ކ. މާލެ
|
7 މާރޗް 2021 | އާދީއްތަ 14:35
ޑރ. އައިމިނަތު ނަޒީރު ވަނީ އައިޖީއެމްއެޗްގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރައްވާފައި
ޑރ. އައިމިނަތު ނަޒީރު ވަނީ އައިޖީއެމްއެޗްގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރައްވާފައި
ސޯޝަލް މީޑިއާ
ހުޅުމާލެއިން ކްލިނިކްހެދުމަށް ބިޑްކުރުމުގެ މައްސަލ
"ސިޔާސީ ނުފޫޒުން އެއްކިބާވެ ތަޖުރިބާ އާއި ތަޢުލީމުގެ މައްޗަށް ބިނާކޮށް މަސައްކަތްތައް އެވޯޑްކުރަންޖެހޭ"
 
ކުންފުނި 27 ޖޫން 2016ގައި އުފައްދާފައިވާކަމުގެ ލިޔެކިޔުން ވަނީ ހިއްސާކޮށްފައި
 
ޑރ. އައިމިނަތު ނަޒީރާއި މިނިސްޓަރ ފައްޔާޒާއި އެއްވެސް ގުޅުމެއް ނުވާކަމަށް ވިދާޅުވި
 
ބިޑް ސެކިއުރިޓީ ހުށަހެޅިކަމުގެ ލިޔެ ކިޔުންތައް ރާއްޖެއެމްވީއާއި ވަނީ ހިއްސާކޮށްފައި

ސިޔާސީ ނުފޫޒުން އެއްކިބާވެ ތަޖުރިބާ އާއި ތަޢުލީމުގެ މައްޗަށް ބިނާކޮށް މަސައްކަތްތައް އެވޯޑްކުރަންޖެހޭކަމަށް ޑީވައިއެމް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ ޑރ. އައިމިނަތު ނަޒީރު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ކްލިނިކެއް ތަރައްޤީކުރަން އެކަމަނާ އާއި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ދެ ބޭފުޅުންގެ ހަމަ ހަމަ ހިއްސާ އޮންނަ ޑީވައިއެމް ޕްރައިވެޓް ލިމިޓެޑްއަށް ބިޑް ކާމިޔާބުކޮށް ކްލިނިކެއް ހިންގަން ހުއްދަ ދީފައިވާކަމަށް ދެކެވޭ ވާހަކައަކީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ނަޝީދު ޤަައުމީ މަޖިލީހަށް ލާފައިވާ ލިޔެކިޔުންތަކުގައި ހަޤީޤަތާ ޚިލާފު ވާހަކަތައް ހުރިކަން ރާއްޖެ އެމްވީއަށް ވަނީ ކަށަވަރުވެފައެވެ. އެގޮތުން ޑީވައިއެމް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ކްލިނިކް ސެންޓަރ ބިލްޑިންގއެއް ޤާއިމުކުރުމަށް ބިޑްކުރުމަށް ހުށަހެޅި ހުރިހާ ލިޔެކިޔުމެއް ވަނީ ނޫސްވެރިންނާ ހިއްސާކޮށްފައެވެ. އެގޮތުން މި ލިޔުމުގައި ޑީވައިއެމް ޕްރައިވެޓް ލިމިޓެޑުން ބިޑް ސެކިއުރިޓީ ދައްކާފައި ނުވާކަމަށް ބުނެފައިވާއިރު، އެ ކުންފުނިން ބިޑް ސެކިއުރިޓީ ހުށަހެޅިކަމުގެ ލިޔެ ކިޔުންތައް ރާއްޖެއެމްވީއާއި ވަނީ ހިއްސާކޮށްފައެވެ. އަދި މި ކުންފުންޏަކީ މިކަމަށް ކުއްލިއަކަށް އުފެއްދި ކުންފުންޏެއްކަމަށް ބުނެފައިވާއިރު، މި ކުންފުނި 27 ޖޫން 2016ގައި އުފައްދާފައިވާކަމުގެ ލިޔެކިޔުން ވަނީ ހިއްސާކޮށްފައެވެ. އަދި ބީޕީޓީއާއި ޓެކްސް ނުދައްކާކަމަށް ބުނެފައިވާއިރު، މި ހުރިހާ ލިޔެކިޔުމެއްގެ ކޮޕީ، ބިޑާއެކު ހުށަހަޅާފައިވާކަން ވަނީ ހާމަވެފައެވެ.

މި ބިޑްގައި މާކްސްދޭ ގޮތަށް ބަލާއިރު 50 އިންސައްތަ މާކްސް ކުއްޔަށް ދޭއިރު، ތަޖުރިބާއަށް 15 އިންސައްތަ އަދި އިމާރާތުގެ ޑިޒައިންނާއި އެހެނިހެން ކަންކަމަށް ބާކީ ބައި ވަނީ ބަހާލާފައެވެ. މި ކަމަށް ބިޑްކުރުމަށްފަހު ބިޑް އޯޕަން ކުރުމަށްފަހު އާންމުކުރި ލިޔެކިޔުންތަކުން ދައްކާގޮތުން ކުލީގެ ގޮތުގައި ޑީވައިއެމް ޕްރައިވެޓް ލިމިޓެޑްއިން އަކަފޫޓަކަށް 35 ރުފިޔާ ހުށަހަޅާފައިވާއިރު، ދެން ހުށަހެޅި ޕާޓީ މެޑިކުއިޕުން ހުށަހެޅީ 22 ރުފިޔާކަމަށް ޑީވައިއެމް ޕްރައިވެޓް ލިމިޓެޑުން ބުނެއެވެ. މި ސަބަބައްޓަކައި މި ފަންސާސް އިންސައްތަ މާކްސް އެ ކުންފުންޏަށް ލިބެންޖެހޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ތަޖުރިބާއަށް ބަލާއިރު، ޑީވައިއެމް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ ޑރ. އައިމިނަތު ނަޒީރަކީ އައިޖީއެމްއެޗްގައި އެތައް އަހަރުތަކެއް މިދާއިރާގައި މަސައްކަތްކުރައްވައި، އާންމުންގެ އިތުބާރު ހޯއްދަވާފައިވާ ބޭފުޅަކަށް ވާއިރު، ފެމިލީ ކެއަރ ކްލިނިކްގެ ފައުންޑިންގް މެމްބަރެއްގެ ހައިސިއްޔަތުން 13 އަހަރުގެ ތަޖުރިބާ ވެސް ލިބިފައިވާ ބޭފުޅެއްކަމަށް އެ ކުންފުނިން ބުނެއެވެ. މިކަންކަން ސާބިތުކުރުމައްޓަކައި ރާއްޖޭގެ ޑިވެލޮޕާއަކާއި ބައިނަލްއަޤްވާމީ ޑިވެލޮޕާއެއްގެ ކޮމިޓްމެންޓް ލެޓަރ އާއި ފެމިލީ ކެއާ އަދި އައިޖީއެމްއެޗްގެ ރިކޮމެންޑޭޝަން ލިޔުން ވަނީ ބިޑާއެކު ހުށަހަޅާފައެވެ.

މިކަމުގައި ޑީވައިއެމް ޕްރައިވެޓް ލިމިޓެޑުން އެއްވެސް ސިޔާސީ ނުފޫޒެއް ބޭނުންނުކުރާކަމަށް ވަނީ ބުނެފައެވެ. އަދި ޑީވައިއެމް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ ޑރ. އައިމިނަތު ނަޒީރަށް މި މައްސަލައިގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އައިގޮތެއް ނޭނގޭކަމަށް ވިދާޅުވިއެވެ. އަދި ޑރ. އައިމިނަތު ނަޒީރުއާއި މިނިސްޓަރ ފައްޔާޒާއި އެއްވެސް ގުޅުމެއް ނުވާކަމަށް ވިދާޅުވިއެވެ. އަދި އިވެލުއޭޝަން ބޯޑުން މެޑިކުއިޕަށް މި ޕްރޮޖެކްޓް ދިންކަމަށް ވާހަކަތަކެއް އަޑުއިވުމުން މިކަމުގެ ރަސްމީ ޝަކުވާއެއް އެޗްޑީސީއަށް އީމެއިލްކޮށްފައިވާކަމަށް ޑީވައިއެމް ޕްރައިވެޓް ލިމިޓެޑުން ވަނީ ބުނެފައެވެ. މިހާތަނަށް އައިރު މިޝަކުވާގެ ޖަވާބެއް ވެސް އަދި ބިޑްގެ ރަސްމީ އެއްވެސް ޖަވާބެއް ވެސް ލިބިފައިނުވާކަމަށް ޑރ. އައިމިނަތު ނަޒީރު ވިދާޅުވިއެވެ. މިވަގުތު މިދެކެވެނީ ހުސް ތުހުމަތުތަކެއްކަން ފާހަގަކުރައްވައި ޑރ. އައިމިނަތު ނަޒީރު ވަނީ މިކަމުގައި އެޗްޑީސީއިން ވަކި އެއްޗެއް އެންގުމުން ދިވެހި ރައްޔިތަކަށް ވީތީ ލިބޭ ހުރިހާ ހައްޤެއްގެ ބޭނުން ޤާނޫނާއި ޤަވައިދުގެ ދަށުން ކުރާނެކަމަށް ވިދާޅުވިއެވެ. މި މައްސަލައިގައި މެމްބަރު ރޮޒައިނާގެ ނަން ބޭނުންކޮށްގެން މިކަން ސިޔާސީކުރަން މަސައްކަތް ކުރާއިރު، ސިޔާސީ ނުފޫޒުން އެއްކިބާވެ ތަޖުރިބާ އާއި ތަޢުލީމުގެ މައްޗަށް ބިނާކޮށް މަސައްކަތްތައް އެވޯޑްކުރަންޖެހޭކަމަށް ޑރ. އައިމިނަތު ނަޒީރު ވިދާޅުވިއެވެ. އަދި މި މައްސަލައިގައި އިންސާފު ހޯދުމަށް އޭސީސީއަށް މައްސަލަ ހުށަހަޅަން ޖެހިއްޖެނަމަ އެކަން ކުރުމަށް ވެސް ތައްޔާރަށް ހުރިކަމަށް ޑީވައިއެމް ޕްރައިވެޓް ލިމިޓެޑުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
5%
52%
5%
5%
10%
24%
ކޮމެންޓް
8 މާރޗް 2021 | ހޯމަ 12:33
މަރަދޫފޭދޫދާއިރާ
ސުވާލަކީ ރޮޒައިނާގެ މާލީބަޔާތަކުގައި ތިފެންމަތިވި ކުނއފުނީގެ ވާހަކަ އެބައޮތްތޯ؟ ރައީސް ނަޝީދު އައް ތާއިދު ކުރެވެނީ މިކަހަލަ ސިއްރުތައް ހާމަކޮއްދެއްވާތީ...
8 މާރޗް 2021 | ހޯމަ 09:11
ދިވެހިދަރި
ޢަމިއްލަ އަށް ފޭސުނު އިލޮށި ހެރުނީ ދޯ. ޢަދިވެސް ތި ރީނދޫ މީހުން ނަށް ވޯޓުދީގެން ތިބޭ
8 މާރޗް 2021 | ހޯމަ 08:59
ރާގުންޑާ
ވަގުން ދައްކާ ވާހަކަ ރާގުންޑާއިން ގިނަގިނައިން ލިޔެ ދިފާއުކޮށްދެވޭތޯ ބަލާ! އަޑުއަހާނެ މީހަކު މި ގައުމަކު ނެތް. މަ އެކަނި މި ނޫސްގަނޑު ކިޔާލަނީވެސް. އަޅެ ދެރަވޭ.
8 މާރޗް 2021 | ހޯމަ 08:59
ޜޑއ
ތި މަނޖެ އަކީ ނައިބު ރައީސް ގެ ގާލްފްރެންޑް އެކޯލަ.. އެހެންވީމަ ހުޅުމާލެ ވެލްނަސް ސެންޓަރުގެ ބިޑުވެސް ތަބަކަށް ލާފަ ވެދުމަކަށް .. ދުނިޔޭގެ އަންހެނުންގެ ދުވްހުގެ އިނާމޯލަ.
7 މާރޗް 2021 | އާދީއްތަ 20:01
ޙާލިދު
ޢަލުން ބިޑް ލާންޖެހޭ. ތިޔަ ޒާތުގެ ޕޭޕާ ކޮމްޕެނީތަކުގެ ފައިދާ ނެގުން ކަޑަ
7 މާރޗް 2021 | އާދީއްތަ 17:56
ކޯރީ މޫސަ
ނަޝީދު އަމިއްލަޔަށް ނަޝީދުގެ އަގުވެއްޓޭ ކަންކަން ކުރަށްވަނީ. މިހާރު ނަޝީދުއަށް އިޙްތިރާމް ކުރާ ރައްޔިތުން ދުވަހެއް ދުވަަހަކަށް ދަނީ މަދުވަމުން. ވެރިކަމަށް ކުރިމަތިލައިގެން ރައްޔިތުން ވަނީ ބަލައިނުގެންފަ. އެމްޑީޕީ އިން އަދިވެސް ރައީސް ސޯލިޙް ނުވަތަ ބަޝީދު ނޫން އެހެންމީހަކު 2023 ގަ ނެރެންވީ.
7 މާރޗް 2021 | އާދީއްތަ 17:14
ސޯލިހް
ޑރ. އައިމިނަތު ނަޒީރު ނޭ ސަބްކީ މޫ ބަންދް ކަރްދީ ހަހަހަހަ
7 މާރޗް 2021 | އާދީއްތަ 16:52
ށީމަށީ
ޑރ އައިމިނަތު ނަޒީރު އަކީ ނަމޫނާ ދިވެހި ކަނބަލެއް.