ކ. މާލެ
|
7 މާރޗް 2021 | އާދީއްތަ 14:54
ސެމީ ފައިނަލުގައި ހޯބަހަކުންނާއި އައުޓްލޯޒް ކުއީންސް ބައްދަލުކުރި މެޗުގެ ތެރެއިން
ސެމީ ފައިނަލުގައި ހޯބަހަކުންނާއި އައުޓްލޯޒް ކުއީންސް ބައްދަލުކުރި މެޗުގެ ތެރެއިން
ގާފު އޮންލައިން
އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯޅަ މުބާރާތް
އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯޅަ މުބާރާތް: ހޭޔަންބޯ އާއި ހޯބަހަކުން ފައިނަލަށް
 
ފައިނަލަށް ހޭޔަންބޯ ދަތުރުކުރީ އެވިޑް އެސްސީ ބަލިކޮށްގެން
 
ފައިނަލަށް ހޯބަހަކުން ދަތުރުކުރީ އައުޓްލޯޒް ކުއީންސް ބަލިކޮށްގެން
 
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ ހޯމަ ދުވަހުގެރޭ

ރާއްޖޭގައި ބޭއްވޭ އެންމެ އަގުބޮޑު އަންހެނުންގެ ހޭންޑްބޯޅަ މުބާރާތް ކަމަށްވާ "އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯޅަ މުބާރާތް 2021" ގެ ފައިނަލަށް ހޭޔަންބޯ އާއި ހޯބަހަކުން ދަތުރުކޮށްފިއެވެ.

ތިނަދޫ އާރު އަވަށު ދަނޑުގައި ކުރިއަށްދާ މި މުބާރާތަކީ ހަވަރު ސްޕޯޓްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. 10 ޓީމު ވާދަކުރާ މި މުބާރާތުގެ ފައިނަލަށް ހޭޔަންބޯ ދަތުރުކުރީ ސެމީ ފައިނަލް ދެވަނަ މެޗުގައި ފަސޭހަކަމާއެކު އެވިޑް އެސްސީ ބަލިކޮށްގެންނެވެ. ހޮނިހިރު ދުވަހުގެރޭ ކުޅުނު މި މެޗު ހޭޔަންބޯއިން ކާމިޔާބުކުރީ 34-10 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ހޭޔަންބޯގެ ކުމާރީ އާރްތީއެވެ.

މީގެ އިތުރުން މުބާރާތުގެ ފައިނަލަށް ހޯބަހަކުން ދަތުރުކުރީ ސެމީ ފައިނަލް ފުރަތަމަ މެޗުގައި އައުޓްލޯޒް ކުއީންސް ބަލިކޮށްގެންނެވެ. މި މެޗު ހޯބަހަކުން ކާމިޔާބުކުރީ ދެ ހާފު އެއްވަރުވެގެން ނިމި، ކުޅުނު އިތުރު ވަގުތުގެ ދެ ހާފުން 14-8 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ހޯބަހަކުންގެ ޒުލޭހާ އިބްރާހީމެވެ.

މި ނަތީޖާތަކާއެކު މުބާރާތުގެ ފައިނަލަށް ހޭޔަންބޯ އާއި ހޯބަހަކުން ދަތުރުކުރިއިރު، ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ ހޯމަ ދުވަހުގެރޭ 09:00 ގައެވެ. ހަވަރު ސްޕޯޓްސްއިން މައުލޫމާތުދޭ ގޮތުގައި މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
50%
0%
33%
0%
17%
ކޮމެންޓް