޑިއާ
މޯޑް ރަން މެޑަލް ހޯދުން
ތުރުކީ މެރެތަނުން މޯޑަށް ރަން މެޑަލް
 
މި މެރެތަނުން މޯޑް ރަން މެޑަލް ހޯދީ ދެ ގަޑި 37.09 މިނެޓުން ދުވެގެން
 
މިއީ ބައިނަލްއަގުވާމީ މައިދާނުގައި އޭނާ ރަން މެޑަލް ހޯދި ދެވަނަ ފަހަރު

ތުރުކީގެ އަންތާލިޔާގައި އާދީއްތަ ދުވަހު ކުރިއަށްދިޔަ ރަނޮތާލިއާ މެރެތަނުން ރާއްޖޭގެ މުޙައްމަދު ރަޝީދު (މޯޑް) ރަން މެޑަލް ހޯދައިފިއެވެ.

މުޅި ދުނިޔެއިން 50 ޖާގައަށް ހުޅުވާލި މި މެރެތަނުން މޯޑް ރަން މެޑަލް ހޯދީ ދެ ގަޑި 37.09 މިނެޓުން ދުވެގެންނެވެ. މި މެރެތަން މޯޑް ރަން މެޑަލް ހޯދިއިރު، މިއީ ބައިނަލްއަގުވާމީ މައިދާނުގައި އޭނާ ރަން މެޑަލް ހޯދި ދެވަނަ ފަހަރެވެ. އެގޮތުން މީގެ ކުރިން 2019 ވަނަ އަހަރު އުމުރުން 28 އަހަރުގެ މޯޑް ވަނީ ތައިލެންޑުގެ ޕުކެޓް އިންޓަނޭޝަނަލް މެރެތަނުގެ ފަސް ކިލޯމީޓަރު ދުވުމުންވެސް ރަން މެޑަލް ހޯދާފައެވެ.

ބައިނަލްއަގުވާމީ މައިދާނުގައި މޯޑް ބޮޑު ކާމިޔާބީއެއް ހޯދިއިރު، ފާއިތުވި އަހަރުތަކުގައި އެކި މެރެތަންތަކުގައި ދުވެ، އޭނާ އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން މިދިޔަ އަހަރު ސިންގަޕޫރުގައި ބޭއްވި 10 ކިލޯމީޓަރުގެ ރޭހުން މޯޑް ތިންވަނަ ހޯދިއިރު، 2019 ވަނަ އަހަރު ނިއު ދިއްލީގައި އޮތް މެރެތަނުގެ އުމުރުފުރާ ބައިންވެސް އޭނާ ވަނީ ތިންވަނަ ހޯދާފައެވެ.

ތުރުކީ މެރެތަނުން މޯޑް ރަން މެޑަލް ހޯދިއިރު، މި ރޭހުގައި މޯޑުގެ އިތުރުން ރާއްޖޭގެ ދެ ދުވުންތެރިން ވަނީ ވާދަކޮށްފައެވެ. އެއީ ތަޖުރިބާކާރު ދުވުންތެރިޔާ ނަސްރުﷲ އަޙްމަދާއި ބައިނަލްއަގުވާމީ މުބާރާތެއްގައި މުޅިން އަލަށް ދުވި މުހައްމަދު މުސްތަފާއެވެ. މި މެރެތަނުގައި ނަސްރު ދުވިއިރު، މިއީ އޭނާގެ 68 ވަނަ މެރެތަނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
13%
88%
0%
0%
0%
0%
ކޮމެންޓް