ކ. މާލެ
|
7 މާރޗް 2021 | އާދީއްތަ 13:03
ތ. ވޭމަންޑޫ ހޮސްޕިޓަލް
ތ. ވޭމަންޑޫ ހޮސްޕިޓަލް
މުހައްމަދު އަރުޝަދު
ބިދޭސީއަކު މަރުވުން
މާރާމާރީއެއްގައި ތޫނުއެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ބިދޭސީއެއް މަރުވެއްޖެ
 
ފަރުވާ ދެމުން ދަނިކޮށް އާދީއްތަ ދުވަހުގެ 11:59ގައި އެ މީހާ ވަނީ މަރުވެފައި
 
ޒަހަމްވި މީހާއަށް ފަރުވާ ދިނުމަށް ތ. ވޭމަންޑޫ ހޮސްޕިޓަލަށް ގެންދެވުނު
 
މި މައްސަލަ ހޮނިހިރު ދުވަހުގެ ރޭ 03:50 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވޭ

ދެ ބިދޭސީންގެ މެދުގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މީހާއަށް ތ. ވޭމަންޑޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އެންދަމަން އޮތް ދޯންޏެއްގައި ދެ ބިދޭސީންގެ މެދުގައި މާރާމާރީއެއް ހިނގައި އެކެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު މި މައްސަލަ ހޮނިހިރު ދުވަހުގެ ރޭ 03:50 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިކަމާއި ގުޅިގެން ޒަހަމްވި މީހާއަށް ފަރުވާ ދިނުމަށް ތ. ވޭމަންޑޫ ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް ފަރުވާ ދެމުން ދަނިކޮށް އާދީއްތަ ދުވަހުގެ މެންދުރުކުރި 11:59ގައި އެ މީހާ މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.

މި މައްސަލައާއި ގުޅިގެން ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 42 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށް، މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
13%
13%
50%
25%
0%
0%
ކޮމެންޓް
ގުޅުންހުރި
ގާނޫނާއި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ވަގުތުން ޑީޕޯޓު ކޮށްލެވޭ ގޮތަށް ގާނޫނުތައް ތަންފީޒުކުރަންޖެހޭ: އާޒިމް
ގަވާއިދާ ހިލާފަށް އުޅޭ 900ށް ވުރެ ގިނަ ބިދޭސީން މިހާތަނަށް ފުރުވާލެވިފައިވޭ: ޝަމްއާން
ބިދޭސީންގެ މައްސަލަ ފާލުން ނެއްޓުމަކީ އެތައް އަހަރެއްގެ އިހުމާލުގެ ނަތީޖާ، ހަމަމަގަށް އަޅުވަން ކުރަންޖެހޭ މަސައްކަތް ބުރަ
ކަޅުބާޒާރުގައި ޑޮލަރު ވިއްކަމުންދާ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ގަވާއިދާ ހިލާފަށް އުޅޭ 800ށް ވުރެ ގިނަ ބިދޭސީން މިހާތަނަށް ވަނީ ފުރުވާލެވިފައި: އިމިގްރޭޝަން
ކިނބިދޫ އާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލުމުން ރަށުގައި ތިބެގެން މަތީތައުލީމަށް ކިޔެވުމުގެ ފުރުސަތު ފަހިވާނެ: ރައީސް މުއިއްޒު
ރާއްޖޭގައި ދިގު މުއްދަތަކަށް ދިރިއުޅޭ ބިދޭސީންގެ މެޑިކަލް ހެދުމުގެ ނިޒާމަށް ބަދަލު ގެނެސް އާ އުސޫލެއް ތައާރަފް ކޮށްފި
މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ހިންގުނު އޮޕަރޭޝަންތަކުގައި 170ށް ވުރެ ގިނަ މީހުން ޑީޕޯޓުކޮށްލުމަށް ހަވާލުކުރެވިފައިވޭ: ފުލުހުން