ކ. މާލެ
|
6 މާރޗް 2021 | ހޮނިހިރު 18:56
ޗައިނާގައި ދިރިއުޅެމުންދާ ވީގްރޫ މުސްލިމް އާއިލާއެއް
ޗައިނާގައި ދިރިއުޅެމުންދާ ވީގްރޫ މުސްލިމް އާއިލާއެއް
ގެޓީ އިމޭޖަސް
ޗައިނާގެ އީގަރު މުސްލިމުން
އީގަރު މުސްލިމުންނަށް ވަޒީފާ ދިނުމުގައި ޗައިނާ އިހުމާލުވެފައި
 
ތައުލީމާ ވަޒީފާ ހޯދުމަށް ވީގްރޫ މުސްލިމުންނަށް ދަތިތަކަކާއި ކުރިިމަތިވޭ
 
ޗައިނާގައި ވަޒީފާ ނެތް މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރު ވަމުން، އޭގެ ތެރޭގައި އެންމެ ގިނައީ ވީގްރޫ މުސްލިމުން

ޗައިނާގެ ޝިންޖިއާން ޕްރޮވިންސްގައި ދިރިއުޅެމުން އަންނަ އީގަރު މުސްލިމުންނަށް ވަޒީފާ ދިނުމުގައި އެގައުމުން އިހުމާލުވެފައިވާ ކަމަށް ބީބީސީން ހެދި ދިރާސާއަކުން ދައްކައިފިއެވެ.

މަޝްހޫރު ނޫސް މަޖައްލާ ބީބީސީން ކުރި ދިރާސާއިން ދައްކާ ގޮތުގައި ޗައިނާގައި ވަޒީފާ ނެތް މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، އޭގެ ތެރޭގައި އެންމެ ގިނައީ ވީގްރޫ މުސްލިމުންނެވެ. އެގޮތުން އީގަރު މުސްލިމުންނަށް ވަޒީފާ ދިނުމުގައި ޗައިނާ ސަރުކާރުން ތަފާތު ކުރުން ގެންގުޅޭ ކަމަށް ބީބީސީން ވަނީ ތުހުމަތު ކޮށްފައެވެ.

ބީބީސީގެ ދިރާސާގައި ބުނެފައިވަނީ ތައުލީމީ ގޮތުން ކުރިއަރާފައިވާ ޗައިނާގައި މަތީ ތައުލީމު ހޯދުމަށް އީގަރު މުސްލިމުނަށް ދަތިތަކަކާއި ކުރިމަތިވާ ކަމަށެވެ. ހާއްސަކޮށް ވީގްރޫ މުސްލިމެއްކަން އެނގޭ ހިސާބުން ސްކޫލުތަކާއި ކޮލެޖުތަކުން ތައުލީމު ހޯދުމަށް އުނދަގޫތަކަކާއި ކުރިމަތިލާން ޖެހޭ ކަމަށް މި ދިރާސާއިން ދައްކައެވެ.

ބީބީސީގެ ދިރާސާގައި ބުނީ އީގަރު މުސްލިމުންގެ ގިނަ މީހުން ތައުލީމު ހާސިލްކުރުމަށާއޮ، ވަޒީފާ ހޯދުމަށް އެމީހުންގެ އަސްލު ވަންހަނާ ކުރާ ކަމަށެވެ. އަދި މީގެ ސަބަބުން ދީނީ ކަންކަން ކުރުމަށް އެ މުސްލިމުންނަށް އުނދަގޫތަކަކާއި ކުރިމަތިވާ ކަމަށް ދިރާސާގައި ވަނީ ބުނެފައެވެ.

ޗައިނާއިން އީގަރު މުސްލިމުންނަށް ދަތި ކުރުމުގެ އެކި ފިޔަވަޅުތައް އަޅަމުންދާއިރު، ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވަނީ މިކަން ކުށްވެރިކޮށްފައެވެ. އެއާއިއެކު ޗައިނާއިން ބުނެފައިވަނީ އީގަރު މުސްލިމުންނަށް ދަތިކުރުމުގެ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
10%
0%
60%
10%
10%
10%
ކޮމެންޓް
ގުޅުންހުރި
ކަނޑު އަޑީގެ މައުލޫމާތު އެއްކުރާ ޗައިނާގެ ބޯޓު އަނެއްކާވެސް ރާއްޖޭގައި، ތިލަފުށީގައި ބަނދަރުވެސް ކުރި
ހައިޑްރޯގްރަފީ ހަދާ ޗައިނާގެ ބޯޓު އަނެއްކާ ވެސް ރާއްޖޭގައި، މިފަހަރު ކީއްކުރަން؟
ޗައިނާގެ ގުއަންގޑޮންގގައި ފެންބޮޑުވެ ގިނަބަޔަކު ގެދޮރު ދޫކޮށްދާން ޖެހިއްޖެ
އިންޑިއާ އާއި ޗައިނާއިން ބޯޑަރުގެ މައްސަލައަށް އަވަސް ހައްލެއް ހޯދަން ޖެހޭ: މޯދީ
ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ރަޝިޔާ އާއި ޗައިނާއިން އެއްބާރުލުން ދޭނެ: ރަޝިއާގެ ޚާރިޖީ ވަޒީރު
ޗައިނާއިން އުތުރު ތިލަފަޅުގައި އިންވެސްޓް ކުރަަނީ ދަނޑުވެރިކަމަކަށް ނޫން، އެއީ އަސްކަރީ މަގުސަދެއްގައި ކުރާކަމެއް - ފައްޔާޒު
ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!
ޗައިނާގެ ދިރާސާކުރާ އުޅަނދު ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަނުމުގެ ހުއްދަ ދިން ނަމަވެސް ދިރާސާކުރުމުގެ ހުއްދައެއް ނުދެން: މިނިސްޓަރު