ކ. މާލެ
|
6 މާރޗް 2021 | ހޮނިހިރު 18:42
ވިލުފުއްޓާއި ގުރައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ވިލުފުށި މޮޅުވީ 2-0 ން
ވިލުފުއްޓާއި ގުރައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ވިލުފުށި މޮޅުވީ 2-0 ން
ރައިސިން ސްޓާސް ސްޕޯޓްސް އެކެޑަމީ
އުރީދޫ އޭކޭއައި-އެލްއެފް ޔޫތު ޗެމްޕިއަންޝިޕް
ގުރައިދޫ ބަލިކޮށް ވިލުފުއްޓަށް ރަނގަޅު ފެށުމެއް
 
ގުރައިދޫ އަތުން ވިލުފުށި މޮޅުވީ 2-0 ގެ ނަތީޖާއަކުން
 
މުބާރާތުގައި ތ. އަތޮޅުގެ ހަތަރު ރަށަކުން ވާދަކުރޭ

ތ. ވިލުފުށީ ރައިސިން ސްޓާސް ސްޕޯޓްސް އެކެޑަމީގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ "އުރީދޫ އޭކޭއައި-އެލްއެފް ޔޫތު ޗެމްޕިއަންޝިޕް 2021" ގައި ހޮނިހިރު ދުވަހު ކުޅުނު މެޗުން ވިލުފުށި މޮޅުވެއްޖެއެވެ.

މި މުބާރާތަކީ ތ. އަތޮޅުގެ 21 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ ބޮޑު ފުޓްބޯޅަ މުބާރާތެކެވެ. މި މުބާރާތުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުން ވިލުފުށި މޮޅުވީ ގުރައިދޫ އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

ވިލުފިށީ ޓާފް ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވާއިރު، ވިލުފިށިން ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން އަށްވަނަ މިނެޓުގައެވެ. ހިލޭ ޖެހުމަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ރައްޔާނެވެ. އަދި މެޗުގެ 74 ވަނަ މިނެޓުގައި މާޒިން އަޙްމަދު ވަނީ ވިލުފުއްޓަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުން ވިލުފުށި މޮޅުވިއިރު، އާދީއްތަ ދުވަހުގެ ހަވީރު ކުޅޭ މެޗުގައި ވިލުފުށި ނުކުންނާނީ ދިޔަމިގިއްޔާ ދެކޮޅަށެވެ.

ތ. އަތޮޅުގެ ހަތަރު ރަށެއް ވާދަކުރާ މި މުބާރާތް ކުރިއަށްދަނީ ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކުޅެ، ލީގު ބުރުގެ އެއްވަނައަށްދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭ ގޮތަށެވެ. އަދި ފައިނަލުގެ ފަހު ޖާގަ ލިބޭނީ ދެވަނައަށް ދާ ޓީމާއި ތިންވަނައަށް ދާ ޓީމުގެ މެދުގައި ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

ވިލުފުށީ ރައިސިން ސްޓާސް ސްޕޯޓްސް އެކެޑަމީން އިންތިޒާމުކުރާ މި މުބާރާތުގެ މެއިން ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާއިރު، މީޑިއާ ޕާޓްނަރަކީ ރާއްޖެޓީވީ ސްޕޯޓްސްއެވެ. އަދި މުބާރާތުގެ ޕްރިންޓިން ޕާޓްނަރަކަށް އިންކްޑް މޯލްޑިވްސް ހަމަޖައްސާފައިވާއިރު، އޮފިޝަލް ޖާޒީ ޕާޓްނަރަކީ ދަ ޑަބްލިއު ސްޕޯޓްސްއެވެ. މީގެ އިތުރުން ލައިވް ކަވަރޭޖް ޕާޓްނަރަކަށް ޗޮކޮލެޓް ކެފޭ އެންޑް ބިސްޓްރޯ ހަމަޖައްސާފައިވާއިރު، އޮންލައިން މީޑިއާ ޕާޓްނަރަކީ ބޯޅަ.އެމްވީއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
21%
58%
5%
5%
0%
11%
ކޮމެންޓް