raajjemv logo
ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުން
ލަންކާގައި ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ހަށިގަނޑު ފުރަތަމަ ފަހަރަށް ވަޅުލައިފި
 
މަރުވާ މުސްލިމުންގެ ހަށިތައް އަންދާލުން ހުއްޓާލުމަށް އިދިކޮޅު ފަރާތްތަކުންނާއި ޖަމިއްޔާ ޖަމާޢަތްތަކުން ވަނީ ސަރުކާރަށް ގޮވާލާފައި
 
އެސަރަހައްދުގެ ޑިވިޝަނަލް ސެކެޓްރީ ވަނީ ކޮވިޑް ޖެހިގެން މަރުވާ މީހުން އެސަރަހައްދުގައި ވަޅުލުމުގެ ހުއްދަ ދީފައިވާކަމަށް ބުނެފައި
 
ހުކުރު ދުވަހު ފުރަތަމަ މީހާގެ ހަށިގަނޑު ވަޅުލާފައިވަނީ އެގައުމުގެ އިރުމަތީ ޕްރޮވިންސުގައި
އާއިޝަތު ޝިއުރާ
2,241
ކ. މާލެ |
6 މާރޗް 2021 | ހޮނިހިރު 07:52
ސްރީލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުން ވަޅުލުމުގެ ކަންކަން ކުރިޔަށްގެންދާ ސަރަހައްދުގައި މީހުން ހަރަކާތްތެރިވަނީ
ނިއުސް ވަޔަރ

ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑުތައް އަންދާލަމުން އަންނައިރު ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ހަށިގަނޑު ފުރަތަމަ ފަހަރަށް ވަޅުލައިފިއެވެ.

ހުކުރު ދުވަހު މިމީހާގެ ހަށިގަނޑު ވަޅުލާފައިވަނީ އެގައުމުގެ އިރުމަތީ ޕްރޮވިންސުގައެވެ.

ސްރީލަންކާގެ އާމީގެ ކޮމާންޑަރ ޖެނެރަލް ޝަވިންދްރާ ސިލްވާ ވިދާޅުވީ ދެ ހަށިގަނޑެއް ވަޅުލުމުގެ ކަންކަން ހުކުރު ދުވަހު ކުރިޔަށް ގެންގޮސްފައިވާކަމަށެވެ. އަދި އިތުރު ފަސް ހަށިގަނޑެއް ހުކުރު ދުވަހު ވަޅުލުމަށް ހަމަޖެހިފައިވާކަމަށް ޝަވިންދްރާ ވިދާޅުވިއެވެ. މިހަށިތައް ވަޅުލާފައިވަނީ ބަޓިކަލޯގައި ހިމެނޭ ސަރަހައްދެއްގައެވެ.

އެސަރަހައްދުގެ ޑިވިޝަނަލް ސެކެޓްރީ ވަނީ ކޮވިޑް ޖެހިގެން މަރުވާ މީހުން އެސަރަހައްދުގައި ވަޅުލުމުގެ ހުއްދަ ދީފައިވާކަމަށް ބުނެފައެވެ. ކޮވިޑް ޖެހިގެން މަރުވާ މީހުން ވަޅުލުމަށް ހުށަހަޅާފައިވަނީ ބަޓިކަލޯ ސަރަހައްދާއި އިރައްކަމަމް ސަރަހައްދުގައެވެ.

މީހުން ވަޅުލުމުގެ ހުއްދަ ދިނުމާއި ގުޅިގެން ކުރީގެ ސްޓޭޓް މިނިސްޓަރެއް ކަމުގައިވާ މައުލާނާ އަލީ ޒާހިރު ވަނީ މީހުން ވަޅުުމުގެ ކަންކަންކުރިޔަށް ގެންދިޔުމަށް ބޭނުންވާ ބިން ހޯދުމުގެ ކަންކަމުގައި އެހީތެރިވެދޭނެކަމަށް ވިދާޅުވެފައެވެ. އަދި މީހުން ވަޅުލުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ކަމާބެހޭ އިދާރާތަކާއި ގުޅިގެން މަޝްވަރާ ކޮށްފައިވާކަމަށްވެސް އަލީ ޒާހިރު ވަނީ ވިދާޅުވެފައެވެ.

ސްރީލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުން އަންދަމުންދާތީ އެކަމުގެ ކަންބޮޑުވުންތައް އިތުރުވެފައިވާއިރު އެކަމުގެ ފާޑުކިޔުންތައްވެސް އެގައުމުގެ ސަރުކާރަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. އެގައުމުގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ވަޅުނުލަނީ ފެނުގެ ތެރޭން ވައިރަސް ފެތުރޭ ކަމަށް ބުނެއެވެ.

އެކަމުގެ ސަބަބުން ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ހަށިތައްވެސް އަންދަމުން އަންނައިރު އެކަން ލަންކާ ސަރުކާރުން ކުރަމުން އަންނަނީ މުސްލިމުންގެ ނުރުހުމުގައެވެ. އެހެންކަމުން މަރުވާ މުސްލިމުންގެ ހަށިތައް އަންދާލުން ހުއްޓާލުމަށް އިދިކޮޅު ފަރާތްތަކުންނާއި ޖަމިއްޔާ ޖަމާޢަތްތަކުންވެސް ވަނީ ސަރުކާރަށް ގޮވާލާފައެވެ.

އަދި މިމައްސަލަ އދ ގެ ހިއުމަން ރައިޓްސް ކައުންސިލަށްވެސް ވަނީ ހުށަހަޅާފައެވެ.

މިހިސާބަށް މިކަން ގޮސްފައި އޮއްވާ ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ހަށިތައް ވަޅުލުމުގެ ހުއްދަދޭނެކަމަށް އެގައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ލަންކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 84،451ށް އަރާއިރު މިބަލީގައި 493 މީހުން ވަނީ މިހާތަނަށް އައިއިރު މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
33%
އަންތަރީސް ވެއްޖެ
67%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް