ކ. މާލެ
|
7 މާރޗް 2021 | އާދީއްތަ 12:13
ބަޔާނާއި ޑޯޓްމުންޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބަޔާން މޮޅުވީ 4-2 ން
ބަޔާނާއި ޑޯޓްމުންޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބަޔާން މޮޅުވީ 4-2 ން
ގެޓީ އިމޭޖަސް
ޖަރުމަން ލީގު
ލެވަންޑޯސްކީގެ ހެޓްރިކާއެކު ބަޔާނުން ޑޯޓްމުންޑް ބަލިކޮށްފި
 
ޑޯޓްމުންޑް އަތުން ބަޔާން މޮޅުވީ 4-2 ގެ ނަތީޖާއަކުން
 
ތާވަލުގެ އެއްވަނައިގައި ބަޔާން އޮތީ 55 ޕޮއިންޓާއެކު

ޖަރުމަނު ލީގުގައި ހޮނިހިރު ދުވަހުގެރޭ ރޮބަޓް ލެވަންޑޯސްކީގެ ހެޓްރިކާއެކު ބަޔާން މިއުނިކުން ފަހަތުން އަރައި ބޮރޫޝިއާ ޑޯޓްމުންޑް ބަލިކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބަޔާން މޮޅުވީ ފަހަތުން އަރައި 4-2 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ފަށައިގެން ފުރަތަމަ 10 މިނެޓުގެ ތެރޭ ޑޯޓްމުންޑުގެ ޒުވާން ތަރި އާލިން ބްރައުޓް ހާލަންޑް ވަނީ ދެ ލަނޑު ޖަހާފައެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެވަންޑޯސްކީ ވަނީ ދެ ލަނޑު ޖަހައި ބަޔާނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުގައި ބަޔާނުން ލީޑު ނަގާފައިވަނީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ލެއޯން ގޮރެޓްޒްކާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ލެވަންޑޯސްކީ ވަނީ ބަޔާނަށް ލީޑު ފުޅާކޮށްދީ، މެޗުގައި ހެޓްރިކް ހަދާފައެވެ. މި މެޗުގައި ލެވަންޑޯސްކީ ތިން ލަނޑު ޖެހިއިރު، މިއީ މި ސީޒަނުގެ ޖަރުމަން ލީގުގައި ލެވަންޑޯސްކީ ކާމިޔާބުކުރި 31 ވަނަ ލަނޑެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި ބަޔާން އޮތީ ކުޅުނު 24 މެޗުން ލިބުނު 55 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އާރްބީ ލައިޕްޒީގަށް 24 މެޗުން ލިބިފައިވަނީ 53 ޕޮއިންޓެވެ. އަދި ބަޔާން އަތުން ބަލިވި ޑޯޓްމުންޑް އޮތީ ތާވަލުގެ ހަވަނައިގައި 24 މެޗުން 39 ޕޮއިންޓާއެކުއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް